ސްރީ ލަންކާގެ ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭން ބޭނުންކުރާ އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް، ސަރުކާރުގެ އެންގުމަކާ ގުޅިގެން ސްކޫލްތަކުން ބޭރުކޮށްފި އެވެ.
ސްރީ ލަންކާގެ ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭން ބޭނުންކުރާ އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް، ސަރުކާރުގެ އެންގުމަކާ ގުޅިގެން ސްކޫލްތަކުން ބޭރުކޮށްފި އެވެ.
ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އިއުލާން ކުރައްވާފައިވާ "އެއް ގައުމު، އެއް ގާނޫނު" ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްގެ މެމްބަރުންގެ އެންގުމަކަށް އެ ފޮތްތައް ސްކޫލްތަކުން ބޭރުކުރީ، އެ ފޮތްތަކުގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ވާހަކަތައް ހުރިކަމަށް ބުނެ އެވެ. ސްކޫލްތަކުގައި ބޭނުންކުރުން މަނާކުރީ ގްރޭޑް 6، 7، 10 އަދި 11ގެ އިސްލާމް ފޮތްތަކެވެ.
ލަންކާގައި ތަމަޅަ ބަހުންނާއި ސިންގަޅަ ބަހުން ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް މިހާރު އަންގާފައިވަނީ، އެ ގްރޭޑްތަކުގެ އިސްލާމް ފޮތްތައް އަލުން އިސްލާހުކޮށްގެން ނެރުމުގެ ކުރިން، މިހާރު ހުރި އެ ގްރޭޑްތަކުގެ ފޮތްތައް ކިޔަވައިދިނުމުގައި ބޭނުން ނުކުރުމަށެވެ.
އެޑިޔުކޭޝަނަލް ޕަބްލިކޭޝަން ޑިޕާޓްމަންޓްގެ ކޮމިޝަނާ ޖެނެރަލް ޕީ އެން އިއްލައްޕެރޫމާ ވިދާޅުވި ގޮތުގައި، ރިއާސީ ޓާސްކް ފޯސް އިން އޭނާއަށް އަންގާފައިވާ ގޮތުގައި އެ ފޮތްތަކުގައި ހަރުކަށި ފިކުރަށް މަގުފަހިކުރާ ވާހަކަތަކެއް އެބަހުއްޓެވެ. އެހެންކަމުން އެ ވާހަކަތައް ބަދަލުކުރުމަށް ފަހުގައި ނޫނީ އެ ފޮތްތަކުން ކިޔަވައިނުދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގްރޭޑްތަކުގެ އިސްލާމް ފޮތްތަކަށް މާ ބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ހުރި ކަންބޮޑުވުންތައް ހައްލުކުރެވޭ ގޮތަށް ފޮތްތައް އިސްލާހް ކުރުމަށް ފަހުގައި ވަރަށް އަވަހަށް އާ ފޮތްތައް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްދުފަހަނައެޅުމާއި ދީނީ ހަރުކަށި ވިސްނުމަށް މަގުފަހިވާ ވާހަކަތައް ހުންނަ ނަމަ، ފޮތްތަކަށް އެ ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފޮތްތަކުގައި ހުރި ކަންބޮޑުވާ ވާހަކަތައް ބެލުމަށް ސަރުކާރުން މީގެ ކުރިން ވަނީ މުރާޖައާ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެއްވެސް މުސްލިމަކު ނުހިމެނޭ އެ ކޮމިޓީން ފޮތްތައް ބަލައި މުރާޖައާ ކުރުމަށް ފަހު އެކުލަވައިލި ރިޕޯޓް ވަނީ، ސްކޫލް ފޮތްތައް އެކުލަވައިލުމާ ބެހޭ އިދާރާގެ އިސްލާމް މާއްދާއާ ބެހޭ ބައިގެ ވެރިންނަށް ފޮނުވައިފަ އެވެ.
ލަންކާގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތްތަކުގައި ހުންނަ ވާހަކަތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ފަށާފައިވަނީ، އެޕްރީލް 21، 2019 ގައި ލަންކާގެ ކްރިސްޓިއަން ފައްޅިތަކަކަށާއި ބައިނަލްއަގުވާމީ ޓޫރިސްޓު ހޮޓަތަކަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ފަހުންނެވެ. އެ ހަމަލާ ދީފައިވަނީ ލަންކާގައި އިސްލާމީ ހަރުކަށި ފިކުރު ހިންގާ ގްރޫޕެއްގެ ބައެކެވެ.
ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް ބުނާ އަމީން
ހަރުކަށިކަން އިސް ނުކުރަން ރައީސް އިލްތިމާސްކުރައްވައިފި
އިސްލާމް ދީނަށް ފުރައްސާރަކުރި ލަންކާގެ ހާމުދުރު ޖަލަށް
ލަންކާ/މެލޭޝިއާގައި ދިވެއްސާއި އިސްލާމް އަލުން ފަށަނީ
އަމިއްލައަށް އުނގެނި ދަސްކުރުމަށް އިސްލާމްދީން ބާރުއަޅާ
އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: މުއިއްޒު
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