އިޓަލީގެ ޓްރެވަލް އޭޖެންޓުންގެ ތެރޭގައި ހިމެނޭ އެންމެ މަގްބޫލު އެއް ކުންފުނި، ސްޕޯޓިން ވަކަންޒޭއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ހާއްސަ ކެމްޕެއިނެއް އެމްއެމްޕީއާރްސީން ފަށައިފި އެވެ.
12 ޖެނުއަރީ 2022
އިޓަލީގެ ޓްރެވަލް އޭޖެންޓުންގެ ތެރޭގައި ހިމެނޭ އެންމެ މަގްބޫލު އެއް ކުންފުނި، ސްޕޯޓިން ވަކަންޒޭއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ހާއްސަ ކެމްޕެއިނެއް އެމްއެމްޕީއާރްސީން ފަށައިފި އެވެ.
އެމްއެމްޕީއާރްސީން ބުނީ މި ކެމްޕެއިންގެ ތެރެއިން ވެބް މާކެޓިން އާއި ސޯޝަލް މީޑިއާ އަދި ޕްރިންޓް އެޑްވަޓައިޒިން ބޭނުން ކޮށްގެން ހަކަރާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ޓޫރިޒަމްގެ އެކި ސެގްމަންޓްތަކުގެ ކެމްޕެއިންތައް ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ހަނީމޫންތަކާއި ވެލްނެސް، ލަގްޒަރީ އަދި ޑައިވް ކުރުމާ ގުޅޭ ގޮތުން އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އިޓަލީގެ އެންމެ މަޝްހޫރު ވެބްސައިޓްތަކުގައި ވެސް ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
ކޮވިޑްގެ ކުރިން އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން 2019 ވަނަ އަހަރު 130،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު އެ ގައުމުން އައިސްފައި ވަނީ 27،000 ޓޫރިސްޓުންނެވެ.
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި