26 އޯގަސްޓް 2022
އެންމެ ފަހުގެ ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓަގަރީން ގައުމީ ޗެމްޕިއަންކަން ހޯދި، ހޫދު އަހްމަދުގެ މަންމަ، މަރްޔަމް ނަފީސާ ބުނި ގޮތުގައި އޭނާ، ހޫދު ވިހެއީ ކަނޑުމަތީގައި ކުޑަ ދޯންޏެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. މޫދުގައިި އުފަންވި ދަރިފުޅަށް ހޫދުގެ ނަމުން ނަން ދިނީ ކޮންމެހެން އެ ދަރިފުޅުގެ ހަޔާތް މޫދާއި ރާޅުތަކުގެ ތެރެއަށް ގުޅިގެންދާކަށް ވެސް ނޫނެވެ.
އެންމެ ފަހުގެ ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓަގަރީން ގައުމީ ޗެމްޕިއަންކަން ހޯދި، ހޫދު އަހްމަދުގެ މަންމަ، މަރްޔަމް ނަފީސާ ބުނި ގޮތުގައި އޭނާ، ހޫދު ވިހެއީ ކަނޑުމަތީގައި ކުޑަ ދޯންޏެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. މޫދުގައިި އުފަންވި ދަރިފުޅަށް ހޫދުގެ ނަމުން ނަން ދިނީ ކޮންމެހެން އެ ދަރިފުޅުގެ ހަޔާތް މޫދާއި ރާޅުތަކުގެ ތެރެއަށް ގުޅިގެންދާކަށް ވެސް ނޫނެވެ.
އެކަމަކު ހޫދު ވީ މޫދާ ރަށްޓެހި ރާޅުތަކުގެ ތެރެއަށް ފަރިތަ ނަމަކަށެވެ. އޭނާގެ އާމްދަނީ އާއި ކުޅިވަރުގެ ހަޔާތް ވެސް ގުޅިފައި އޮތީ މޫދާއި ރާޅުތަކުގެ ތެރެއަށެވެ. ޗެމްޕިއަނަކަށް ވެ ކަރުގައި މެޑަލް އަޅުވާލައި އިސްކޮޅަށް ވުރެ މައްޗަށް ދިރިއުޅުމުގެ "ޓްރޮފީ" ހިއްލާލީ ވެސް މޫދާއި ރާޅުތަކުގެ މައްޗަށެވެ.
ގދ. ގައްދު އަށް އުފަން ހޫދު ރާޅާ އަޅަން ދާން ފެށީ އެންމެ ފުރަތަމަ މަޖަލަކަށެވެ. އެކަމަކު އޭނާގެ ހުނަރު ފެނި ގައްދު އަށް ދިޔަ ބޭރު މީހެއްގެ ލަފާމަތިން ރާޅާ އެޅުން ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހަދަން ހޫދު ނިންމި އެވެ.
"ރަށުގައި ހޫދުމެންގެ ގެ ވެސް އިންނާނީ މޫދު ކައިރީގައި. އޭރުން ފެށިގެން ރާޅަށްދާ ކުދިން ރަށުގައި ވަރަށް ގިނަ ވާނެ. އެންމެން އަތުގައި ބޯޑެއް ނޯންނާނެ، މަޅުބުރިއެއް ހިފައިގެން މޫދަށް ދާނީ،" ރާޅާ އަޅަން ފެށުނު ގޮތް ހޫދު ކިޔައިދިނެވެ.
"މޫދަށް ދާ ކުދިން ވެސް އޭރު މޫދަށް ދާނީ ހޫދުމެންގެ ގެ ހުރަސް ކޮށްފައި. އެގޮތަށްދާ އެއް އުމުރުގެ ކުދިންނާއެކު ގޮސް ރާޅަށް ދާން ފެށީމަ. ދެން މިކަމަށް ހިތްޖެހިއްޖެ."
