ހެލްތު ސޭފްޓީ އަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެމްޕީއެލް އިން ބޭއްވި ޕޯޓް ސޭފްޓީ ވީކް ރަންގެ އެއްވަނަ، ދިގު ދުވުންތަކަށް ހާއްސަ ދުވުންތެރިޔާ ހުސައިން ރިޒާ (ކުޑަ ރިޒާ) ހޯދައިފި އެވެ.
ހެލްތު ސޭފްޓީ އަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެމްޕީއެލް އިން ބޭއްވި ޕޯޓް ސޭފްޓީ ވީކް ރަންގެ އެއްވަނަ، ދިގު ދުވުންތަކަށް ހާއްސަ ދުވުންތެރިޔާ ހުސައިން ރިޒާ (ކުޑަ ރިޒާ) ހޯދައިފި އެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ބޭއްވި ދުވުމުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އައިޝަތު ޝަމްހާ ޝަރީފެވެ.
އެމްޕީއެލްގެ ޗެއާމަން ޝަރީފް (ކ) ޝަމްހާ އަށް އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ އެމްޕީއެލް ސަރަހައްދުން ފެށި ދުވުމުގެ ދިގުމިނަކީ ފަސް ކިލޯ މީޓަރެވެ. މި ދުވުމަށް ރަޖިސްޓްރީ ވާން ހުޅުވާލުމުން ޕްރޮފެޝަނަލް ބައެއް އެހެން އެތުލީޓުން ވެސް ވާދަކޮށްފައިވެ އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު (ކ)، ރިޒާ އަށް އިނާމު ހަވާލުކޮށްދެއް ވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޒާ ވަނީ ޑިސެމްބަރުގައި ބޭއްވި އެތުލެޓިކްސް ގްރޯން ޕްރީ އަދި ނޮވެމްބަރުގައި ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ 1،500 މީޓަރު ދުވުމުން އެއްވަނަ ހޯދައިފަ އެވެ.
ސާއިދު ސްޕޯޓްސް އެެކެޑަމީގައި ޓްރޭނިން ހަދަމުން އަންނަ ޝަމްހާ ވަނީ ގްރޯން ޕްރީގެ 800 މީޓަރުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އެމްޕީއެލް ޕޯޓް ސޭފްޓީ ރަންގައި ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އަފާގެ ކާމިޔާބީ އެމްޕީއެލް އިން ފާހަގަކޮށްފި
ރޯދަ މަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރު
ކުޑަހުވަދޫގައި ޕޯޓެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން
އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓު ހޮވައިފި
އެމްޕީއެލްއަށް ބިޒްނަސްް އެކްސެލަންސް ދެ އެވޯޑެއް
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