30 ޑިސެމްބަރ 2022
މާތް ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކަވާނޭ އެކަކު ވެސް ނުވާ ކަމާއި އަދި އެ މީހަކަށް މާތް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގު ފުރައްދާނޭ އެކަކު ވެސް ނުވާ ކަމަށް ކީރިތި ޤުރުއާނުގެ އައްޒުމަރު ސޫރަތުގައި (36-37) ވެ އެވެ. އަދި ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވާކަމާއި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވާ ކަމަށް އަލްމުއްދައްސިރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވެ އެވެ. މިފަދަ އާޔަތްތައް ދޭހަކުރުމުގައި ޤުރުއާނުގެ އެހެން އާޔަތްތަކާއި މާތް ނަބިއްޔާ ﷺ ގެ ހަދީސްފުޅުތަކާއި އަރަބި ބަހުގެ ހަމަތަކާއި އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކާއި އާޔަތްތަކުގެ ސިޔާގު (ކޮންޓެކްސްޓް) އާއި މި ނޫން ވެސް ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ނުކޮށް މާނަ ދޭހަކޮށްފި ނަމަ އާޔަތުގެ ހަގީގީ މާނަ އޮޅިގެން ދެ އެވެ.
މާތް ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކަވާނޭ އެކަކު ވެސް ނުވާ ކަމާއި އަދި އެ މީހަކަށް މާތް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގު ފުރައްދާނޭ އެކަކު ވެސް ނުވާ ކަމަށް ކީރިތި ޤުރުއާނުގެ އައްޒުމަރު ސޫރަތުގައި (36-37) ވެ އެވެ. އަދި ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވާކަމާއި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވާ ކަމަށް އަލްމުއްދައްސިރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވެ އެވެ. މިފަދަ އާޔަތްތައް ދޭހަކުރުމުގައި ޤުރުއާނުގެ އެހެން އާޔަތްތަކާއި މާތް ނަބިއްޔާ ﷺ ގެ ހަދީސްފުޅުތަކާއި އަރަބި ބަހުގެ ހަމަތަކާއި އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކާއި އާޔަތްތަކުގެ ސިޔާގު (ކޮންޓެކްސްޓް) އާއި މި ނޫން ވެސް ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ނުކޮށް މާނަ ދޭހަކޮށްފި ނަމަ އާޔަތުގެ ހަގީގީ މާނަ އޮޅިގެން ދެ އެވެ.
މިގޮތުން ތެދުމަގު ލިބުމާއި މަގުފުރެދުމުގައި ތިމާގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށް ބައެއް މީހުން ގަބޫލުކޮށް، މަގުފުރެދުން ގަޟާގަދަރަށް މަތި ކުރެ އެވެ. މިއީ ސައްހަ ދޭހައެއް ނޫން ކަން ބުއްދީގެ ހަމަތަކުން ބަޔާންކޮށްދިނުމަށް ކުރީގެ ލިޔުމެއްގައި މަސައްކަތް ކޮށްފައިވާނެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި މިފަދަ އާޔަތްތަކުގެ މާނަ ދޭހަކުރަން ޖެހޭ ގޮތުގެ މައްޗަށެވެ.
އެންމެ ފުރަތަމަ އަންނަނިވި އާޔަތްތަކުގެ މާނަ އަށް ނަޒަރު ހިންގާލާށެވެ! "އަދި ﷲ އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި ﷲ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ.". (އިބްރާހީމް 27). "ހަމަކަށަވަރުން ދޮގުހަދާ ކާފިރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ." (އައްޒުމަރު 3). "އިސްރާފުކޮށް ޝައްކު ކުރުން ގިނަ ކަމުގައިވާ މީހާ، ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ." (ޣާފިރު 34).
