06 ޑިސެމްބަރ 2021
ސަރުކާރުގެ ބީލަންތައް ހުށަހަޅަން ފިނޭންސް މިނިސްޓްރީން "ބީލަން" ޕޯޓަލް ލޯންޗުކޮށްފި އެވެ.
ސަރުކާރުގެ ބީލަންތައް ހުށަހަޅަން ފިނޭންސް މިނިސްޓްރީން "ބީލަން" ޕޯޓަލް ލޯންޗުކޮށްފި އެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
މީގެ ފަހުން ބިޑް ހުށަހަޅަން ޖެހޭނީ މި ޕޯޓަލް މެދުވެރިކޮށެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އެއް ތަނަކަށް ހާޒިރުވެ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެ ބޮޑަށް ފެނުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދި، ބީލަން ހުށަހަޅާ މީހުންނާއި ދައުލަތުގެ އޮފީސްތަކުން އޭރު އެދުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖައްސާ އިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގްސަދު ހާސިލްވާނޭހެން އަދި ފަސޭހަ ގޮތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މަގު ތަނަވަސްކުރަން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީ އުފައްދައި މަސައްކަތް ވާނީ ފުޅާ ކޮށްފައި. ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާ ބޮޑެތި ބާރުތަކެއް ވާނީ ދީފައި. އެއާ އެކު މިއަދު އެ ކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި އެ ހުށަހެޅިފައިވާ މައްސަލަތައް ބަލައި ފިޔަވަޅުދަނީ އަޅަމުން،" އޭނާ ވިދާޅުވި އެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް މި ޕޯޓަލްގައި ހިފެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އެހެން ގައުމުތަކުގެ ކޮންޓްރެކްޓަރުންނަށް ވެސް ބިޑް ހުށަހެޅޭނެ އެވެ. އަދި ފައިސާ ހޯދަން ހުށަހަޅާ ބިލްތައް ވެސް މި ޕޯޓަލްގައި ޓްރެކް ވެސް ކުރެވޭނެ އެވެ.
މަޝްރޫއުތައް ހިންގަން 8.4 ބިލިއަން ރުފިޔާގެ ބަޖެޓެއް
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
މަޝްރޫއުތައް ހިންގުމުގައި ރާއްޖެއަކީ ނަމޫނާއެއް: އޯޕެކް
ކައުންސިލްތަކުން އިސްކަންދޭންވީ އިންވެސްޓްކުރަން: އަމީރު
2020 ގެ ބަޖެޓު އިސްކަންދެނީ ރައްޔިތުންނަށް: ރައީސް
ބޮސްކާލިސް، އިހުތިޔާރުކުރީ ނެދަލެންޑްސްގެ ލޯނެއް ނަގާތީ
އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ލޯނު
1 ބިލިއަންގެ 42 މަޝްރޫއު ވަނީ ނިމިފައި: އަމީރު
ފުރަތަމަ އަހަރު އެންމެ ގިނަ މަޝްރޫއު ފެށީ މިސަރުކާރު