Roadha Mihaaru
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް

ބިޝާ: މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް

09 އެޕްރީލް 2024

މީގެ 11 އަހަރު ކުރިން އޭނާ އަކީ ރާއްޖޭގެ މަގުބޫލު ޕްރެޒެންޓަރެކެވެ. ދިޓީވީގައި ޚަބަރު ކިޔުމުގައި އޭނާގެ މަގްބޫލުކަން އިތުރުވި އިރު، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިޔާސީ ފިކުރު ހުންނަ މީހެއް ގޮތަށް ސިފަވެ، މީހުންގެ ފުރައްސާރަތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެއީ އޭނާގެ ކެރިއަރު ބަދަލުކޮށްލަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ 11 އަހަރު ކުރިން އޭނާ އަކީ ރާއްޖޭގެ މަގުބޫލު ޕްރެޒެންޓަރެކެވެ. ދިޓީވީގައި ޚަބަރު ކިޔުމުގައި އޭނާގެ މަގްބޫލުކަން އިތުރުވި އިރު، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިޔާސީ ފިކުރު ހުންނަ މީހެއް ގޮތަށް ސިފަވެ، މީހުންގެ ފުރައްސާރަތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެއީ އޭނާގެ ކެރިއަރު ބަދަލުކޮށްލަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

އެ ދުވަސްވަރު އެ އުނދަގޫތަކުގެ ތެރެއިން އޭނާގެ ކޮންމެ ދުވަހަކު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމަކަށްވީ މޭކަޕް ކުރުމެވެ. އޭރުގެ މަޝްހޫރު ޕްރެޒަންޓަރު ބިޝާރާ ހަސަން ވަހީދަކީ މިހާރު އެންމެ މަގުބޫލު އެއް މޭކަޕް އާޓިސްޓެވެ.

‎ބިޝާ، 37، އަށް މޭކަޕް ކުރުމުގެ ތެރެއަށް ވަދެވުނީ ވެސް އޭނާ ޓީވީ ޕްރެޒެންޓަރަކަށް ދިޓީވީގައި އުޅެންފެށި ހިސާބުންނެވެ. ހަބަރު ކިޔަން އަރާ އިރު މޭކަޕްކޮށްދޭ ބައެއް މީހުންނަށް އޭނާ އެންމެ ގަޔާވާ ގޮތަށް މޭކަޕް ބައެއް ފަހަރު ނުކޮށްދެވޭތީ، އަމިއްލައަށް އެކަން ދަސްކުރަން ނިންމީއެވެ. އޭގެ ކުރިން މޭކަޕް ކުރުމުގެ އެއްވެސް ކަމަކަށް ޝައުގުވެރިކަން ނެތް ބިޝާ ޔޫޓިއުބް މޭކަޕް ޓިއުޓޯރިއަލްތައް ބަލަން ފެށި އެވެ. އެކަންވީ، ހީކުރިވަރަށް ވުރެ މާ ގަޔާވާ ކަމަކަށެވެ. ހަޔާތުގެ އެ ދުވަސްވަރަކީ، ވަރަށް އެކަނިވެރި، ކަންކަމާ ވިސްނުން އިތުރު ދުވަސްތަކަކަށް ވާތީ، އެފަދަ ހިޔާލުތަކުން ބިޝާ ދުރުކޮށްދިނީ އެ މޭކަޕް ވީޑިއޯތަކެވެ. އެހެން ބަލާ ވީޑިއޯތައް އަމިއްލައަށް ޓްރައި ކުރަން ފެށި އެވެ. އެކި ކަހަލަ މޭކަޕް ލުކްސް ޓްރައި ކުރުންވީ އޭނާއަށް ކޮންމެ ދުވަހަކު ވެސް މީހާ އެހެން ހިޔާލުތަކުން ދުރުކޮށްދީ ހިތްހަމަޖެހުން ގެނެސްދޭ ކަމަށެވެ. އެކަން ކުޑަވަރެއްގެ "އެޑިކްޝަން"އަކަށް ބަދަލުވި އެވެ.