މި އާޔަތްތަކުގައި މިގޮތަށް ބަޔާންވެގެންވާ އިރު، އިހުލާސްތެރިކަމާ އެކު ރަނގަޅު ގޮތް އިހުތިޔާރުކޮށް، އެ އިހުތިޔާރު ތަންފީޒު ކުރުމުގައި ދެމިހުރުމަށް ﷲ ގެ އިރާދައާ އެކު މަސައްކަތް ކުރާ މީހާ ﷲ ގެ އަޒާބަށް ހުށަހެޅުމަށް އެކަލާނގެ އިރާދަކުރައްވާނޭ ބުނުމަކީ އެކަލާނގެ ހުސްތާހިރުވަންތަ ކަމުގެ ވަރަށް މުހިންމު ސިފަތަކެއް އިންކާރު ކުރެވިގެން ދާނެ ކަމެކެވެ. އެހެނީ އެކަލާނގެއީ އަދުލުވެރި، ދީލަތިވަންތަ، އޯގާވަންތަ، އިހުސާންތެރި ރަސްކަލާނގެ އެވެ. އެހެންކަމުން އެ ބައެއްގެ ހިތްތަކުގައި ދަބަރު ޖަހާ ގޮތް ﷲ މެދުވެރި ކުރައްވަނީ ވެސް އެ ބަޔަކު ހޯދައި އުޅުނު އަމަލުތަކުގެ ސަބަބުންނެވެ. (އަލްމުތައްފިފީން 14). ހަމަ އެފަދައިން އެ ބައެއްގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ ވެސް ކިބުރުވެރި ޖައްބާރުން ކަމުގައި ވާން އެ މީހުން އިހުތިޔާރު ކުރާ މީހުންގެ އެވެ. (އާފިރު 35).
ވީމާ ﷲ ގެ މިންވަރުފުޅުގެ ތެރޭގައި ހިމެނޭ މި އިހުތިޔާރުގައި އިންސާނާގެ ދައުރު އިންކާރު ކުރުމަކީ ﷲ އަށް އަޅުވެތިވުމުގެ ވަޒީފާ އަދާކުރަން ފިލުމެވެ. އަދި ﷲ ގެ ރައްބުވަންތަ އެތައް ސިފައަކަށް ނުބައި ތުހުމަތެއް ކުރުން ފަދަ ކަމެކެވެ.
މިއިން އެނގެނީ ﷲ މަގުފުރެއްދެވުމުގައި އަދި ހިދާޔަތު ދެއްވުމުގައި އަސާސަކީ ފުރަތަމަ އެ މީހަކު އަމިއްލަ އަށް މަގު ފުރެދުން ނުވަތަ ހިދާޔަތު ލިބުން އިހުތިޔާރުކޮށް ނުވަތަ ގަސްދުގައި އިހުތިޔާރު ނުކުރިޔަސް އެ ކަމަކަށް މަފުހަހިވާނެ ކަމެއް ނުވަތަ ކަންތައްތަކެއް އިހުތިޔާރުކޮށް، އެ މަގަކަށް މަސައްކަތް ކުރުމެވެ. ދެން ﷲ އެ މީހެއްގެ އެ އިހުތިޔާރަށް ތައުފީގު (އެއްގޮތްވުން) ދެއްވުމެވެ. އަންނަނިވި އާޔަތްތަކުން މިކަން އެނގެ އެވެ.
"ފަހެ އެ އުރެން ހައްގުން އެއްކިބާވި ހިނދު ﷲ އެ އުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވި އެވެ. (އައްސައްފު 5). "އަދި އެ މީހަކަށް ތެދުމަގު ބަޔާންވުމަށް ފަހު ރަސޫލާ ﷺ އާ ދެކޮޅުވެރިވެ މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާ މީހާ (ދަންނާށެވެ!) އެމީހާ އިހުތިޔާރު ކުރި މަގަކަށް ތިމަން ﷲ އެ މީހާ ދޫކޮށްލައްވައި ހުށީމެވެ...." (އައްނިސާއު 115).
ވީމާ ތެދުމަގު އެދިގެން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ މީހާ އެ މަގުން ﷲ އެއްކިބާ ކުރައްވަފާނެ ކަމަށް ނުވަތަ މުއުމިނުންގެ މަގަށް ތަބާވި މީހާ ﷲ މަގުފުރައްދަވާނެ ކަމަށް ގަބޫލު ކުރުމަކީ ﷲ އާ މެދު ކުރެވޭނެ ވަރަށް ނުބައި ހީކުރުމެކެވެ.
