08 އޮކްޓޯބަރ 2022
މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ އިވެންޓް، ކ. ހިންމަފުށީގައި ކުރިއަށްދާ "ގާމާދޫކޮޅު 2022" ގެ އަންހެން އޯޕަން ޗެމްޕިއަންކަން އާޔާ ނަސީމް ހޯދައިފި އެވެ.
މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ އިވެންޓް، ކ. ހިންމަފުށީގައި ކުރިއަށްދާ "ގާމާދޫކޮޅު 2022" ގެ އަންހެން އޯޕަން ޗެމްޕިއަންކަން އާޔާ ނަސީމް ހޯދައިފި އެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ މުބާރާތްތަކުގައި އަންހެން އެތުލީޓުން ވާދަކުރަން ފެށި ފަހުން، އަންހެން އިވެންޓް ބޭއްވުނު ތިން ފަހަރު ވެސް ކާމިޔާބު ކުރީ އާޔާ އެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ގައުމީ މުބާރާތް (ރަންނަމާރި ޗެލެންޖް) ގައި ފައިނަލުގައި ޝާޒިޔާ ސައީދު (ޝާޒު) ގެ މައްޗަށް ކުރި ހޯދި އެވެ. އަދި މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ އިވެންޓް ކަމުގައިވާ، ގދ. ގައްދޫގައި ބޭއްވުނު "ކަޅެގަލެކޮޑާ" ގައި ޗެމްޕިއަންކަން ހޯދީ ރިޝްތާ ޝުޖާއު އާއި އާމިނަތު ޝައިޝާ ރަޝީދާ ވާދަ ކޮށްގެންނެވެ.
ގާމާދޫކޮޅުގައި ހުކުރު ދުވަހު އޮތް އަންހެން ޑިވިޝަނުގެ ފައިނަލް ހީޓު އާޔާ ކާމިޔާބު ކުރީ ރިޝްތާއާ ވާދަކޮށް 5.17 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ރިޝްތާ އަށް ސްކޯ ކުރެވުނީ 1.36 ޕޮއިންޓެވެ.
އާޔާ ވަނީ ފައިނަލް ހީޓުގައި ހަތަރު ރާޅާ އަޅައިފަ އެވެ. އެންމެ ރަނގަޅު ދެ ސްކޯ ހޯދީ ފަހު ދެ ރާޅުންނެވެ. ތިންވަނަ ރާޅުގައި ތިން ޕޮއިންޓް ހޯދި އިރު، ފަހު ރާޅުގައި 2.17 ޕޮއިންޓް ހޯދި އެވެ. ރިޝްތާ އެޅީ ތިން ރާޅާ އެވެ. އެންމެ ރަނގަޅު ދެ ރާޅަށް ހޯދީ 1.03 އަކާއި 0.33 ޕޮއިންޓެވެ.
ގާމާދޫކޮޅުގައި ފިރިހެން އޯޕަން ގެ ކުއާޓާ ފައިނަލަށް ވަނީ އަށް އެތުލީޓެއް ހޮވިފަ އެވެ. ހުސެއިން އަރީފް (އިބޫ) ކުއާޓާގައި ވާދަކުރާނީ ގައުމީ ރޭންކިންގެ ފަސްވަނައިގައި އޮތް ހަސަން ނާސިހް އާއެވެ.
ފުރަތަމަ ހީޓުގައި ވާދަކުރާނީ ރޭންކިންގެ އެއްވަނައިގައި އޮތް އަހުމަދު އާގިލް (އަންމަޑޭ) އާއި ތިންވަނައިގައި އޮތް ޖައިލަމް ނިޒާރެވެ. ސާފް ލީގުގައި އެންމެ ފަހުން ބޭއްވި ދެ އިވެންޓުގެ އެއްވަނަ ނެގީ އަންމަޑޭ އެވެ.
ތިންވަނަ ހީޓުގައި ސަލްމާން އަހުމަދާއި މުހައްމަދު އަތޫފް ވާދަކުރާނެ އެވެ.
ކުއާޓާގެ ފަހު ހީޓުގައި ވާދަކުރާނީ ގދ. ގައްދޫގެ ނަޖާހު މުހައްމަދު (ކަނބޯ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ. ކަނބޯ މިވަގުތު އޮތީ ރޭންކިންގެ ދެވަނައިގަ އެވެ. އިވެންޓް ފެށިއިރު ހޫބްޒް އޮތީ ރޭންކިންގެ 12 ވަނައިގަ އެވެ.
ޖުމްލަ 17 ސާފަރުން ވާދަކުރި ޖޫނިއާ ބައިގައި މުބާރާތުގައި ބާކީ ތިބީ ހަތަރު ބައިވެރިންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ އިސްމާއިލް މަދުހު އަހުމަދާއި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ.
މަދުހު ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ޔަސީން އަހުމަދު ނާޝިދާ ވާދަކޮށް ޖުމްލަ ސްކޯ ގައި 0.46 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ޗޮއްޕު ވަނީ ކުއާޓާގައި ކަޔާން އަބްދުﷲ އަރީފް (ކައި) ބަލި ކޮށްފަ އެވެ.
ދެވަނަ ސެމީ ގައި ބައްދަލުކުރާނީ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޝާނިފް ޝަފީގް އެވެ. ކުއާޓާގައި ސައްޔިދު ސަލާހުއްދީން ބަލިކޮށް އިނާން ސެމީ އިން ޖާގަ ހޯދި އިރު، ޝާނިފް ވަނީ ކުއާޓާގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަކިކޮށްފަ އެވެ.
ޝާނިފް އަކީ ސާފް ލީގުގައި އެންމެ ފަހުން ބޭއްވި ދެ އިވެންޓުގައި ވެސް ޖޫނިއާ ބައިގެ ޗެމްޕިއަނެވެ.
ފިރިހެން އޯޕަން އަދި ޖޫނިއާ އިވެންޓުގެ ފަހު ހީޓުތައް މިއަދު (ހޮނިހިރު ދުވަހު) ކުރިއަށް ދާނެ އެވެ.
ސާފް ލީގަށް ބަދަލެއް، ޖޫނިއާ ޗެމްޕިއަން ވެސް ހޮވާނެ
ސާފިން ޓީމުން އިތުރު ދެ ޖާގަ، ސިލެކްޝަން ގައްދޫގައި
ގައުމީ ސާފް ލީގު މި އަހަރުވެސް ފަސް ސަރަހައްދެއްގައި
ތަޖުރިބާކާރުން ފަހަތަށްޖައްސާލައި ޒުވާންސާފަރުން ކުރިއަށް
ރާޅާ އެޅުމުގެ ފޯރިގަދަ ގައުމީ މުބާރާތް މާދަމާ ފަށަނީ
ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ބީއެމްއެލް
އެނބުރި އައިސް އިބޫ ޗެމްޕިއަންކަން ހޯދައިފި
ގާމާދޫކޮޅުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދީ ޒަޔާން
ޗޮއްޕުއާ ދެކޮޅަށް އެއް އާއިލާއެއްގެ ދެ އެތުލީޓުން
"ހުރާކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަނަކީ އަންމަޑޭ