Roadha Mihaaru

ދިރާގު ޕޭ މެދުވެރިކޮށް ބައިލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ހަމަވަނީ

ދިރާގު ފިންޓެކް އިން ބައި ލައްކަ ރުފިޔާ ހުށަހަޅައިގެން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން މި މަހު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

07 ޑިސެމްބަރ 2025

ދިރާގު ފިންޓެކް އިން ބައި ލައްކަ ރުފިޔާ ހުށަހަޅައިގެން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން މި މަހު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ޕޭ ޑައުންލޯޑުކޮށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި ދިރާގު ޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. ދިރާގު ޕޭއަށް ރާއްޖޭގެ ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރު ގެންގުޅުނަސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ އެކި ހިދުމަތްތައް ހިމެނެ އެވެ.

ދިރާގު ޕޭއިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުންޏެވެ. އެކުންފުނިން ބުނީ ދިރާގުޕޭ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދި ފަހުން ކުރިއަށް ގެންދިޔަ 1ރ. އަށް ކޮފީއެއް ލިބޭ ފަދަ އެކި ޕްރޮމޯޝަންތައް ކާމިޔާބުކަމާ އެކު އެކުންފުނިން ކުރިއަށް ގެންގޮސްފައިވާ ކަމަށްބުންޏެވެ.

ދިރާގު ފިންޓެކުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.