ﷲ ހިދާޔަތު ދެއްވަނީ އެ ކަމަށް އެދި މަސައްކަތް ކުރާ މީހުންނަށް ކަން އަންނަނިވި އާޔަތްތަކުން އިތުރަށް ހާމަވެ އެވެ.
"ތެދުމަގު ލިބިގެންވާ މީހުންނަށް އެކަލާނގެ ތެދުމަގު އިތުރު ކުރެއްވި އެވެ. އަދި އެ އުރެން ތަގުވާވެރިވެ ރައްކާތެރިވުމުގެ މަގު އެ އުރެންނަށް އެކަލާނގެ ފަހިކޮށްދެއްވި އެވެ." (މުހައްމަދު 17). އަދި ޔޫނުސް ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ އީމާންވެ ހެޔޮ އަމަލުކުޅަ މީހުންނަށް އެ މީހުންގެ އީމާންކަމުގެ ސަބަބުން ﷲ އެ މީހުންނަށް ހިދާޔަތު ދެއްވާ ކަމަށެވެ. އަދި ﷲ އަށް އީމާންވާ މީހާގެ ހިތަށް ތެދުމަގު އެކަލާނގެ ދައްކަވާކަން އައްތައާބުނު ސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ. ﷲ ގެ ހަޟްރަތަށް އެނބުރި އަންނަ އަދި އީމާންވެ ﷲ ހަނދުމަކޮށްގެން އެ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެންނަ މީހަކަށް އެކަލާނގެ ތެދު މަގު ދައްކަވާ ކަމަށް އައްރައުދު ސޫރަތުގެ 27-28 ގައި ބަޔާންކުރައްވާފައި ވެއެވެ.
ވީމާ ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކަވާނޭ އެކަކު ވެސް ނުވާ ކަމާއި އެ މީހަކަށް ﷲ ތެދުމަގު ދައްކަވާ މީހަކު މަގު ފުރައްދާނޭ އެކަކު ވެސް ނުވާ ކަމަށް ގުރުއާނުގައި އޮންނަ އޮތުން މާނަ ކުރަން ވާނީ އިސްވެ މި ބަޔާން ކުރެވުނު އާޔަތްތަކާއި އެ ނޫން ވެސް އެފަދަ އާޔަތްތަކުގެ އަލީގަ އެވެ. މިގޮތުން މަރްޔަމް ސޫރަތުގެ 75 ވަނަ އާޔަތަށް ވިސްނާލާށެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ އެ މީހަކަށް ރަހުމާންވަންތަ ރަސްކަލާނގެ އުމުރު ދިގުކުރައްވައި މުހުލަތު ދެއްވާނެ އެވެ....." އަދި ޖެހިގެން އޮތް 76 ވަނަ އާޔަތަށް ވެސް ވިސްނާލާށެވެ! "ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރު ކުރައްވައެވެ...."
ވީމާ ޒުމަރު ސޫރަތުގަ އާއި މުއްދައްސިރު ސޫރަތުގައި ﷲ އެ ބަޔާން ކުރައްވަނީ މިފަދަ މީހަކަށް ﷲ ގެ މި އިނާޔަތްތެރިކަން ދެއްވީމާ ދެން އޭނާ މަގުފުރައްދަން އެހެން މީހަކަށް ލާހިކު ނޫން ވާހަކަ އެވެ. އެއްގޮތަކަށް ވެސް ﷲ މިފަދަ މީހަކު މަގު ފުރައްދަވާނެ ވާހަކައެއް ނޫނެވެ. އަދި މަގުފުރެއްދުން ވެސް ހަމަ މިފަދައިން ކަމެވެ. ސަބަބަކީ އިންސާނާ އޭނާގެ އަމަލުތަކާ މެދު މަސްއޫލުވެ ތަކުލީފު އުފުލަން ޖެހެނީ ﷲ އޭނާއަށް ދެއްވާފައިވާ އިހުތިޔާރުގެ ބޭނުން އޭނާ ހިފާ ގޮތެއްގެ ސަބަބުންނެވެ. އެ އިހުތިޔާރު ނެތި މަޖްބޫރު ކުރެވިފައިވާ ކޮންމެ ހާލަތަކީ ތަކުލީފުން ބޭރުގައިވާ ހާލަތެކެވެ. އޭނާ ޒިންމާވާން ޖެހޭ ހާލަތެއް ނޫނެވެ. ﷲ އެއްވެސް މީހަކަށް އެ މީހަކަށް ނުއުފުލޭ މިންވަރެއް އުފުލަން ނުޖައްސަވަ އެވެ. (އަލްބަގަރާ 286).
