29 ޖުލައި 2019
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ކާރު އެކްސިޑެންޓްވެފައިވަނީ ބްރިޖާއި ހުޅުމާލެ ގުޅުވާލާފައި އޮންނަ ބޯށިމާ ހިނގުމުގައި، އެމްޑަބްލިޔުއެސްސީ އިމާރާތުގެ ފުރަގަހުގަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޯށިމާ ހިނގުމުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް އެމްޑަބްލިއުއެސްސީގެ ފާރުގައި ޖެހި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
"މި އެކްސިޑެންޓުގައި އެމްޑަބްލިއުއެސްސީގެ ފާރަށާއި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކާރާއި ސައިކަލު އާދަޔާ ހިލާފް ބާރު ސްޕީޑުގައި ދުއްވުން ވަނީ އާންމުވެފަ އެވެ. ހަފުތާ ބަންދު ތެރޭގައި މިކަން ވަކިން ބޮޑުވެ އެވެ.
ބެޓެރީ ބައިސިކަލަކާއި ކާރެއް ޖެހި ބަޔަކަށް އަނިޔާ
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު
އޮއްތޮގެ އާއިލާއިން ދެއްކީ ރީތި ނަމޫނާއެއް
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ޑްރައިވަރަށް ނިދިގެން ނުރައްކާތެރި އެކްސިޑެންޓެއް
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް މާދަމާ
މަޑުކޮށްފައި އޮތް ކާރެއްގައި ސައިކަލަކުން ޖެހިއްޖެ
ބަސް އެކްސިޑެންޓުގައި މަރުވިމީހާގެ ހަށިގަނޑު ގެންދަނީ
ހުޅުމާލޭގަ އެކްސިޑެންޓްވީ ކުޑަކުއްޖަކު ދުއްވި ސައިކަލެއް