29 ޑިސެމްބަރ 2021
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އުފައްދާފައިވާ ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރުމުގެ ގަވައިދު އާންމުކޮށް، އިއްޔެ އަމަލުކުރަން ފަށައިފި އެވެ.
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އުފައްދާފައިވާ ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރުމުގެ ގަވައިދު އާންމުކޮށް، އިއްޔެ އަމަލުކުރަން ފަށައިފި އެވެ.
ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތައް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އަމަލުކުރަން ފެށި، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތަކާ ގުޅޭ މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ވަނީ ތަހުގީގީ މަރުހަލާގައި އެ އޮފީހަށް ލިބޭ ބާރުތައް ބަޔާންކޮށްފަ އެވެ.
އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ އިތުރުން، އެ އޮފީހުން އަމިއްލަ އަށް ބޭނުންވެގެން ވެސް މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ވަނީ ދީފަ އެވެ.
- ތަހުގީގުކުރާ މައްސަލައާ ގުޅިގެން މީހުންނާއި ފަރާތްތައް ހާޒިރުކުރުމާއި އެ މީހުންގެ ބަޔާން ނެގުމާއި އަދި ހެކީންގެ ހެކިބަސް ހޯދުން.
- ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހިއްސާކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމާއި އިދާރާތަކާއި މުއައްސަސާތަކަށް ގޮސް ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުން.
- ތަހުގީގާ ގުޅިގެން ބަލަން ޖެހޭ އެންމެހައި ލިޔެކިއުމާއި ރިކޯޑުތަކާއި ފޮތްތަކާއި ޚަރަދުތަކާއި އިމާރާތާއި އުޅަނދުފަހަރާއި މުދަލާއި އެހެނިހެން ތަކެއްޗާއި އެ ތަކެތި ބަހައްޓައިފައިވާ ތަންތަން ބެލުމާއި އަދި ބޭނުންވާ ލިޔެކިއުން ނަކަލުކުރުން.
- ތަހުގީގުން ފާހަގަވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް، ނުވަތަ ވަކިކަމެއް އިސްހާލު ކުރުމަށް އެންގުން.
- ތަހުގީގުކުރާ މައްސަލައާ ގުޅިގެން ލިޔުމުން މައުލޫމާތު ދިނުމަށް އެންގުމާއި ކަމެއް ހިނގައިފައިވާ ގޮތާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އެންގުން.
- މިހާރު އަމަލުކުރަމުން ގެންދާ އުސޫލަކަށް ބަދަލު ގެނައުމާއި ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލު ގެނައުމަށް ލަފާދިނުމާއި ވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދުމާއި މުވައްޒަފުންގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދުމާއި އަދި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުން.
އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި ތަހުގީގަށް ހެއްކާއި ގަރީނާ ހޯދުމުގައި ބަލަންޖެހޭ ކަންކަމާއި މީހުން ހާޒިރުކުރުމައި އަމަލުކުރަން ޖެހޭ ގޮތް މި ގަވާއިދުގައިވެ އެވެ. އަދި މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ހައްގުތަކާއި ހާއްސަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ އުސޫލާއި އަދިވެސް ތަހުގީގާ ގުޅޭ ވަރަށް ގިނަ ކަންކަން ބަޔާންކޮށްފައިވެ އެވެ.
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއްދީ، ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ މަގާމު އުފެއްދީ އޮކްޓޯބަރު 2019 ގަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ، ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ނިއުމާތު ޝަފީގެވެ.
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި މާހައުލެއް ނޫން
އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރައްވައިފި
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"
ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން
ދަރިން ހަރުދަނާކުރަން ކުރެވިދާނެ ބައެއް ކަންކަން
އަނިޔާކުރި މެއިޑް ބުނަނީ އޭނާއަށް ވެސް އަނިޔާކުރާކަމަށް