Roadha Mihaaru
ހުޅުމާލެއިން ކުނި ނަގާ ވަގުތު އިތުރު ކުރަނީ

ހުޅުމާލެއިން ކުނި ނަގާ ވަގުތު އިތުރު ކުރަނީ

26 ނޮވެމްބަރ 2021

ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާވަގުތުތައް އިތުރު ކުރަން ވެމްކޯއިން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާވަގުތުތައް އިތުރު ކުރަން ވެމްކޯއިން ނިންމައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެތަކުން ކުނި ނަގާނީ ހަވީރު 6 އިން ރޭގަނޑު 11 އާ ދެމެދު ކަމަށެވެ. އެހެންވެ، ހަވީރު 5 އިން ފެށިގެން ކޮތަޅުުތަކުގައި ކުނި ބަންދުކޮށް ވެމްކޯގެ މުވައްޒަފުންނަށް ނެގޭގޮތް ހަދައިދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މި ބަދަލަކީ ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވަމުންދާތީ ހިދުމަތްތައް އިތުރަށް ފުޅާކޮށް، މަސައްކަތްތައް ރުކުރުވާލުމަށް ގެންނަ ބަދަލެއް ކަމަށް ވެމްކޯއިން ބުންޏެވެ.

މިހާރު ވެމްކޯއިން ހުޅުމާލޭގެ ގެތަކުން ކުނި ނަގަމުން އަންނަނީ ރޭގަނޑު 8-11 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތް ދޭނީ އެ ކުންފުނީގައި ރަޖިސްޓްރީކޮށް، ބިލު ދައްކާ ގެތަކަށެވެ. އެހެންވެ، ހުރިހާ ގެއަކުން ވެސް ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އެދެ އެވެ.

ކުނި ނެގުމުގެ ހިދުމަތަށް ވެމްކޯގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.