Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އޮންލައިން ސްޕޯޓްސް މީޑިއާގެ އެވޯޑް "މިހާރު" އަށް

އޮންލައިން ސްޕޯޓްސް މީޑިއާގެ އެވޯޑް "މިހާރު" އަށް

17 މާޗް 2022

ރާއްޖޭގެ އެއްވަނަ އޮންލައިން ސްޕޯޓްސް މީޑިއާގެ އެވޯޑް "މިހާރު" އަށް ލިބިއްޖެ އެވެ.

ރާއްޖޭގެ އެއްވަނަ އޮންލައިން ސްޕޯޓްސް މީޑިއާގެ އެވޯޑް "މިހާރު" އަށް ލިބިއްޖެ އެވެ.

މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި ހޮވި އެއްވަނަ ސްޕޯޓްސް މީޑިއާގެ އެވޯޑް "މިހާރު" އިން ހޯދީ "އަދަދު" އަދި "ރާއްޖެ އެމްވީ" އާ ވާދަކޮށެވެ.

"މިހާރު"ގެ ފަރާތުން އެވޯޑާ ހަވާލުވީ އެޑިޓަރު އިސްމާއީލް ނަސީރު އެވެ. ކުޅިވަރު މީޑިއާ އާއި އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ އަށް އެވޯޑް ދިނީ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ އިޓަލީގެ ފެބްރިޒިއޯ ރޮމާނާ އެވެ.

މިރޭގެ ހަފުލާގައި ވަނީ އެއް ވަނަ ބްރޯޑްކާސްޓިން މީޑިއާ އަށް ވެސް އެވޯޑް ދީފަ އެވެ. ސްޕޯޓްސް ބްރޯޑްކާސްޓިން މީޑިއާގެ އެވޯޑް ހޯދީ ޕީއެސްއެމް އެވެ. އެވޯޑަށް ނޮމިނޭޓްވީ "ރާއްޖެ ޓީވީ" އާއި "ވީޓީވީ" އެވެ.

އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ހޯދީ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ހުސައިން ފަރިޔާޒު އެވެ. އެވޯޑަށް ނޮމިނޭޓްވީ އަދަދު ނޫހުގެ އައްޒާމް އަލީ އާއީ އިސްމާއީލް އަޒްމީން އެވެ.

މިރޭގެ ރަސްމިއްޔާތުގައި 18 ކުޅިވަރަކުން 108 އެވޯޑް ވަނީ ދީފަ އެވެ.