ގައުމީ މުބާރާތުގެ ޗޯޓްބޯޑް ޗެމްޕިއަންކަން ހޫދު (ވ) ހޯދުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުން އޭނާ އަށް އިނާމު ދެއްވަނީ --- ފައިލް ފޮޓޯ: ފޔާޒު މޫސާ | މިހާރު
އެކަމަކު އެއީ ކުޅިވަރެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް ކަމަށް އޭނާ އަށް އޭރު ގަބޫލު ކުރެވިފައެއް ނެތެވެ. އޭނާ ބުނީ ކުޅިވަރެއްގެ ގޮތުގައި ކުރިއަށް ދެވޭނެކަން ގަބޫލު ކުރެވެން ފެށީ ގައްދު އަށް ދިޔަ ޓޫރިސްޓެއްގެ ފަރާތުން ކަމަށެވެ.
"ބޭރުގެ މުބާރާތްތަކުގައި ރާޅާ އަޅާ މީހެއް އޭނަ ބުނީ މިކަން ހޫދު މެންނަށް ވެސް ކުރެވޭނެޔޭ. ޓެލެންޓް އެބަހުއްޓެއް ނޫންހޭ،" ހޫދު ކިޔައިދިނެވެ.
ލިބުނު ހިތްވަރާއެކު ދެން ރާޅުތަކުގެ ތެރެއަށް ނުކުމެ ފުންމަން ފެށި އެވެ. ގައުމީ މުބާރާތުގެ ޗެމްޕިއަނަކަށް ވުމަކީ އޭނާގެ ކެރިއާގައި މިހާތަނަށް ހާސިލު ކުރުވުނު އެންމެ ބޮޑު ކާމިޔާބު ކަމަށް ހޫދު ބުންޏެވެ.
ހޫދު (ވ) އާއި އޭނާގެ އަންހެނުން އަދި އެދެމަފިރިންގެ ދަރިފުޅު
ކުޅިވަރާ ގުޅޭ ދާއިރާއެއްގައި ކުރިއަށް ގޮސްގެން އާމްދަނީ ލިބޭ އެތުލީޓުން ރާއްޖޭގައި މަދެވެ. ހާއްސަކޮށް ރާޅާއަޅައިގެން އާނ'މްދަނީއެއް ލިބިދާނެ ކަމަކަށް ގިނަ ބަޔަކަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ހޫދު ބުނީ އޭނާގެ ދިރިއުޅުން ބިނާވެފައި ވަނީ ރާޅާ އެޅުމުގެ ދާއިރާއިން ލިބޭ އާމްދަނީގެ މައްޗަށް ކަމަށެވެ.
"ގިނަ މީހުންނަކަށް ގަބޫލެއް ނުކުރެވޭ ރާޅާ އަޅައިގެން ކައިގެން ބޮއެގެން ދިރިއުޅުމުގެ ހަރަދުތައް ފަރުޖެއްސި، ފައިސާ ރައްކާ ކުރެވިދާނެ ކަމަކަށް. އެކަމަކު އަހަރެންގެ ދިރިއުޅުން ބިނާވެފައި މިއޮތީ އޭގެ މަތީގައި. އަހަންނަކީ އިންޓަނޭޝަނަލް ސާފިން ކުންފުންޏެއްގެ ސްޓާފެއް،" އޮސްޓްރޭލިއާގެ މަލްޓި ނެޝަނަލް ކުންފުންޏެއް ކަމަށްވާ "ވޯލްޑް ސާފާރިސް"ގެ ރާއްޖޭގެ ސާފް ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހޫދު ބުންޏެވެ.
"ހަމަ ރަނގަޅު ޕޭއެއް ލިބޭ ދާއިރާއެއް މީ. އަނެއްކާ ގައުމީ ޓީމުގައި ހިމެނެންޏާ ނެޝަނަލް ޓީމު އެތުލީޓުންނަށް ދޭ އެލެވެންސް ވެސް ލިބޭނެ. އަަހަރެން ނޫނަސް ރާއްޖޭގެ އިތުރު ސާފަރުން މި ކުންފުނީގައި މަސައްކަތް ކުރޭ."
