ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
31 ޖެނުއަރީ 2022
ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެތަނުން ބުނީ ހަވާއެރުވުން އޮންނާނީ މިރޭ 11:45 ގައި ފޭސް ދޭއްގައި ކަމަށެވެ. ހަވާ އެރުވުމުގެ މި އިވެންޓަކީ އަމިއްލަ ފަރާތެއްގެ އެދުމަކަށް ބާއްވަން ހަމަޖެހިފައިވާ ހަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޖަނަވަރީ 31 ވަނަ ދުވަހުގެރޭ (މިރޭ) 23:45 ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
— Maldives National Defence Force (@MNDF_Official) January 31, 2022
މީގެ ކުރިން ވެސް އަމިއްލަ ފަރާތްތަކުން އެދިގެން އެކިއެކި އިވެންޓްތަކުގައި ސިފައިން ހަވާ އަރުވައި ދީފައިވެ އެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް އެކިއެކި ހާއްސަ މުނާސަބުތަކާއި ހާއްސަ އިވެންޓްތަކާ ގުޅުވައިގެން ހަވާ އެރުވުމަކީ އާންމު ކަމެކެވެ. އެންމެ ފަހުން މާލެ ސަރަހައްދުގައި ހަވާ އެރުވުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔައީ މި އަހަރުގެ އާ އަހަރު ފާހަގަކުރުމާ ދިމާކޮށެވެ.
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެއްޖެެ
ފަހި ފްލެޓްގައި ރެނދު، ބުނީ ނުރައްކަލެއް ނެތް ކަމަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ވަކިވުމުގެ އުފަލުގައި ހުޅުދޫ/މީދޫގައި ހަވާ އަރުވަނީ
ފްލެޓްގައި ރޯވީ އެކްޒޯސްޓަކުން ކަރަންޓް ޝޯޓުވެގެން
ހުޅުމާލެ ޗެނަލް ޕާކަށް ނުވަދެވޭ ގޮތަށް ބޮއި އަޅައިފި
ފްލެޓްތައް ކައިރީ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި
ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
ޑްރޯން ޝޯ 9:20 އަށް، ހަވާ އެރުވުން 9:40 ގައި
މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އަރުވާނެ