Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އަޚްޔާރު: ރަނގަޅު، މޮޅު، މިހާރު ވަރަށް ގަދަ

އަޚްޔާރު: ރަނގަޅު، މޮޅު، މިހާރު ވަރަށް ގަދަ

15 ޖެނުއަރީ 2023

އޭނާގެ ނަން ނޫހުގައި ގޯސްކޮށް ލިޔެވޭތީ އެ ކުށް އިސްލާހުކޮށް ދިނުމަށް، ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ވެސް އެދެ އެވެ.

އޭނާގެ ނަން ނޫހުގައި ގޯސްކޮށް ލިޔެވޭތީ އެ ކުށް އިސްލާހުކޮށް ދިނުމަށް، ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ވެސް އެދެ އެވެ.

އަޚްޔާރު އަހުމަދު ހާލިދަކީ މިހާރު ނަމެކެވެ. އެ ނަން ޓޭބަލް ޓެނިހުގައި މިހާރު ބްރޭންޑަކަށް ވެއްޖެ އެވެ.

އެ ކުޅިވަރުގައި އަޚްޔާރުގެ ހުނަރާއި ފެންވަރު އަންނަނީ ސާބިތުކޮށް ދެމުންނެވެ. ޓީޓީގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެއް ކުޅުންތެރިޔަކީ ނިމިދިޔަ ގައުމީ ރޭންކިން މުބާރާތުގެ ގަދަ ތިނެއްގެ ތެރޭގައި ވެސް ހިމެނުނު އަޚްޔާރެވެ.

ޓީޓީގެ ކުޑަކުޑަ ބޯޅަ އާއި ރެކެޓަށް ވުރެ ކުރިން އަޚްޔާރުގެ ހިތުގައި އެންމެ ފުރަތަމަ ޝައުގު އުފެދުނީ ފުޓްބޯޅަ އާއި އެތުލެޓިކްސް އަދި ސްވިމިން އަށެވެ. އުމުރުން 17 އަހަރުގެ އެތުލީޓް ބުނީ އޭނާގެ ހިތުގައި ޓީޓީ އަށް ޝައުގުވެރިކަން އުފެދުނީ އުމުރުން 9 އަހަރުގައި އާއިލާ އާއެކު ރިސޯޓަކަށް ކުރި ދަތުރުގައި މަޖަލަކަށް ޓީޓީ ކުޅެން ފެށުމުން ކަމަށެވެ.

އަޚްޔާރު އުމުރުން ހަގު އިރު ކުޅުނު ޓީޓީ މެޗެއްގެ ތެރެއިން

އަޚްޔާރު އުމުރުން ހަގު އިރު ކުޅުނު ޓީޓީ މެޗެއްގެ ތެރެއިން

"ރިސޯޓެއްގައި ޓީޓީ ޓޭބަލްއެއް ފެނިގެން ބައްޕަ އާއެކު ކުޅުނީ މަޖަލަކަށް. ފަހުން ބައްޕަ ރެކޮމެންޑް ކުރީ ޓީޓީ ޗޫޒް ކުރަން،" އަޚްޔާރު ކިޔައިދިނެވެ.

އޭނާގެ މަންމަ އަމީނާ މުހައްމަދު (އަމީ) ބުނި ގޮތުގައި ފުޓްބޯޅަ އާއި ސްވިމިންގައި ވެސް މޮޅަށް ވާދަ ކުރި އެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމު އެކުލަވާލަން ނެގި ޕްރިލިމިނަރީ ސްކޮޑުން ވެސް ޖާގަ ހޯދި އެވެ. އެކަމަކު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށް ދާނެ ވިސްނުމެއް އޭނާގެ ނެތެވެ.

"އަޅުގަނޑަށް ހީވަނީ ފުޓްބޯޅައިން ކުރިއަށް ދާން ބޭނުން ނުވީ އިންޖަރީ ރިސްކު އޮންނާނެތީ ހެން. ސްވިމިންގައި ވެސް ވަރަށް ރަނގަޅަށް ވާދަކުރި އެކަމަކު އަޚްޔާރު ޝައުގެއް ނުވި ސްވިމިން އިން ކުރިއަށް ދާކަށް ވެސް،" އަމީނާ ބުންޏެވެ.

އަޚްޔާރު ބުނީ ޓީޓީ ކުޅެން އޭނާގެ ބައްޕަ ހިޔާލު ދިނީ އެހެން ކުޅިވަރުތަކަށް ވުރެ މަޖަލަކަށް ކުޅުނު ދުވަހު ވެސް މާބޮޑަށް އޭނާގެ ހުނަރު ހުރިކަން ފާހަގަ ވެގެން ކަމަށެވެ.

ޓީޓީގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް (ކ) އާއި އަޚްޔާރު އަދި ފަދުވާ (ވ): ސްކޫލް ލެވަލްގައި ފަދުވާ ވަނީ އަޚްޔާރު އަށް ކޯޗުކޮށް ދީފަ. އަދި މުންސިފްގެ ޕްރައިވެޓް ކޯޗިން ސެޝަންތަކުގައި ވެސް އަޚްޔާރު ބައިވެރިވި

ޓީޓީގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް (ކ) އާއި އަޚްޔާރު އަދި ފަދުވާ (ވ): ސްކޫލް ލެވަލްގައި ފަދުވާ ވަނީ އަޚްޔާރު އަށް ކޯޗުކޮށް ދީފަ. އަދި މުންސިފްގެ ޕްރައިވެޓް ކޯޗިން ސެޝަންތަކުގައި ވެސް އަޚްޔާރު ބައިވެރިވި

"ވައިޑީޕީ އަށް ޖޮއިން ކުރިތަނާ ކަހަލަ ގޮތަކަށް އޮތް މުބާރާތެއް. އެ މުބާރާތުގައި އެއް ކެޓަގަރީއަކުން ޗެމްޕިއަންކަން ލިބުނީމަ ދެން އިތުރަށް މޯޓިވޭޓް ވީ،" އުމުރުން 10 އަހަރުގައި 15 އަހަރުން ދަށުގެ ކެޓަގަރީން ސިންގަލްސް ޗެމްޕިއަންކަން ހޯދި އަޚްޔާރު ބުންޏެވެ.

ހަމަ އެ މުބާރާތުގައި 12 އަހަރުން ދަށުގެ ކެޓަގަރީން ސެމީ ފައިނަލާ ހަމައަށް ވެސް ދަތުރު ކުރި އެވެ. އެކަމަކު 15 އަހަރުން ދަށުގެ ކެޓަގަރީގައި އޭނާ އަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ ކާމިޔާބު ލިބުމުން އޭނާ އަށް ޓީޓީގައި ވަރުގަދަ އަށް ވާދަ ކުރެވޭނެ ކަމަގެ އުންމީދު ލިބުނުކަމަށް އަޚްޔާރު ބުންޏެވެ.

ލޯކަލް މުބާރާތްތަކުގައި އޭނާ ހޯދަމުން ދިޔަ ކުރިއެރުންތަކާ އެކު، ހާއްސަ އިސްކަމެއް ދޭން ޖެހޭ ކުޅުންތެރިޔެއްގެ ގޮތުގައި ޓީޓީ އެސޯސިއޭޝަނުން ފާހަގަ ކުރި ކުޅުންތެރިންގެ ތެރޭގައި އަޚްޔާރު ހިމެނި އެވެ. މިދިޔަ އަހަރު އޮކްޓޯބަރު އަދި ނޮވެމްބަރުގައި އެއް މަސް ދުވަހުގެ ޓްރޭނިން އަށް ކްރޮއޭޝިއާ އަށް ފޮނުވި ތިން ކުޅުންތެރިންގެ ތެރޭގައި ވެސް އަޚްޔާރު ހިމެނި އެވެ. ދުނިޔޭގެ ކުރީގެ ޓީޓީ ޗެމްޕިއަން ޒޯރާން ޕްރިމޯރަކް މެދުވެރިކޮށް ޓީޓީ އެސޯސިއޭޝަނަށް ލިބުނު ފުރުސަތުގައި ކްރޮއޭޝިއާގައި ހޭދަ ކުރި ޓްރޭނިން ކޭމްޕަކީ ހުނަރާއި ފެންވަރު މަތިކުރަން މިހާތަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށް އަޚްޔާރު ބުންޏެވެ.

"އެތާންގެ އެންމެ އެންމެ ބޮޑު ޑިފަރެންސަކީ ކޯޗިން. ދެން ގޭމްގެ ޓެކްނިކްތައް އިމްޕްރޫވް ކުރަން ފުރުސަތު ލިބުނު. ޓްރޭނިންގެ ސްޓޭންޑަޑް ވެސް ވަރަށް ހައި،" އެ ޓްރޭނިން ކޭމްޕަށް ފަހު ގައުމީ މުބާރާތުގައި ވާދަކޮށް 17 އަހަރުންދަށުގެ ބައިން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި އަޚްޔާރު ބުންޏެވެ.

