އދ.ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރަށް އިންތިހާބުކުރި ފަސް މެމްބަރު ގައުމާ އެކު، އާ ދައުރުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރަށް އިންތިހާބުކުރި ފަސް މެމްބަރު ގައުމާ އެކު، އާ ދައުރުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ސަލާމަތީ މަޖިލީހުގެ 2022، 2023 ވަނަ އަހަރުގެ ދައުރަށް މިދިޔަ އަހަރުގެ ޖޫން މަހު އިންތިހާބުކުރި ގައުމުތަކަކީ، އެމިރޭޓްސް، އަލްބޭނިޔާ، ބްރެޒިލް، ގެބޯން އަދި ގާނާ އެވެ. އިއްޔެ ފެށި ދެ އަހަރުގެ ދައުރަށް މި ފަސް ގައުމު އިންތިހާބުވީ، ވޯޓުގައި ބައިވެރިވި އެއްވެސް ގައުމެއްގެ ދެކޮޅު ހެދުމެއް ނެތި އެވެ.
މި ފަސް ގައުމުގެ ތެރެއިން އެމިރޭޓްސް ވަނީ 1986، 1987 ގައި ވެސް ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކޮށްފަ އެވެ. ބްރެޒިލް ވަނީ މީގެ ކުރިން 10 ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ. އަދި ގެބޯން އާއި ގާނާ ވަނީ ތިން ފަހަރެއްގެ މަތިން މެމްބަރުކަން ކޮށްފަ އެވެ. ނަމަވެސް އަލްބޭނިޔާ ސަލާމަތީ މަޖިލީހަށް އިންތިހާބުވި މިއީ ފުރަތަމަ ފަހަރެވެ.
* އެމިރޭޓްސް
* އަލްބޭނިޔާ
* ބްރެޒިލް
* ގެބޯން
* ގާނާ
ސަލާމަތީ މަޖިލީހުގެ އާ ދައުރު ފެށުމާ ދިމާކޮށް، މިދިޔަ ހަފުތާގައި އެމިރޭޓްސް އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ސަލާމަތީ މަޖިލީހުގައި އެ ގައުމުން އެންމެ ބޮޑު އިސްކަމެއް ދޭނީ މޫސުމީ ބަދަލުތަކަށާއި ބައިނަލްއަގުވާމީ ސިއްހީ މައްސަލަތަކަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކޮށްގެން ނޫނީ، މި ދެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތައް ހުރަސް ނުކުރެވޭނެ ކަމަށް ވެސް އެމިރޭޓްސްގެ ޓުވީޓްގައި ބުނެފައިވެ އެވެ.
އދ. މަޖިލީހުގައި 2003 ވަނަ އަހަރުން ފެށިގެން، އެމިރޭޓްސް ތަމްސީލް ކުރަމުން އައީ، ލާނާ ނުސައިބާ އެވެ. މިދިޔަ އަންގާރަ ދުވަހު އެމިރޭޓްސް އިން ވަނީ، ލާނާގެ މަގާމު ވަޒީރެއްގެ ފެންވަރަށް މަތިކޮށްފަ އެވެ. ލާނާ ވިދާޅުވި ގޮތުގައި ހަނަފަސްކަމާއި ހޫނު ގަދަވުމުގެ ސަބަބުން ހަރުކަށިކަމަށާއި ހަމަނުޖެހުންތަކަށް މަގުފަހިވާ ކަމުގެ ހެކި ހުރި ސަލާމަތީ މަޖިލީހުން ކަމަށް ގަބޫލުކުރާ ނަމަ، މޫސުމީ ބަދަލުތަކަކީ ބައިނަލްއަގުވާމީ ސުލްހައަށާއި ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް، ސަލާމަތީ މަޖިލީހުން ގަބޫލުކުރަންޖެހެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ޖުމްލަ 15 މެމްބަރުން ތިބޭ އިރު، އޭގެ ތެރެއިން ފަސް މެންބަރުންނަކީ ދާއިމީ މެމްބަރުންނެވެ. އަނެއް 10 މެމްބަރުންނަކީ ކޮންމެ ދެ އަހަރަކުން ދައުރު ބަދަލުވާ ގޮތަށް އިންތިހާބުކުރާ 10 މެމްބަރު ގައުމެވެ.
ސަލާމަތީ މަޖިލީހުގައި ޖުމްލަ 15 މެމްބަރުން ތިބި ނަމަވެސް، އޭގެ ތެރެއިން މުޅި މަޖިލިސް ކޮންޓްރޯލް ކުރަނީ ފަސް ގައުމެކެވެ. އެއީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ މެމްބަރުންގެ ގޮތުގައި ހިމެނޭ، އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ.ގައި ޖާގައެއް ނެތް
ތައިވާނަށް އދ.ގެ މެމްބަރުކަން ލިބޭނެ ދުވަހެއް ނޭނގެ
އެންމެ ފަސް ގައުމަށް ވުރެ ދުނިޔެ މާ ބޮޑު: އުރުދުޣާން
ސެކިއުރިޓީކައުންސިލަށް އިންޑިއާ ގެންނަން ރާއްޖޭގެ ތާއީދު
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
"ވޯޓުން އެނގުނީ ކަންކަން އިސްލާހު ކުރަންޖެހޭ ކަން"
ރާއްޖެއަށް ގޮނޑި ހޯދައިދޭން އިންޑިއާ އެހީވި: ސަފީރު
ވޯޓު ކާމިޔާބުނުވީ ދުނިޔެއާ ގުޅުން ކެނޑުމުން: އެމްޑީޕީ
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން