Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސައުސަން: ނުހުއްޓުވުނު، ނުވެސް ހުއްޓުވޭނެ!

ސައުސަން: ނުހުއްޓުވުނު، ނުވެސް ހުއްޓުވޭނެ

31 ޑިސެމްބަރ 2022

ގައުމީ ޓައިމް ޓްރެއަލްއިން އެއްވަނަ ހޯދައިގެން ފެތުންތެރިޔާ އައިޝަތު ސައުސަން, މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސް އަށް ދާން ހޮވުނެވެ. އެތުލީޓެއްގެ ހަޔާތުގައި ކުޅިވަރުގެ ރޮނގުން ލިބޭނެ އެންމެ ޝަރަފްވެރި ފުރުސަތަކީ އޮލިމްޕިކް ގޭމްސް އެވެ. އެ ބޮޑު ސްޓޭޖަށް އެރުމުގެ އުންމީދުގައި ސައުސަން ކުރި މަސައްކަތާއި ވީ ގުރުބާނީ ބޮޑެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓައިމް ޓްރެއަލްއިން އެއްވަނަ ހޯދައިގެން ފެތުންތެރިޔާ އައިޝަތު ސައުސަން, މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސް އަށް ދާން ހޮވުނެވެ. އެތުލީޓެއްގެ ހަޔާތުގައި ކުޅިވަރުގެ ރޮނގުން ލިބޭނެ އެންމެ ޝަރަފްވެރި ފުރުސަތަކީ އޮލިމްޕިކް ގޭމްސް އެވެ. އެ ބޮޑު ސްޓޭޖަށް އެރުމުގެ އުންމީދުގައި ސައުސަން ކުރި މަސައްކަތާއި ވީ ގުރުބާނީ ބޮޑެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ވެސް އެޅި ފިޔަވަޅުތަކާ އެކު، ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރިއަސް ފިޒިކަލް ޓްރޭނިންތައް ވަކިން ވެސް ކޮށްގެން އޮލިމްޕިކްސް އަށް ދާއިރު އޭނާ ބޭނުންވީ އެންމެ ފިޓް އެތުލީޓަކަށް ވުމަށެވެ. އެކަމަކު ޓޯކިޔޯގެ އޮލިމްޕިކްސް އަށް ދާން އޭނާގެ ނަން އިއުލާންކޮށްފައި ވަނިކޮށް އެ ފުރުސަތު ބީވެގެން ދިއުމުން ފުން ހިތާމައެއް ކުރިމަތިވި ކަމަށް ސައުސަން ބުންޏެވެ.

އޭނާ ކުރި އުންމީދާއި ދުށް ހުވަފެން ހަގީގަތަކަށް ނުވުމުން ނަފުސާނީ ގޮތުން ވެސް އޭނާ އަށް އަސަރު ކުރި ކަމަށް، ތަޖުރިބާކާރު ފެތުންތެރިޔާ ބުންޏެވެ.

"އޮލިމްޕިކްސް އަށް ދާން ހޮވުނީމަ އަމިއްލަ އެސޯސިއޭޝަންގެ ފުރުސަތެއްގައި ދުބާއީގެ ޓްރޭނިން އަށް ދިޔައީ. ޓްރޭނިން އަށް ދުބާއީގައި ހުއްޓާ ހަބަރު ލިބުނީ އަޅުގަނޑަށް ލިބުނު ފުރުސަތު ގެއްލިއްޖެކަން،" ދުނިޔޭގެ ސްވިމިން ފެޑެރޭޝަން (ފީނާ) ގެ އެންގުމަށް ރާއްޖޭގެ އެސޯސިއޭޝަނުން އިއުލާން ކުރި ނަންތަކަށް ބަދަލު ގެނައުމުން އޮލިމްޕިކްސް އަށް ލިބުނު ފުރުސަތު ގެއްލުނު ސައުސަން، 34، ކިޔައިދިނެވެ.