ވީމާ ތެދުމަގު އެދިގެން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ މީހާ އެ މަގުން ﷲ އެއްކިބާ ކުރައްވަފާނެ ކަމަށް ނުވަތަ މުއުމިނުންގެ މަގަށް ތަބާވި މީހާ ﷲ މަގުފުރައްދަވާނެ ކަމަށް ގަބޫލު ކުރުމަކީ ﷲ އާ މެދު ކުރެވޭނެ ވަރަށް ނުބައި ހީކުރުމެކެވެ.
މިހާ ހިސާބުން ފަހަރެއްގައި އުފެދިދާނެ ސުވާލަކީ ހުރިހާ ކަމަކީ ވެސް ﷲ ގެ މިންވަރުފުޅުން ހިނގާ ކަންކަން ކަމަށް ވާއިރު އިންސާނާގެ އިހުތިޔާރަކީ ވެސް ﷲ ގެ މިންވަރުފުޅު ނޫން ހެއްޔެވެ؟. އެހެންވީމާ އިހުތިޔާރެއް ހަގީގަތުގައި ނެތެއް ނޫން ހެއްޔެވެ؟ މީގެ ޖަވާބުގައި ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ އިންސާނާ އަކީ ކައުނުގައިވާ އެހެން އެއްޗިއްސާ ހިލާފަށް ހިއްސާއި ބުއްދި އާއި އިހުތިޔާރު ލިބިފައިވާ މަހުލޫގެކެވެ. ދެން ހުރި އެއްޗިއްސަށް ބަލާއިރު އޭގައި މިއިން އެއްވެސް ސިފައެއް ނެތް އެއްޗިއްސާއި ހަމައެކަނި ހިއްސު ހުރި އެއްޗެތި ވެ އެވެ. ވީމާ މިސާލަކަށް ފާރަކާއި ހިމާރަކާއި އިންސާނަކާ މެދު ގޮތެއް ނިންމަން ވާނީ މިއިން ކޮންމެ އެއްޗެއްގެ ހާލަތާއި ތަބީއަތަށް ބަލައިފަ އެވެ.
މައުލޫއު އިތުރަށް ޝަރަހަ ކުރުމަށްޓަކައި އަލްއަންއާމް ސޫރަތުގެ 125 ވަނަ އާޔަތަށް ނަޒަރު ހިންގާލަމާތޯ އެވެ. "ﷲ ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް އިސްލާމްދީނަށް އެ މީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާ ދިމާ އަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެ މީހެއްގެ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން ލައްވަތެވެ...."
މި އާޔަތް އެ ހިސާބށް ކިޔައި ދެން އޮތްބައި ނުކިޔައިފި މީހަކު، މި އާޔަތުގައި މި ބުނަނީ އިލާހީ ހިދާޔަތާއި އިލާހީ މަގުފުރެއްދުމަކީ ކުރިން ކަނޑައެޅި ނިމިފައިވާ އެ އަށް އިންސާނާ އަށް ބާރެއް ނުފޯރުވޭނެ ކަމެއް ނޫންހޭ ފަހަރެއްގައި މީހަކު ބުނެފާނެ އެވެ. އެކަމަކު އާޔަތް ނިންމާލާފައި ވަނީ އީމާން ނުވާ މީހުންގެ މައްޗަށް ﷲ ގެ އަޒާބާއި ކޯފާ ލައްވަނީ އެފަދައިންނޭ ބަޔާން ކުރައްވަމުންނެވެ.
