Roadha Mihaaru
ގޯސްޓް ބަސްޓާސް ޑައިރެކްޓަރު އައިވަން މަރުވެއްޖެ

ގޯސްޓް ބަސްޓާސްގެ ޑައިރެކްޓަރު އައިވަން މަރުވެއްޖެ

15 ފެބުރުއަރީ 2022

މިހާރު ވެސް ވަރަށް މަޝްހޫރު 80ގެ އަހަރުތަކުގައި ގެނެސްދިން ހޮލީވުޑްގެ ބޮޑު ފްރެންޗައިޒް ފިލްމު ސީރީޒް "ގޯސްޓް ބަސްޓާސް"ގެ ޑައިރެކްޓަރު އައިވަން ރީޓްމަން އިއްޔެ މަރުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މިހާރު ވެސް ވަރަށް މަޝްހޫރު 80ގެ އަހަރުތަކުގައި ގެނެސްދިން ހޮލީވުޑްގެ ބޮޑު ފްރެންޗައިޒް ފިލްމު ސީރީޒް "ގޯސްޓް ބަސްޓާސް"ގެ ޑައިރެކްޓަރު އައިވަން ރީޓްމަން އިއްޔެ މަރުވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި ރީޓްމަން މަރުވެފައިވާ ކަން އެނގުނީ އޭނާ ނިދާފައި އޮއްވާ ނުހޭލައިގެން ބެލުމުންނެވެ. އޭނާ މަރުވި އިރު އޮތީ އޭނާ ދިރިއުޅޭ ކެލިފޯނިއާގެ މޮންޓެސީތޯގެ ގޭގަ އެވެ. ނަމަވެސް އޭނާ މަރުވުމަށް މެދުވެރިވި ސީދާ ސަބަބެއް އާއިލާއިން ހާމަކޮށްފައެއް ނުވެ އެވެ.

ސުޕަނެޗުރަލް ފިލްމު ސީރީޒް "ގޯސްޓް ބަސްޓާސް" އިން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އައިވަން ވަނީ 70 އާއި 80ގެ އަހަރުތަކުގައި ވަރަށް ހިޓުވި ގިނަ ފިލްމުތައް ރިލީޒްކޮށްފަ އެވެ. އޭގެ ތެރޭގައި ބިރުވެރި ފިލްމުތަކާއި ކޮމެޑީ ފިލްމުތައް ވެސް ހިމެނެ އެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިިންނާ އެކު ވެސް އޭނާ މަސައްކަތް ކުރި އެވެ.

އައިވަންގެ "ގޯސްޓް ބަސްޓާސް" ފްރެންޒައިޒް އަކީ އަދި ވެސް ހޮލީވުޑްގައި ބާރު އޮތް ފްރެންޗައިޒެކެވެ. އެ ފްރެންޗައިޒްގެ ސީކުއެލް "ގޯސްޓް ބަސްޓާސް: އާފްޓާ ލައިފް" ވަނީ މިދިޔަ އަހަރު އުފައްދައިފަ އެވެ. އެ ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އައިވަންގެ ދަރިފުޅު ޖޭސަން އެވެ.