ސައުސަން ހުޅުމާލޭ ސްވިމިން ޕޫލްގައި: އޭނާގެ ކޮންމެ ދުވަހަކީ ޓްރޭނިންގައި ހޭދަ ކުރާ ދުވަހެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުސަން ހުޅުމާލޭ ސްވިމިން ޕޫލްގައި: އޭނާގެ ކޮންމެ ދުވަހަކީ ޓްރޭނިންގައި ހޭދަ ކުރާ ދުވަހެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ބުނި ގޮތުގައި އެ ވަގުތަކީ އޭނާ އަށް ވަރަށް ހިތްދަތި ދަނޑިވަޅެކެވެ. އޮލިމްޕިކްސް އަށް ދާން ލިބުނު ފުރުސަތު ގެއްލުނުކަން އޭނާ އަށް އެނގުނު އިރު އާއިލާ އާއި ދުރުގައި ހުންނަން ޖެހުމުން ވަކިން ބޮޑަށް އޭގެ އިމޯޝަންގެ އުނދަގޫ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ވަރަށް އުނދަގޫވި ދަނޑިވަޅެއް. ހިތަށް އެރި ކުއިޓް ކުރަންވީއޭ [ހުއްޓާލަން ވީ އޭ]. ސޯޝަލް މީޑިއާ އާ ވެސް އެއްކޮށް ދުރަށް ދިޔައިން. އެ ވާހަކަ ދައްކަން ވެސް ހިތްވަރެއް ނުލިބުނު،" އޭނާ ބުންޏެވެ.

"ދުބާއީގެ ޓްރޭނިން ހުއްޓާލާފައި އެނބުރި މާލެ އައީމަ ވެސް މީހުން އަހާ އެކަމާ ބެހޭގޮތުން. އެއީ ވެސް އިތުރަށް އުނދަގޫވި ކަމެއް. އެއް ވެސް ވަރަކަށް އެކަމާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި. މިހާރު ވެސް އެ ވާހަކަ ދައްކަން ފަސޭހައެއް ނޫން."

ކުޅިވަރު ކެރިއާ ހުއްޓާލަން ހިތަށް އަރައިގެން ހުރެ ޓްރޭނިން ހެދުމާއި ޕޫލަށް ވެސް ދިއުން އޭނާ ހުއްޓާލި އެވެ.

ސައުސަން: އޭނާ ބުނީ އުންމީދަކަށް ބަދަލެއް ނާންނަ ކަމަށް  --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުސަން: އޭނާ ބުނީ އުންމީދަކަށް ބަދަލެއް ނާންނަ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެކަމަކު އޭރު ވެސް އަޅުގަނޑުގެ 10 އަހަރުގެ ދަރިފުޅު ބުނާނެ އޭނާ ބޭނުން ވަނީ މަންމަ ގޮތަށް ސްވިމާއަކަށް ވާށޭ. ދަރިފުޅު އެހެން ބުނާތީ އަޅުގަނޑު ނިންމީ ހުއްޓާލުމުގެ ހިޔާލު ދޫކޮށްލަން،" ކުރީގެ އެއްވަނަ ފެތުންތެރިޔާ ހަސަން މުބާލްގެ ކޮއްކޮ ސައުސަން ބުންޏެވެ.

ބޮޑު ހިތްވަރެއްކޮށް އަލުން ޓްރޭނިން އަށް ނުކުތް ނަމަވެސް ސައުސަން އަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އޭނާގެ ފިޒީކް އަށް ބަދަލު އައެވެ.

"އައި ލޮސްޓް ކިލޯސް. އެންޑް ފިޒިކަލް ސްޓްރެންތު ޓޫ. މީހުން ވެސް ބުނި ކިހިނެއް ވެފަހޭ ތި ހުރީ،" ލިބުނު މާޔޫސްކަމުގައި ކެރިއާ ހުއްޓާލުމުގެ ވިސްނުން ބޮލަށް ލައިގެން އިން ދަނޑިވަޅަށް އިޝާރާތްކޮށް ސައުސަން ބުންޏެވެ.

