Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މަޖިލިސް ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

02 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓެއް ކުރި މީހާ ރޭ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓެއް ކުރި މީހާ ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ މަހު 18 ގަ އެވެ.

ފުލުހުން ބުނިގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ. މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދިންއިރު، މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ބޮމުގެ ހަމަލާއެއް ވެސް ދީފައިވެ އެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވި އެވެ.