ބިޝާ މީހެއްގެ ބްރައިޑަލް ހިޖާބު އަޅުވައިދެނީ. އޭނާއަކީ ވެޑިންތަކުގައި މޭކަޕްކުރުމުގައި ރާއްޖޭގައި އެންމެ މަގްބޫލު އެއް މޭކަޕް އާޓިސްޓު --

ބިޝާ މީހެއްގެ ބްރައިޑަލް ހިޖާބު އަޅުވައިދެނީ. އޭނާއަކީ ވެޑިންތަކުގައި މޭކަޕްކުރުމުގައި ރާއްޖޭގައި އެންމެ މަގްބޫލު އެއް މޭކަޕް އާޓިސްޓު --

‎ޚަބަރު ކިޔަން އަރާ އިރު މީހާ ޓީވީއަށް ވަރަށް ޕްލެޒެންޓްކޮށް ހުންނާތީ މީހުންގެ ސަމާލުކަން އޭނާއަށް ލިބެ އެވެ. މީހުންގެ ތައުރީފު ވެސް ލިބެ އެވެ. އެހެންވެ، ގާތް ރައްޓެހިންނާއި އާއިލާގެ ތެރެއިން މީހުންގެ ރިކުއެސްޓަށް އެހެން މީހުންގެ މޭކަޕްތައް އޭނާ ކުރަން ފެށި އެވެ. މިއީ، ކުރެވޭނެ ކަމެއްގެ ގޮތުގައި ވިސްނި، އާމްދަނީއެއް ހޯދުމަށް މޭކަޕް އާޓިސްޓަކަށް ވާން ނިންނި ހިސާބެވެ. ނޭނގި ހުރެ އެ ދާއިރާ އަށް ވަދެވި އެންމެ ފުރަތަމަ 2013 ވަނަ އަހަރު އޮންލައިން ޕޭޖެއް ހަދައިގެން ބިޝާ އެ މަސައްކަތް ފެށި އެވެ. އޭރު ވެސް ޓީވީގައި އޭނާ މަސައްކަތް ކުރެ އެވެ. ނަމަވެސް، 2014 ވަނަ އަހަރުން ފެށިގެން ފުލްޓައިމްކޮށް މި މަސައްކަތަށް ހުސްވި އެވެ.

‎"ބިޝާގެ ދިރިއުޅުމުގައި ދިމާވި ކަންކަމުގެ ސަބަބުން މީހާ ވަރަށް އެކަނިވެރިވެ ބޭކާރު ހިޔާލުތަކުން އަމިއްލަ މީހާ ޑިސްޓްރެކްޓް ކުރަން ލިބުނު ކަމަކަށް މޭކަޕްވީ،" އޭނާ ބުންޏެވެ.

ބިޝާ މީހެއްގެ މޭކަޕްކޮށްދެނީ. މި ދާއިރާގައި އޭނާ މަސައްކަތް ކުރާތާ ވަނީ 11 އަހަރުވެފައި --

ބިޝާ މީހެއްގެ މޭކަޕްކޮށްދެނީ. މި ދާއިރާގައި އޭނާ މަސައްކަތް ކުރާތާ ވަނީ 11 އަހަރުވެފައި --

‎މި ދާއިރާގައި އޭނާ 11 އަހަރު ހޭދަކުރާއިރު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކްލައިންޓުންގެ ބޮޑު އިތުބާރެއް ލިބި، އޭނާގެ ލޯކަލް އެތައް ކްލައިންޓުންނެއް ތިބުމެވެ. އޭނާގެ ބްރައިޑަލް މޭކަޕްތަކުގެ މަޝްހޫރުކަން އިތުރުވެ، އޭނާގެ މޭކަޕް ނޭނގޭ މީހުން ރާއްޖޭގައި މަދުވާނެ އެވެ. އޭނާއަށް ޑިމާންޑު ބޮޑުވެ، އޮންނަނީ ލިބޭ ހުރިހާ ރިކުއެސްޓަކަށް އެކަން ނުކުރެވިފަ އެވެ. އެކަން އެހެން ދިމާވުމުގައި ލިމިޓެޑްކޮށް އެކްސްކުލޫސިވްކޮށް ބުކިނގްސް ނެގުން ހިމެނެ އެވެ. ބުކިންއަށް ހުޅުވާލާ އިރަށް އެހާ ގިނަ ބަޔެއްގެ ރިކުއެސްޓްތައް ލިބެ އެވެ.

