Roadha Mihaaru
ލަންކާގެ ޑިފެންޑަރު ޑަކްސަން މަރުވެފައި އޮއްވާ ފެނިއްޖެ

ރާއްޖޭގައި ކުޅޭ ލަންކާގެ ޑިފެންޑަރު ޑަކްސަން މަރުވެފައި އޮއްވައި ފެނިއްޖެ

26 ފެބުރުއަރީ 2022

ކްލަބް ވެލެންސިއާގެ ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން، މާލޭގައި ދިރިއުޅޭ އެޕާޓްމެންޓްގައި ދަންޖެހި މަރުވެފައި ހުއްޓާ މިރޭ ފެނިއްޖެ އެވެ.

ކްލަބް ވެލެންސިއާގެ ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން، މާލޭގައި ދިރިއުޅޭ އެޕާޓްމެންޓްގައި ދަންޖެހި މަރުވެފައި ހުއްޓާ މިރޭ ފެނިއްޖެ އެވެ.

ވެލެންސިއާގެ އޮފިޝަލަކު އެކަން "މިހާރު" އަށް އެކަން ކަށަވަރު ކޮށްދިން އިރު، ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރާންޑޭއާ ދެކޮޅަން ވެލެންސިއާ ކުޅުނު މެޗުގައި ޑަކްސަން ނުކުޅެ އެވެ. އެއީ ކުރީގެ މެޗުގައި އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ވެލެންސިއާގެ އޮފިޝަލް ބުނީ ޑަކްސަންގެ މަރުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ލަންކާގެ ޑިފެންސްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި ޑަކްސަން ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ ދެވަނަ ހޯމް ކަމަށެވެ. މިއީ ރާއްޖޭގައި އޭނާ ހޭދަކުރާ ދެވަނަ ސީޒަނެވެ. މިދިޔަ ސީޒަންގައި އޭނާ ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ.

ޓީސީގައި ޑަކްސަން ދެއްކި ކުޅުމާއެކު ވެލެންސިއާ އިން އޭނާ ލައްވައި ސޮއި ކުރުވި އެވެ. މިދިޔަ މަހު ނިމުނު ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށް ދިނުމުގައި ޑަކްސަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރ. އަލިފުށީގައި ކުޅުނު ފައިނަލް މެޗުގައި ބޯ ފަޅައިގެން ގޮސް ލޭ އައުމުން ވެސް އޭނާ ވަނީ މެޗު ފުރިހަމަކޮށްފަ އެވެ.

ވެލެންސިއާގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހުގެ ޖަލުގެ އަދަބެއް ތަންފީޒު ކުރުމުންދާތީ އަޑުބަރޭ އާންމުކޮށް ކުޅޭ ޑިފެންސިވް މިޑްފީލްޑްގެ ރޯލް މިދިޔަ ދެ މެޗުގައި އަދާ ކުރީ ޑަކްސަން އެވެ.

ޑަކްސަން އަކީ ރާއްޖޭގައި މި ސީޒަންގައި ކުޅެމުންދާ ލަންކާގެ ހަތަރު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔާ އެވެ. ލަންކާގެ ކޯޗް އާމިރު އަލަގިޗް "މިހާރު" އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ލަންކާގެ ކުޅުންތެރިން ރާއްޖޭގައި ކުޅުމަކީ އެ ގައުމުގެ ގައުމީ ޓީމަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.