ސައުސަން: އޭނާ ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުގެ ޗެމްޕިއަނަކީ އޭނަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުސަން: އޭނާ ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުގެ ޗެމްޕިއަނަކީ އޭނަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު ހިތްވަރުކޮށްފައި އޭނާ އަރަމުން ދިޔައީ މައްޗަށެވެ. ސްވިމިން އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުގެ ފެތުމުގެ އެވޯޑް ވެސް ހޯދި ސައުސަން ބުނީ އޭރު ވެއްޓުނު އަޑިގަނޑުން އަރައިގަނެވޭ ކަމުގެ އިހްސާސް މިހާރު ކުރެވޭ ކަމަށެވެ.

"އޭރަށް ވުރެ އައި ފީލް ބެޓާ. އެކަމަކު އަދި ވެސް އެކަމުން އެއްކޮށް ރިކާވާވެއްޖެއެކޭ ނުބުނެވޭނެ،" ސައުސަން ބުންޏެވެ.

ގައުމީ ޗެމްޕިއަންކަން ހަ ފަހަރަށް ހޯދި ސައުސަން ބުނި 2024 ގެ އޮލިމްޕިކްސްގައި ވާދަ ކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ސައުސަން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުސަން --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އޭރަށް ވުރެ ޗެލެންޖް މިހާރު ބޮޑު. އަރަމުން އަންނަ ފެތުންތެރިންގެ ތެރޭގައި ވެސް ވަރަށް ވާދަވެރިކަން ބޮޑު. އަނެއްކާ ރާއްޖެއިން ބޭރުގައި ޓްރޭން ހަދާ ޔަންގު ދެ ކުދިން ވެސް އެބަތިބި. އެކަމަކު އަޅުގަނޑު އުންމީދު ކަނޑައެއް ނުލަން. އެތުލީޓެއްގެ އެންމެ ބޮޑު ޑްރީމަކަށް މި އޮންނަނީ އޮލިމްޕިކްސް. ސޯ ލެޓް ސީ،" އޭނާ ބުންޏެވެ.

އޭރު އޮލިމްޕިކްސް އަށް ދާން ފުރުސަތު ލިބި، އެ ޖާގަ ގެއްލުނު އަނެއް އެތުލީޓަކީ އަލީ އިމްއާން އެވެ. ސްވިމިންގެ ތަޖުރިބާކާރަކު އޭރު ބުނި ގޮތުގައި ޒުވާން އާން އަށް ވުރެ ސީނިއާ ފެތުންތެރިޔާ ސައުސަން އަށް ކުރި އަސަރު ބޮޑުވާނެ އެވެ.

"އައި ފީލް އައި އެމް އޯލްޑް ފޯ ދެޓް. އެކަމަކު ވެސް އެ ޑްރީމް ހާސިލު ކުރަން އަޅުގަނޑު ކުރާ އުންމީދު ފަނޑެއް ނުވޭ،" އޭނާ ބުންޏެވެ.

ސައުސަން ޕޫލްގައި ފަތަނީ  --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުސަން ޕޫލްގައި ފަތަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ ފަހުގެ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރި ސައުސަން ހުރީ ދޫދޭކަށް ނޫނެވެ. މިދިޔަ އަހަރު އެ ފުރުސަތު އަތުން ބީވެގެން ދިޔަޔަސް އޭނާގެ ބުރަ މަސައްކަތަށް ބަދަލެއް އަޔަކަ ނުދެ އެވެ. އޭނާގެ އޮތީ އަޒުމެކެވެ.

"ވަރަށް ހިތްވަރުން އަލުން އެނބުރި އައީ. ސޯ އައިވިލް ފައިޓް އެންޑް ކޮމްޕީޓް،" ސައުސަން ބުންޏެވެ.