ގައުމީ މުބާރާތުގައި ހޯދި ހަތަރު ތައްޓާއެކު އަޚްޔާރު ފޮޓޯ އަކަށް ހުއްޓިލައިގެން

ގައުމީ މުބާރާތުގައި ހޯދި ހަތަރު ތައްޓާއެކު އަޚްޔާރު ފޮޓޯ އަކަށް ހުއްޓިލައިގެން

އޭނާ ބުނީ މި ފަހަރުގެ ގައުމީ މުބާރަތަކީ މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދެއްކުނު އެއް މުބާރާތް ކަމަށެވެ.

"ޓޫ އޯ ތްރީ އިއާސްގެ ތެރޭގައި ސީނިއާ ކެޓަގަރީން ވެސް ގައުމީ ތަށި ހޯދުން އެއީ ޓާގެޓެއް،" އޭނާ ބުންޏެވެ.

"އެކަމަކު އެންމެ ބޮޑު ޓާގެޓަކީ އިންޓަނޭޝަނަލް ގޭމްސް އަކުން ރާއްޖެ އަށް މެޑަލްއެއް ހޯދައިދިނުން."

ގައުމީ މުބާރާތުގެ ތާރީހުގައި އަޚްޔާރުގެ ކާމިޔާބީތަކުގެ ބައެއް އުސްއަލިތައް

- ގައުމީ މުބާރާތް 2022: 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2022: 17 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2022: 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2022: ފުރަތަމަ ޑިވިޝަންގެ ޑަބަލްސް ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2020: 16 އަހަރުން ދަށުގެ ގައުމީ ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2019: 12 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން

- ގައުމީ މުބާރާތް 2019: 16 އަހަރުން ދަށުގެ ކެޓަގަރީން ވެސް ޗެމްޕިއަންކަން

"މިހާރު" އަށް އަޚްޔާރު ދިން އިންޓަވިއުގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު" އަށް އަޚްޔާރު ދިން އިންޓަވިއުގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާރު ވިލާ ހައި ސްކޫލްގައި ކިޔަވަމުން އަންނަ އަޚްޔާރު ބުނީ ޓީޓީގައި ގިނަ އަހަރުތަކެއް ވަންދެން ދެމިހުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. ކުޅިވަރުގައި ދިގުމުއްދަތަކަށް ދެމިހުރުމަށް އޭނާ މިހާރު ވެސް ވަނީ ހަގީގީ "އެތުލެޓިސިޒަމް"ގެ ސިފަތައް ހަރުލެއްވުމަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ފާސްޓް ފުޑްގެ ބާވާތްތައް ޒުވާން އުމުރުގައި ވެސް އޭނާ ހުރީ ދޫކޮށްލައިގެން ކަމަށް އަޚްޔާރު ބުންޏެވެ.

"ކުރީގައި ހުންނާނީ ކޮންމެ ވެސް ވަރަކަށް ޗަބީކޮށް އެކަމަކު ފަހުން މިހާރު ހުރި ފިޓްނަސް އާ ހަމައަށް އައީ ފާސްޓް ފުޓް އެވޮއިޑް ކުރީމަ،" އޭނާގެ މަންމަ ބުންޏެވެ.

އަޚްޔާރުގެ ކެރިއާގައި އޭނާ ކުރިއެރުން ހޯދަމުން ދިޔައީ ހަރުފަތަކުން ހަރުފަތަކުން މައްޗަށް އަރަމުންނެވެ. ބިލަންބޮންގް ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔެވި މުއްދަތުގައި އުމުރުފުރާގެ ގިނަ މުބާރާތްތަކުން ތަށިތައް އޭނާ ހޯދި އެވެ. ކުޅިވަރުން ގައުމީ ފެންވަރުގައި މަތީ ވަނަ ހޯދާ ދަރިވަރުންނަށް އޭރު ދެމުން ގެންދިޔަ ކަލާސް އެވޯޑްގެ އުމުރުފުރާތަކުގެ ކެޓަގަރީން ވިދިވިދިގެން ކޮންމެ އަހަރަކު ހޯދި އެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަށް ވުމުގެ ފެންވަރު އޭނާގެ ކިބައިގައި ހުރި ކަމަށް ރާއްޖޭގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަދި ޓީޓީއޭއެމްގެ މިހާރުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.