ވީމާ މިއިން މި ދޭހަވަނީ ކޮން އެއްޗެއްތޯ އެވެ؟ މިއިން އެނގި ހާމަވަނީ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން އުފެދެން މެދުވެރި ކުރުވި ކޯފާ އާއި އަޒާބުގެ މަސްދަރަކީ އެ މީހުންގެ އީމާން ނުވުން ކަމެވެ. އެ މީހުން އީމާންކަމާ ދެކޮޅު ހެދީމާ ހިދާޔަތު ނުލިބި ނުތަނަވަސްކަން ލިބި، ނޭވާ ބެދޭހެން ހީވާ ފަށަށް އެރީ އެވެ. އެ ކަމަކު ހައްގަށް ރުހި އެކަން ބަލައިގަތް މީހުންނަށް މަތިވެރި ﷲ ގެ ހިދާޔަތް ހައްގުވެ، އެ މީހުންގެ ހިތްތަކަށް އެކަލާނގެ ތަނަވަސްކަން ދެއްވީ އެވެ.
ވީމާ ﷲ ގެ މިންވަރުފުޅުގެ ތެރޭގައި ހިމެނޭ މި އިހުތިޔާރުގައި އިންސާނާގެ ދައުރު އިންކާރު ކުރުމަކީ ﷲ އަށް އަޅުވެތިވުމުގެ ވަޒީފާ އަދާކުރަން ފިލުމެވެ. އަދި ﷲ ގެ ރައްބުވަންތަ އެތައް ސިފައަކަށް ނުބައި ތުހުމަތެއް ކުރުން ފަދަ ކަމެކެވެ. އެހެނީ ﷲ އަންގަވަނީ "ހެޔޮއަމަލު ކުޅަ މީހުންނަށް އެންމެ ހެޔޮ ޖަޒާ ހުށްޓެވެ. އަދި އޭގައި އިތުރަށް ވެސް ހުއްޓެވެ." (ޔޫނުސް 26). މިއާ ހިލާފަށް "ނުބައި އަމަލުތައް ކުރި މީހުންނަށް ހުރީ ކޮންމެ ނުބައި ކަމަކަށް އެފަދަ ޖަޒާ އެވެ." (ޔޫނުސް 27). ދެން އެންމެ ފަހުން އާހިރަތުގައި "...ކޮންމެ ނަފްސަކަށް މެ އެ ނަފްސެއް އިސްކުޅަ އަމަލެއްގެ ގޮތް އެނގޭނެތެވެ. އަދި އެ އުރެންގެ އެހީތެރިވަންތަ ހައްގުވަންތަ ﷲ ގެ ހަޒްރަތަށް އެ އުރެން ރައްދުކުރައްވާނެތެވެ." (ޔޫނުސް 30). މިގޮތަށް ކަންކަން އޮތުން އެއީ މަޖުބޫރު ކުރުމެއް ކަމުގައި ނުވާނެ އެވެ.
ނަފްސު ތަޒުކިޔާ ކުރުމުގެ ތަމްރީނުގެ އައު ބުރެއް ފެށުން
މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ
ނަމާދުގެ ހަރަކާތްތަކުން ރަމްޒު ކޮށްދެނީ ކޮން ކަމެއް؟
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
މުޖުތަމައުގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކެއް
ތިމާގެ ޒިންމާ ގަޟާގަދަރަށް މަތިކޮށްގެން ނުވާނެ
އުހުރަވީ ހަޔާތުގެ ޖަޒާ އަކީ މާއްދީ އަދި ރޫހީ ޖަޒާއެއް
ސަމާވީ ރިސާލަތްތަކަށް އީމާންވުން
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
އުހުރަވީ ހަޔާތެއް އަންނަންޖެހޭ، އިސްލާހަށް ފުރުސަތެއް