‎"ކޮންމެ ދުވަހަކު ވެސް ވަރަށް އުފާވާ، ހިތްހަމަޖެހުން ލިބޭ ދުވަހަކަށް ބަދަލުވީ ކެރިއާ ބަދަލުކޮށްލީމަ [މޭކަޕް ކުރުމުގެ ތެރެއަށް ވަނީމަ]. ޚަބަރު ކިޔައިގެން ވެސް މީހުންގެ ލޯބި ވަރަށް ލިބުނު. އެކަމަކު ވަރަށް ރުޅި އަންނަ މީހުން ވެސް ތިބޭ. ސިޔާސީ ގޮތުން ވަކި ފިކުރެއް ހުންނަކަމަށް ބަލައިގެން. އެއީ ދާއިރާ ސްވިޗް ކޮށްލަން ލިބުނު ހިތްވަރަކީ،" އޭނާ ބުންޏެވެ.

ބިޝާ ޚަބަރު ހުށަހަޅައިދެނީ. އޭނާ އަކީ ޚަބަރު ކިޔުމުގައި ވެސް މަގްބޫލު މޫނެއް --

ބިޝާ ޚަބަރު ހުށަހަޅައިދެނީ. އޭނާ އަކީ ޚަބަރު ކިޔުމުގައި ވެސް މަގްބޫލު މޫނެއް --

‎"ގިނަ ފަހަރަށް މޭކަޕްކޮށްދެނީ ކްލަޔަންޓުންގެ ހާއްސަ އޮކޭޝަންތަކުގައި. ހަމަ 99 ޕަސެންޓް މީހުން ވަރަށް އުފަލުން، ވަރަށް ހިތްހަމަޖެހި، އުފާވެފައި ތިބެނީ. އެހެންވެ، މިކަން އެހާ ބޮޑަށް ކުރާ ހިތްވީ،" އޭނާ ބުންޏެވެ.

‎މޭކަޕް ކުރަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ނަމަވެސް، ބިޝާގެ ބްރައިޑަލް މޭކަޕްތަކުގައި އޭނާގެ ސިގްނޭޗާ ލުކްތައް ފެންނާނެ އެވެ. މޭކަޕް ކުރާ ސްޓައިލް ބިނާ ވަނީ ކްލަޔަންޓުގެ ހަންގަނޑު ހުންނަ ގޮތަށެވެ. ބިޝާ އަމިއްލައަށް ކުރާ މޭކަޕްތަކުގައި އެންމެ ގަޔާވާ ސްޓައިލަކީ "ސްމޯކީ އައިސް" އެވެ.

‎މޭކަޕް ކުރުމަކީ އެކި ދުވަސްވަރު އެކި ކަހަލަ ޓްރެންޑްތައް އުފެދި ބޮޑެތި ބަދަލުތައް އަންނަމުންދާ ދާއިރާ އެކެވެ. މީގެ 11 އަހަރު ކުރިން އޭނާ އެ މަސައްކަތް ފެށި އިރު އެކަން ކުރި ގޮތާއި މިހާރާއި ބޮޑު ތަފާތެއް އެބަ އޮތެވެ. އަދި ފަހުން ދާއިރާގެ ޕްރޮފެޝަނަލް ވޯކްޝޮޕްތައް ހަދައި، އިތުރަށް ކަންކަން ދަސްކުރުމުން އެކަން ކުރާ ގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ބިޝާ. އޭނާ ވަނީ މީހުންނަށް މޭކަޕް ކޮށްދިނުން ފުޅާކޮށް ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ސެލޫނެއް ވެސް ހުޅުވާފައި

ބިޝާ. އޭނާ ވަނީ މީހުންނަށް މޭކަޕް ކޮށްދިނުން ފުޅާކޮށް ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ސެލޫނެއް ވެސް ހުޅުވާފައި

‎"އޭރު އެކައްޗެއް ވެސް މާލެއަކުން ނުލިބޭނެ. ފެށި އިރު ކިޓް ހަމަކުރީ ރާއްޖެއިން ބޭރަށް ގޮސްގެން ތަކެތި ހޯދައިގެން. އެއްޗެއް ހުސްވެގެން ވެސް ލިބޭނެ ގޮތެއް ނުހުރޭ،" އޭނާ ބުންޏެވެ.