އޭނާ ބުނީ މިހާރު ރާއްޖޭގެ ސާފިން ކުރިއަރަމުންދާ ގޮތުން ރާޅާ އެޅުމުގެ އިންޑަސްޓްރީއާ ގުޅޭ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
"މިހާރު އެބަ ފެނޭ ވަރަށް ބޮޑަށް މި ކުޅިވަރު ފުޅާ ވެގެންދާތަން. އަދިވެސް އިތުރަށް އެކްސްޕޯޝާ ބޮޑުވާނެ ކަމަށް ގަބޫލު ކުރަނީ. ވަރަށް ޅަ ކުދިން މީގެ ތެރޭގައި އެބައުޅޭ. އާ ކުދިން ވަންނަމުން ދަނީ ވެސް. އެހެންވީމަ މީގެ ތެރެއިން ވެސް އިތުރު ވަޒީފާތައް އުފެދިގެންދާނެ."
އޭނާ ބުނި ގޮތުގައި އެކަމަށް އޭނާގެ މައިންބަފައިން ވެސް ފުރަތަމަ ގަބޫލެއް ނުކުރި އެވެ. މުޖުތަމައުގައި އުޅޭ "ވިޔާނުދާ" މީހުންގެ ޓެގުން އޭނާގެ ނަން އޭރު ނެއްޓޭ ގޮތެއް ނުވި އެވެ.
"ތިކަންކަމާ ވެސް އަހަރެން ކުރިމަތިލާން ޖެހުނު. އެކަމަކު މީގެ ތެރެއިން ރަނގަޅު އާމްދަނީ އެއް ލިބެން ފެށީމަ އޭރު އެއްޗިހި ބުނެފަ ތިބި މީހުން މިހާރު ބަލައިގަނޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ބުނާ ވާހަކަ އަކީ އެކި މީހުން ކުރާނީ އެކި މަސައްކަތޭ. ކޮންމެ މީހަކަށް ވެސް އެނގޭނެ އެ މީހެއްގެ ދިރިއުޅުން ގެންދަވީ ދިމާ. ހަމަޖެހިގެން އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު މަސައްކަތެއް ކުރަންޏާ ކޮންމެ މީހަކަށް ވެސް އިހުތިރާމެއް އޮންނަން ވާނެ. އެކި މީހުންގެ ޕެޝަން ހުންނާނީ އެކި ކަންކަމަށް. އަހަރެންގެ ޕެޝަން މިހުރީ މިކަމަށް. މީ ވެސް ހަމަ ރާއްޖޭގައި ފުރުސަތު ބޮޑު ދާއިރާއެއް." އެކި މީހުން ގައުމަށް ރީތި ނަން ހޯދައިދޭން ކުރާނީ އެކި މަސައްކަތެވެ. އެކަމަކު މައްސަލަ އަކީ އެ އިހުތިރާމު ހަމަހަމަ ކަމާއެކު ނުލިބުމެވެ. ހޫދު ބުނި ގޮތުގައި މީހަކު ކިޔައިފާނެ އެއްޗަކަށް އޭނާ ނުބަލާނެ އެވެ. ސަބަބަކީ އޭނާގެ ދިރިއުޅުން އެކަމަކަށް ބަރާސޯ ކުރި ދާއިރާއިން އޭނާ މީހަކަށް ހަދައި ދީފައިވުމެވެ.
ބޯހުރާގެ ބައުންޑްރީގައި ސާޕިން ޕޮއިންޓް ނުހިމެނޭނެ
ޔަސީން: މޫދު ލޯބީގައި ރާޅާ އެކު އުދުހެނީ
ކަޔާން: އާއިލާގެ ލެގަސީ ދަމަހައްޓައިދޭ އުއްމީދީ ސާފަރު
ގައުމީ ސާފް ލީގު މި އަހަރުވެސް ފަސް ސަރަހައްދެއްގައި
12 އަހަރުގެ ކައި އަށް ރިޕް ކާލްގެ ސްޕޮންސާޝިޕެއް
ތަޖުރިބާކާރުން ފަހަތަށްޖައްސާލައި ޒުވާންސާފަރުން ކުރިއަށް
ރާޅާ އެޅުމުގެ ފޯރިގަދަ ގައުމީ މުބާރާތް މާދަމާ ފަށަނީ
ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ބީއެމްއެލް
ރާޅާ އަޅަނިކޮށް ގެއްލުނީ ކޮޅިގަނޑެއްގައި ޖެހިގެން!
އެނބުރި އައިސް އިބޫ ޗެމްޕިއަންކަން ހޯދައިފި