ޓޯކިޔޯ (ޖެނުއަރީ 12) - ޖަޕާނުގެ 54 އަހަރުގެ ފޯވާޑް ކަޒުޔޯޝީ މިއުރާ، ފުޓްބޯޅަ ކެރިއާގެ 37 ވަނަ ސީޒަން ކުޅުމަށްޓަކައި، އޭނާގެ ބޭބެ، ޔަޝޫޓޮށީ ކޯޗުކޮށްދޭ ކްލަބް، ޔުޒުކާ ޕޮއިންޓް ގެޓާސް އަށް ސޮއިކޮށްފި އެވެ.
ޓޯކިޔޯ (ޖެނުއަރީ 12) - ޖަޕާނުގެ 54 އަހަރުގެ ފޯވާޑް ކަޒުޔޯޝީ މިއުރާ، ފުޓްބޯޅަ ކެރިއާގެ 37 ވަނަ ސީޒަން ކުޅުމަށްޓަކައި، އޭނާގެ ބޭބެ، ޔަޝޫޓޮށީ ކޯޗުކޮށްދޭ ކްލަބް، ޔުޒުކާ ޕޮއިންޓް ގެޓާސް އަށް ސޮއިކޮށްފި އެވެ.
ޖަޕާންގެ ހަތަރުވަނަ ޑިވިޝަންގެ ކްލަބަށް، ސޮއިކުރަން، ކަޒުޔޯޝީ ނިންމީ، އޭނާ ކުރިން ކުޅުނު، ޔޮކަހާމާ ޖަޕާންގެ ލީގު ސިސްޓަމުން ރެލިގޭޓް ވުމުންނެވެ.
ޖަޕާނުގައި "ކިންގް ކަޒޫ" ގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިޔާ އަކީ، ޖާޕާނުގެ ޓޮޕް ލީގު، ޖޭ ލީގަށް ވުރެ ކަޒުޔޯޝީގެ ކެރިއާގެ އުމުރު މައްޗެވެ. ޖޭ ލީގު 1993 ގައި ތައާރަފް ކުރަން ވެގެން ޖެހި ޕޯސްޓަރެއްގައި ކަޒުޔޯޝީގެ ފޮޓޯ ޖަހައިގެން ޕްރަމޯޓްކޮށްފައިވެ އެވެ.
ޖޭ ލީގު އެންމެ ފުރަތަމަ ދެ އަހަރު ކާމިޔާބުކުރި، ވާޑީ ކަވަސާކީ އަށް، ޗެމްޕިއަންކަން ހޯދައިދިނުމުގައި ކަޒުޔޯޝީގެ ހިއްސާ ބޮޑެވެ. ޖަޕާނުގެ އިތުރުން އޭނާ ވަނީ، ބްރެޒިލް، އިޓަލީ، ކްރޮއޭޝިއާ އަދި އޮސްޓްރޭލިއާގެ ޓޮޕް ޑިިވިޝަންގައި ކުޅެފަ އެވެ.
އަންނަ މަހު 55 އަހަރު ފުރޭ، ކަޒުޔޯޝީ އަކީ ޖޭ ލީގުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. ޖޭ ލީގުގެ އުރަވާ ރެޑްސްއަށް މިދިޔަ އަހަރު މާޗު މަހު އޭނާ ކުޅުނު އިރު އުމުރަކީ 54 އަހަރާއި 12 ދުވަހެވެ.
ޖަޕާންގެ ލީގު ސިސްޓަމްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަކީ ވެސް އޭނާ އެވެ. ޖާޕާނުގެ ދެވަނަ ޑިވިޝަންގައި އޭނާ ވަނީ މާޗް 2017 ގައި ލަނޑު ޖަހައިފަ އެވެ.
ޖާޕާނުގެ ގައުމީ ޓީމަށް 89 މެޗުގައި ކަޒުޔޯޝީ ވަނީ ކުޅެފަ އެވެ. ގައުމީ ޓީމަށް 55 ލަނޑު ޖަހައިދިނެވެ. އޭޝިއަން ކަޕް ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޖަޕާނުގެ ޓީމުގައި ކަޒުޔޯޝީ މޮޅު ކުޅުމެއް ދެއްކި އެވެ.
ޖަޕާން ހިތްދަތިކޮށްލުމަށް ފަހު ކްރޮއޭޝިއާ ކުއާޓާ އަށް
ކޮސްޓަރިކާ މޮޅުވުމުން ގުރޫޕް އިތުރަށް ފޯރިގަދަވެއްޖެ
ޖަރުމަނު އަތްދަށުލައި ޖަޕާނުން ގަދަ ވެއްޖެ
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ފޯމުގައި ހުރި އެންޓޮނީއަށް ރަތް ކާޑާއެކު މަޑުޖެހުމެއް
ޖަރުމަނުގެ އޮޒިލް ތުރުކީގެ ރައީސާއެކު ސިޔާސީ ދަނޑަށް