‎މިހާރު ވެސް މޭކަޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއިން ލިބޭކަށް ނުހުރެ އެވެ. އެހެން ނަމަވެސް އޮންލައިންކޮށް ތަކެތި ގެންނަން ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް އެބަހުއްޓެވެ.

ބިޝާ މޭކަޕް ބައި މާރިއޯގެ މާސްޓަކްލާހަކަށް ފަހު ކިމް ކާޑޭޝަން އާއި މާރިއޯއާ އެކު ފޮޓޯއަކަށް ހުއްޓިގެން. އޭނާ ވަނީ އެ ދާއިރާއިން ގިނަ ކޯސްތަކެއް ހަދާފައި --

ބިޝާ މޭކަޕް ބައި މާރިއޯގެ މާސްޓަކްލާހަކަށް ފަހު ކިމް ކާޑޭޝަން އާއި މާރިއޯއާ އެކު ފޮޓޯއަކަށް ހުއްޓިގެން. އޭނާ ވަނީ އެ ދާއިރާއިން ގިނަ ކޯސްތަކެއް ހަދާފައި --

‎އޭނާ ވަނީ މިދިޔަ އަހަރު މޭކަޕް ކުރުމުގެ އިތުރުން "ބިޝާ" ގެ ނަމުގައި ސެލޫނެއް ހުޅުވައިފަ އެވެ. އެ ސެލޫނުން، ފޭޝަލް އާއި ޕެޑިކިއުއާ އާއި މެނިކިއުއާ އާއި ވެކްސިން އާއި ހެއާ ކަލަރިން އަދި ސްޓައިލް ފަދަ ރީތިވުމަށް ބޭނުންވާ ހިދުމަތްތައް ލިބެ އެވެ. އޭނާ ސެލޫން ހެދީ ވެސް، މޭކަޕް ކުރަން ދާ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދޭން ބޭނުންވާތީ އެވެ. ސެލޫނަށް އަހަރެއްވީ އިރު، އެ ހިދުމަތް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ރީތިވުމުގެ ދާއިރާއިން އިތުރު ހިދުމަތްތައް ފެށުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ.

މޭކަޕްގެ ދާއިރާއިން ރާއްޖޭގައި އެންމެ އުހަށް ދެވުނު އިރު އޭނާގެ އަނެއް އެންމެ ބޮޑު ހުވަފެނަކީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީއެއްގެ މޭކަޕް ކުރުމުގެ ފުރުސަތު ލިބުމެކެވެ.

ބިޝާ ސެލޯން. އެ ސެލޯނުން ރީތިވުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ --

ބިޝާ ސެލޯން. އެ ސެލޯނުން ރީތިވުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ --

‎ރާއްޖޭގައި ބިއުޓީ އެންޑް ވެލްނަސް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި ދާއިރާގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ އިރު، ސަސްޓެއިން ކުރެވެނީ މަދު ބަޔަކަށެވެ. ބިޝާ ބުނީ، މިއީ ވަރަށް ބުރަކޮށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ އަދި ހަމަ އެހާމެ ގިނަ ގޮންޖެހުންތައް ވެސް ހުރި ދާއިރާއެއް ކަމަށެވެ.

އެ އުނދަގޫތަކާ އެކު ވެސް ދާއިރާގައި އޭނާ ހުންނަން ބޭނުންވަނީ، މިއީ އޭނާގެ ދިރިއުޅުމުގެ އުނދަގޫ ދުވަސްތަކުން އުފާވެރިކަން ގެނެސްދިން މަސައްކަތަކަށް ވާތީ އެވެ. މި މަސައްކަތުގައި ދެމިހުރެ، އޭނާ އެ ކުރާ ލެވެލްގައި މޭކަޕް ކުރާނެ އެހެން ކުދިން ޓްރެއިން ކުރުމަކީ މިއަދު އޭނާ ބޭނުންވާ އެއް ކަންތަކެވެ.