މެންޗެސްޓާ (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާނެގޮތެއް ބުނުމަކީ ފަސޭހަކަމެއް ނޫން ކަަމަށާއި މިއީ ގޮތް ނޭނގޭ ލީގެއް ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާނެގޮތެއް ބުނުމަކީ ފަސޭހަކަމެއް ނޫން ކަަމަށާއި މިއީ ގޮތް ނޭނގޭ ލީގެއް ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް އަތުން މޮޅުވިއިރު، ބުދަ ދުވަހުގެރޭ ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މިރޭ ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.
ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ. މޮރީނިއޯ ބުނީ ލީގުގެ މަގާމުތަކާ ގުޅޭގޮތުން އަދި ވާހަކަ ދެއްކުމަކީ ބުއްދިވެރިގޮތެއް ނޫން ކަމަށެވެ.
"ސީޒަނުގެ ދެ ބައިކުޅަ އެއްބައި ވެސް އަދި ނުނިމޭ. މި ލީގުގެ ފެންވަރާ ގުޅޭގޮތުން ސުވާލު އުފެއްދޭކަށް ނެތް. އެންމެ ލަނޑަކުން ލީގު ގެއްލިފައި އެބަހުރި. އެންމެ ބައްޔަކުން ޓީމުތަކުގެ ފޯމު އެބަގެއްލޭ. އެހެންވުމުން ވަކި ފަސޭހަ މެޗެއް ނެތްކަން އެބަ އެނގޭ. މިއީ ގޮތް ނޭނގޭ ލީގެއް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން އިބްރަހިމޮވިޗް (ފޮޓޯ).-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑް މި ސީޒަނުގައި މޮޅުވި ގިނަ މެޗުތަކުގައި ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ވަނީ ލަނޑު ޖަހައިފަ އެވެ. އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި ޔުނައިޓެޑް ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗުގައި ކުޅެފަ އެވެ. އިބްރަހިމޮވިޗް ނުކުޅެނީ ކާޑު ހަމަވުމުގެ ސަބަބުން އާސެނަލް މެޗެވެ.
މޮރީނިއޯ ބުނީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޔުނައިޓެޑަށް އިބްރަހިމޮވިޗްގެ މުހިއްމުކަން ބޮޑުވެފައިވުމުން އޭނާ އަށް އަރާމްކުރުމުގެ ފުރުސަތެއް ދެވެން ނެތުން ކަމަަށެވެ.
"މިހާރު އިބްރަހިމޮވިޗް ހުރި ފޯމުގައި ހުއްޓައި އޭނާ ބަދަލުކުރެވޭކަށެއް ނެތް. އެއީ ޓީމު މޮޅުވާން އެބަޖެހޭ ޕްރެޝަރަށް ވެއްޓުމުގެ ކުރިން. އެކަމަކު ބޭނުމެއް ނުވޭ ހުރިހާ މެޗެއް ކުޅުވައިގެން އިބްރަހިމޮވިޗް މުހިއްމު ދަނޑިވަޅުގައި އަނިޔާގެ ސަބަބުން ގެއްލޭކަށް ވެސް. އޭނާ އަށް ރެސްޓް ދޭން ބޭނުން. އެކަމަކު އަދި އެ ފަދަ ވަގުތެއް ނުލިބޭ،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާއި ވެސްޓް ބްރޮމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.
އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރާނެ: މޮރީނިއޯ
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ
"ޓޮޓެންހަމަށް ޔުނައިޓެޑް ފަަހަތަށް ޖައްސައިލެވިދާނެ"
މޮރީނިއޯ ޔުނައިޓެޑްގައި ހުރީ އުފަލުން: އޭޖެންޓް
ގަދަ ހަތަރަކާ މެދު މޮރީނިއޯގެ ރާގު ބަދަލުވެއްޖެ
ސިޓީއާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނަން: މޮރީނިއޯ
"ލީގަށް ވާދަކުރުމުގެ ވާހަކަ ދައްކާ ވަގުތު ނުޖެހޭ"
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، މޮރީނިއޯ ހާހެއް ނުވޭ
މެޗުން ބަލިވުމުން މޮރީނިއޯގެ ފާޑުކިޔުން މީޑިއާ އަށް
މީޑިއާގެ ސުވާލުތަކަށް މޮރީނިއޯ ދިނީ ނުސީދާ ޖަވާބުތަކެއް