07 އޮކްޓޯބަރ 2022
އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ އިވެންޓް، ކ. ހިންމަފުށީގައި ކުރިއަށްދާ "ގާމާދޫކޮޅު 2022" ގައި ޒުވާން ރާޅާއެޅުންތެރިޔާ މުހައްމަދު ޒަޔާން (ޗޮއްޕު)، ވާދަކުރާ ދެ ކެޓަގަރީގައި ސާފިންގެ އެއް އާއިލާ އާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ އިވެންޓް، ކ. ހިންމަފުށީގައި ކުރިއަށްދާ "ގާމާދޫކޮޅު 2022" ގައި ޒުވާން ރާޅާއެޅުންތެރިޔާ މުހައްމަދު ޒަޔާން (ޗޮއްޕު)، ވާދަކުރާ ދެ ކެޓަގަރީގައި ސާފިންގެ އެއް އާއިލާ އާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
އޯޕަން ޑިވިޝަންގެ ފަސްވަނަ ބުރުގައި، ކުއާޓާ ފައިނަލުން ޖާގަ ހޯދަންޗޮއްޕު ނުކުންނާނީ، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) އާ ދެކޮޅަށެވެ.
ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި ޗޮއްޕު އާ ދެކޮޅަށް ނުކުންނާނީ އިބޫގެ އަށް ބޮޑު ބޭބެ ކިޔާ، ކަޔާން އަބްދުﷲ އަރީފް (ކައި) އެވެ. ކަޔާން، 12، އަކީ އިބޫގެ ކޮއްކޮ، އަބްދުﷲ އަރީފް (ފުކޫ) ގެ ދަރިފުޅެވެ.
ފިރިހެން އޯޕަން ޑިވިޝަނުގެ ފަސްވަނަ ބުރުގެ ދެވަނަ ހީޓުގައި ޗޮއްޕު އާއި އިބޫގެ އިތުރުން ގައުމީ ރޭންކިންގެ ތިންވަނައިގައި އޮތް ޖައިލަމް ނިޒާރު ވެސް ވާދަ ކުރާނެ އެވެ.
ހަތް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އިބޫއާ ދެކޮޅަށް އެއް ހީޓެއްގައި ޗޮއްޕު ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހީޓުގައި ވާދަކުރާނީ އަހުމަދު އާގިލް (އަންމަޑޭ) އާއި އާދަމް މުއީން އިބްރާހިމް އާއި ހަސަން ނާސިހް އެވެ. އަންމަޑޭ އަކީ ލީގުގައި އެންމެ ފަހުން ބޭއްވި ދެ އިވެންޓް ވެސް ކާމިޔާބު ކޮށްގެން ރޭންކިންގެ އެއްވަނައިގައި އޮތް އެތުލީޓެވެ. ހަސަން ނާސިހް ރޭޏްކިންގެ ފަސްވަނައިގައި އޮތްއިރު، މުއީން އޮތީ ހަވަނައިގަ އެވެ.
ތިންވަނަ ހީޓުގައި ވާދަކުރާނީ އަބްދުﷲ އަރީފް (ފުކޫ) އާއި ހޫދު އަހުމަދު (ހޫބްޒް) އަދި ސަލްމާން އަހުމަދެވެ. އަދި ހަތަރުވަނަ ހީޓުގައި ނަޖާހު މުހައްމަދު (ކަނބޯ) އާއި އިބްރާހިމް އައިމަން އާރިފް އަދި މުހައްމަދު އަތޫފް ވާދަކުރާނެ އެވެ.
ފަސްވަނަ ބުރުގެ ހަތަރު ހީޓުން ވެސް އެންމެ މަތީ ސްކޯ ހޯދާ ދެ އެތުލީޓެއް ކުއާޓާ ފައިނަލަށް ދަތުރު ކުރާނެ އެވެ.
ޖޫނިއާ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ޗޮއްޕު ވާދަކުރާނީ ކަޔާން އަބްދުﷲ އަރީފް އާ ދެކޮޅަށް، ކުއާޓާގެ ދެވަނަ ހީޓުގަ އެވެ.
