08 އޮކްޓޯބަރ 2022
އެމްޓީސީސީ ދިވެހި ސާފް ލީގުގައި ކ. ހިންމަފުށީގައި ކުރިއަށް ގެންދާ "ގާމާދޫކޮޅު 2022" ރާޅާއެޅުމުގެ މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު ޒަޔާން (ޗޮއްޕު) ހޯދައިފި އެވެ.
އެމްޓީސީސީ ދިވެހި ސާފް ލީގުގައި ކ. ހިންމަފުށީގައި ކުރިއަށް ގެންދާ "ގާމާދޫކޮޅު 2022" ރާޅާއެޅުމުގެ މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު ޒަޔާން (ޗޮއްޕު) ހޯދައިފި އެވެ.
މިއީ އުމުރުން 17 އަހަރުގެ ޗޮއްޕު މިއަހަރުގެ ސާފް ލީގުގައި ފައިނަލަށް ދަތުރުކުރި ދެ ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ގދ. ގައްދޫގައި ކުރިއަށް ދިޔަ "ކަޅެގަލެކޮޑާ" ގެ ފައިނަލްގައި ވެސް އޭނާ ވާދަ ކުރި އެވެ. ނަމަވެސް އެ ފަހަރު ބަލިވީ ޝަރޫފް ޝާއިރު އަތުންނެވެ.
ގާމާދޫކޮޅުގައި ޗޮއްޕު ޗެމްޕިއަންކަން ހޯދީ ފޯރިގަދަ ފައިނަލް ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށްފަ އެވެ. ޗޮއްޕު ވަނީ ފައިނަލް ހީޓްގައި 15.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އޭނާގެ އެންމެ ރަނގަޅު ރާޅުގައި އަށް ޕޮއިންޓް ހޯދި އިރު، ދެވަނައަށް އެންމެ ރަނގަޅު ރާޅަށް ލިބުނީ 7.17 ޕޮއިންޓެވެ.
އިނާން އަށް ފައިނަލްގައި ސްކޯ ކުރެވުނީ ޖުމްލަ 12.30 ޕޮއިންޓެވެ. އެންމެ ރަނގަޅު ރާޅަށް 6.17 ޕޮއިންޓް ހޯދުނުއިރު ދެވަނައަށް އެންމެ ރަނގަޅު ރާޅަށް ލިބުނީ 6.13 ޕޮއިންޓެވެ. ނަމަވެސް ޗޮއްޕުގެ ސްކޯ ބީޓުކުރަން އިނާން އަށް ނުވަ ޕޮއިންޓުގެ ރާޅެއް ބޭނުންވި އެވެ.
ޗޮއްޕު ފައިނަލަށް ހޮވުނީ ސެމީ ފައިނަލްގައި މިއަދު ހެނދުނު ދ. ކުޑަހުވަދޫގެ އިސްމާއިލް މަދުހު އަހުމަދު ބަލިކޮށްގެންނެވެ. އޭނާ ސެމީ ފައިނަލުގައި ދެ ރާޅު އަޅައިގެން ޖުމްލަ 11.10 ޕޮއިންޓް ހޯދި އެވެ. މަދުހު އަށް ހޯދުނީ 6.20 ޕޮއިންޓެވެ.
ސާފް ލީގުގައި މުޅިން އަލަށް ފައިނަލްގައި ވާދަކުރި އުމުރުން 13 އަހަރުގެ، ކ. ގުރައިދުއަށް އުފަން އިނާން ވަނީ ސާފް ލީގުގައި މުބާރާތަކަށް ފަހު މުބާރާތެއްގައި ކުރިއެރުން ހޯދައިފަ އެވެ. އޭނާ ވަނީ ސެމީ ފައިނަލްގައި، އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަން ޝާނިފް ޝަފީގް ބަލިކޮށްފަ އެވެ. ޝާނިފް ބަލިކުރީ ޖުމްލަ 10.07 ޕޮއިންޓް ހަމަކޮށްގެންނެވެ. ޝާނިފް އަށް ހޯދުނީ 5.33 ޕޮއިންޓެވެ.
އިނާން ވާދަކުރި ހީޓުގައި ޝާނިފް ބައިވެރިވީ ހީޓު ފެށިތާ ތިން މިނިޓު ފަހުންނެވެ. ޝާނިފްގެ އެންމެ ރަނގަޅު ރާޅަކީ އޭނާގެ ހަވަނަ ރާޅެވެ. އެ ރާޅަށް 5.33 ޕޮއިންޓް ލިބުނު އިރު، ޖެހިގެން އައި ރާޅުގައި 3.87 ޕޮއިންޓް ހޯދި އެވެ. ނަމަވެސް އެއަށް ފަހު އިނާން ޕްރިއޯރިޓީގައި އޮއްވައި އިންޓަފިއާ ކޮށްގެން، ދެ ވަނައަށް ހޯދި އެންމެ ރަގަޅު ސްކޯ އުނިކުރެވުމުން ކޮމްބޯ ޕޮޒިޝަނަކަށް ވެއްޓި، ހީޓު އަތުން ދޫވީ އެވެ. އެންމެ ރާޅަކަށް އެންމެ ގިނައިން ވެސް ހޯދޭނީ 10 ޕޮއިންޓެވެ.
ސާފް ލީގަށް ބަދަލެއް، ޖޫނިއާ ޗެމްޕިއަން ވެސް ހޮވާނެ
ސާފިން ޓީމުން އިތުރު ދެ ޖާގަ، ސިލެކްޝަން ގައްދޫގައި
ގައުމީ ސާފް ލީގު މި އަހަރުވެސް ފަސް ސަރަހައްދެއްގައި
ތަޖުރިބާކާރުން ފަހަތަށްޖައްސާލައި ޒުވާންސާފަރުން ކުރިއަށް
ރާޅާ އެޅުމުގެ ފޯރިގަދަ ގައުމީ މުބާރާތް މާދަމާ ފަށަނީ
ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ބީއެމްއެލް
އެނބުރި އައިސް އިބޫ ޗެމްޕިއަންކަން ހޯދައިފި
ސާފިން ލީގުގައި މިފަހަރުވެސް އަންހެން ޗެމްޕިއަނަކީ އާޔާ
ޗޮއްޕުއާ ދެކޮޅަށް އެއް އާއިލާއެއްގެ ދެ އެތުލީޓުން
"ހުރާކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަނަކީ އަންމަޑޭ