މެންޗެސްޓާ ސިޓީ އަށް ކުޅޭ ޕޯޗްގަލްގެ ފުޓްބޯޅަ ތަރި، ޖޮއާ ކެންސެލޯ އަށް ވަގުންތަކެއް ބުރާސްފަތި ދުވަހު ހަމަލާދީ އޭނާގެ ގެއިން ވައްކަންކޮށްފި އެވެ.
02 ޖެނުއަރީ 2022
މެންޗެސްޓާ ސިޓީ އަށް ކުޅޭ ޕޯޗްގަލްގެ ފުޓްބޯޅަ ތަރި، ޖޮއާ ކެންސެލޯ އަށް ވަގުންތަކެއް ބުރާސްފަތި ދުވަހު ހަމަލާދީ އޭނާގެ ގެއިން ވައްކަންކޮށްފި އެވެ.
މި ވާހަކަ އޭނާ އިންސްޓަގްރާމް ސްޓޯރީގައި ހުކުރު ދުވަހު ޕޯސްޓްކުރީ ގެއަށް ވަން ހަތަރު ވަގުންނާ މެދު ހިނގި ކުރިމަތިލުމުގައި މޫނުގެ ކަނާތް ފަރާތަށް ލިބިފައި ހުރި ޒަހަމްތައް ފެންނަ ފޮޓޯއަކާ ވެސް އެކީގަ އެވެ. އެއިން ފެންނަ ގޮތުގައި ކުޅުންތެރިޔާ ކަނާތު ލޮލާއި ދަތްދޮޅިއާ ދިމާލުން ވެސް ޒަހަމްވެފައިވެ އެވެ.
ކެންސެލޯ ބުނި ގޮތުގައި ހަތަރު ވަގުން ގެއަށް ވަދެ ހަމަނުޖެހުން ހިންގި ނަމަވެސް އެ ހާދިސާގައި އާއިލާގެ އިތުރު އެއްވެސް ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ގޭގައި ރައްކާކޮށްފައި ހުރި ގަހަނާކޮޅު ވަގުން ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ކެންސެލޯގެ އިންސްޓަގްރާމް ޕޯސްޓްގެ ސްކްރީންޝޮޓެއް.
މި ހާދިސާ ގުޅިގެން މެންޗެސްޓާ ސިޓީން ވެސް ކަންބޮޑުވުން ފާޅުކޮށް، އެ ޓީމުން ބުނީ ކެންސެލޯ އާއި އޭނާގެ އާއިލާ އަށް ކުލަބުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ. އެ ހާދިސާ މިހާރު ފުލުހުން ވެސް އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކެންސެލޯ، 27، މެންޗެސްޓާ ސިޓީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޔުވެންޓަސް ދޫކޮށް އެ ޓީމާ އޭނާ ގުޅުނީ 71 މިލިއަން ޑޮލަރުގެ ފީއަކަށެވެ.
ޔޫކޭގައި ވަގަށްނެގި ރަން ފާހާނާތަށި ނުފެނުނު
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ކުޅުންތެރިންތަކަކަށް ފުރައްސާރަކުރި ސަޕޯޓަރަކު ޖަލަށް
ކުޅިވަރުގެ ތެރެއަށް ވައްދަންވީ ކުޑައިރު: ލަމްޕާޑް
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޔުނައިޓެޑްގެ ހާލަތު ފެނިފައި ދެރަވެސް ވޭ: ރޮނާލްޑޯ
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!