Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސާފިން: ރާއްޖޭގެ ޓްރޭނިންއިން އެކަނި ކާމިޔާބެއް ނުވާނެ

ރާއްޖޭގައި އެކަނި ޓްރޭނިން ހަދައިގެން ދިވެހި ސާފަރުންނަށް ކާމިޔާބެއް ނުހޯދޭނެ: މާޓިން

31 މެއި 2022

ރާއްޖޭގެ ރާޅާ އެޅުންތެރިން ބައިނަލްއަގްވާމީ ލެވަލްގައި ކާމިޔާބު ހޯދަން ބޭނުން ނަމަ، ދުނިޔޭގެ އެކި ގައުމުތަކުގައި ރާޅާ އަޅަން ދާން ޖެހޭ ކަމަށް، ދިވެހި ސާފިން ލީގުގެ ޗީފް ޖަޖް، ކްލައިޑް މާޓިން ބުނެފި އެވެ.

ރާއްޖޭގެ ރާޅާ އެޅުންތެރިން ބައިނަލްއަގްވާމީ ލެވަލްގައި ކާމިޔާބު ހޯދަން ބޭނުން ނަމަ، ދުނިޔޭގެ އެކި ގައުމުތަކުގައި ރާޅާ އަޅަން ދާން ޖެހޭ ކަމަށް، ދިވެހި ސާފިން ލީގުގެ ޗީފް ޖަޖް، ކްލައިޑް މާޓިން ބުނެފި އެވެ.

މ. މުލީގައި މި މަހު ބޭއްވި ސާފިން ލީގުގެ ދެވަނަ މުބާރާތުގައި ޗީފް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރި މާޓިން ބުނީ، ރާއްޖޭގައި ވަރަށް ހުނަރުވެރި ސާފަރުން އެބަތިބި ކަމަށެވެ. އަދި އަރަމުން އަންނަ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރާ އެކު ރާއްޖޭގައި ރާޅާ އެޅުން އިތުރަށް ފުޅާވެގެންދާ މަންޒަރު އޭނާ އަށް ސިފަކުރެވޭ ކަމަށް، ދެކުނު އެފްރިކާ އަށް ނިސްބަތްވާ ތަޖުރިބާކާރު ބުންޏެވެ.

"އަހަންނަށް ހީވަނީ ރާއްޖޭގެ ސާފިން އޮތީ ދެގޮތަކަށްހެން. ވަރަށް ރަނގަޅު ސާފަރުން އެބަތިބި. ރާއްޖޭގެ ހޫނު އަދި ފިނިމިނަށް މާބޮޑު ތަފާތެއް ނާދޭ،" ޔޫރަޕިއަން ސާފިން ޔޫނިއަންގައި ވެސް މީގެ ކުރިން މަސައްކަތް ކުރި މާޓިން ބުންޏެވެ.

"އެކަމަކު ބައިނަލްއަގްވާމީ ލެވަލްގައި ކާމިޔާބު ހޯދަން ރާއްޖޭގެ ސާފަރުން އެބަޖެހޭ ރާއްޖެ ދޫކޮށް ގޮސް ދުނިޔޭގެ އެކި ތަންތަނުގައި ރާޅާ އަޅަން. ރާޅުތައް ބޮޑެތި ތަންތަނުގައި ރާޅާ އަޅަން ޖެހޭ. ވަރަށް ފިނި ތަންތަނުގައި ރާޅާ އަޅަން ޖެހޭ. ފިނި މޫސުން އޮންނަ ތަންތަނަށް ގޮސް ރާޅާ އަޅަން ޖެހޭ. ވަރަށް މޫސޫން ގޯސްވާ ތަންތަނަށް ގޮސް ރާޅާ އަޅަން ޖެހޭ.

ދިވެހި ސާފިން ލީގުގައި މާޓިން ހަރަކާތްތެރި ވަނީ: ރާއްޖޭގެ ސާފިން މުބާރާތްތައް ފުރިހަމަކަމަށް އޭނާ ބުނި. -- ފޮޓޯ: ހައްވާ އަމާނީ | މިހާރު

ދިވެހި ސާފިން ލީގުގައި މާޓިން ހަރަކާތްތެރި ވަނީ: ރާއްޖޭގެ ސާފިން މުބާރާތްތައް ފުރިހަމަކަމަށް އޭނާ ބުނި. -- ފޮޓޯ: ހައްވާ އަމާނީ | މިހާރު

"އިންޑޮނޭޝިއާ އަށް، ހަވާއީ ފަދަ ތަންތަނަށް ރާޅާ އަޅަން ދާން ޖެހޭ. ތާފާތު އެކިތަންތަނުގައި ރާޅާ އެޅީމަ ކޮންމެ ތަނެއްގައި ވެސް ރާޅާ އަޅަން ފަރިތަވާނެ. ވޯލްޑް ޗެމްޕިއަންޝިޕަށްދާ އެތުލީޓުން ދަނީ ދުނިޔޭގެ އެކިތަންތަނުގައި ރާޅާ އަޅާފައި. އެހެންވެ އެ މުބާރާތްތަކުން އެ އެތުލީޓުންނަށް ކާމިޔާބު ލިބެނީ."

ސާފިން އެސޯސިއޭޝަނުން، ސާފިން ލީގު އިންތިޒާމުކުރި ގޮތާ މެދު މާޓިން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ރާއްޖޭގައި މުބާރާތްތައް ބާއްވަނީ ޕްރޮފެޝަނަލް މިންގަނޑެއްގައި ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށެއްގައި މުބާރާތް ބޭއްވީމަ ވަރަށް ފުރިހަމަ. ރަށުގެ އެންމެން ވެސް އެކަމުގައި ބައިވެރިވާތަން ފެނުނީމަ އިތުރަށް ފުރިހަމަކުރަން އަހަރެން ކިޔައި ދޭނެ އެއްޗެއް ނެތް. ވަރަށް ޕްރޮފެޝަނަލްކޮށް މިކަން މިކުރަނީ،" މާޓިން ބުންޏެވެ.

ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން އޭނާއާ މެދު ބެހެއްޓި މެހެމާންދާރީ އާއި މ. މުލިން އޭނާ އަށް ފެނުނު ކަންތައްތަކާ މެދު މާޓިން ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ.

"އަހަރެން އަބަދުވެސް އުންމީދުކުރަން ވީއެންމެ އަވަހަކަށް އަލުން ރާއްޖެ އަންނަން،" މާޓިން ބުންޏެވެ.

ސާފިން ލީގުގެ ކުރިއަށް އޮތް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ރ. ކިނޮޅަހުގަ އެވެ.