ކަޔާން ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތް ރަންނަމާރި ޗެލެންޖުގައި އޯޕަން ބައިގައި ވާދަކޮށް ހަވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ކަޔާން އާއި ޗޮއްޕު އަކީ ވެސް ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ރާޅާއަޅާ ޓީމުގެ އެތުލީޓުންނެވެ.
ޖުމްލަ 17 ޖޫނިއާ އެތުލީޓުންނާ އެކު ކުރިއަށް ގެންދާ ޖޫނިއާ ޑިވިޝަނުގެ ކުއާޓާ ފައިނަލްގެ ހަތަރު ހީޓެއް ކުރިއަށް ދާނެ އެވެ. ފުރަތަމަ ހީޓުގައި ވާދަކުރާނީ ޔަސީން އަހުމަދު ނާޝިދާއި އިސްމާއިލް މަދުހު އަހުމަދެވެ.
ތިންވަނަ ހީޓުގައި ވާދަކުރާނީ މުހައްމަދު އިނާން އަބްދުލް ހަންނާނާއި ސައްޔިދު ސަލާހުއްދީނެވެ. އަދި ފަހު ހީޓުގައި ވާދަކުރާނީ އެންމެ ފަހުން ރ. ކިނޮޅަހުގައި ބޭއްވި ހުރާކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ފައިނަލުގައި ވާދަކުރި ޝާނިފް ޝަފީގާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
ޝާނިފް އަކީ ކިނޮޅަހުގައި ބޭއްވި މުބާރާތާއި، އޭނާގެ އުފަން ރަށް، މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑޫގައި ވެސް ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އެތުލީޓެވެ. މުލީކޮޅު ރާޅުގަނޑުގައި ޝާނިފް ފައިނަލުން ޖާގަ ހޯދީ ސެމީ ގައި ޔޫސުފް ކަޔާން ބަލިކޮށްފަ އެވެ.
އެންމެ ފަހުން ކިނޮޅަހުގައި އޯޕަން ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް، ޝާނިފް މިވަގުތު އޮތީ ސީނިއާ ގައުމީ ރޭންކިންގެ ނުވަވަނައިގަ އެވެ.
މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ އިވެންޓަށް ފަހު ފުރަތަމަ ފަހަރަށް އަންހެން ޑިވިޝަން ކުރިއަށް ދާއިރު، ފައިނަލުގައި ވާދަކުރާ ދެ އެތުލީޓުން ވަނީ ޔަގީން ވެފަ އެވެ.
ހަތަރު އެތުލީޓުން ވާދަކުރާ އަންހެން ޑިވިޝަނުގެ ފައިނަލް ހީޓަށް ހޮވުނީ އާޔާ ނަސީމް އާއި ރިޝްތާ ޝުޖާއު އެވެ.
އާޔާ، ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ހީޓުގައި ޝަހުލާ ހުސެއިންއާ ވާދަކޮށް ކުރި ހޯދައިގެންނެވެ.
މިދިޔަ އަންގާރަ ދުވަހު ހިންމަފުށީގައި ފެށި ގާމާދޫކޮޅު އިވެންޓް، މާދަމާގެ (ހޮނިހިރު ދުވަހުގެ) ނިޔަލަށް ކުރިއަށް ދާނެ އެވެ.
ސާފް ލީގަށް ބަދަލެއް، ޖޫނިއާ ޗެމްޕިއަން ވެސް ހޮވާނެ
ސާފިން ޓީމުން އިތުރު ދެ ޖާގަ، ސިލެކްޝަން ގައްދޫގައި
ގައުމީ ސާފް ލީގު މި އަހަރުވެސް ފަސް ސަރަހައްދެއްގައި
ތަޖުރިބާކާރުން ފަހަތަށްޖައްސާލައި ޒުވާންސާފަރުން ކުރިއަށް
ރާޅާ އެޅުމުގެ ފޯރިގަދަ ގައުމީ މުބާރާތް މާދަމާ ފަށަނީ
ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ބީއެމްއެލް
އެނބުރި އައިސް އިބޫ ޗެމްޕިއަންކަން ހޯދައިފި
ގާމާދޫކޮޅުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދީ ޒަޔާން
ސާފިން ލީގުގައި މިފަހަރުވެސް އަންހެން ޗެމްޕިއަނަކީ އާޔާ
"ހުރާކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަނަކީ އަންމަޑޭ