ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން އެޅި ފިޔަވަޅުތައް އުވާލައި އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއިރު މާސްކް އެޅުން ފަދަ ހުރިހާ ކަމެއް ދޫކޮށްލައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން އެޅި ފިޔަވަޅުތައް އުވާލައި އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއިރު މާސްކް އެޅުން ފަދަ ހުރިހާ ކަމެއް ދޫކޮށްލައިފި އެވެ.
މި ނިންމުމާ އެކު ދެ ހަރަމްފުޅުގައި ގައި ދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް ދެ ހަރަމްގައި ވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އެކަމަކު އާންމު ތަންތަނުގައި ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. މާސްކް އަޅަން ޖެހޭނީ މީހުން އެއްވެ އުޅޭ ބަންދު ތަނަކަށް ވަންނަ ނަމަ އެވެ.
އިންޓީރިއާ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ވަނީ ސައޫދީ އަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހުމާއި ސައޫދީ އަށް އެތެރެވުމަށް ފަހު ކަރަންޓީނުގައި ހުންނަން ޖެހުން ވެސް އުވާލައިފަ އެވެ. މީގެ އިތުރުން، ހާމަކަން ބޮޑު ތަންތަނުގައި ބާއްވާ އެއްވުންތަކާއި އިވެންޓްތަކުގައި ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުން ވަނީ އުވާލައިފި އެވެ.
ހަރަމްފުޅުގައި ނަމާދުކުރުމަށް ސަފު ހަދާއިރު ގައިދުރުކަން ބަހައްޓަން އިރުޝާދު ދީ ޖަހާފައިވާ ފާހަގަތައް، ކޮވިޑާ ދެކޮޅު ފިޔަވަޅުތައް އުވާލުމާ އެކު ރޭ ފަތިހު ނައްޓާލަނީ. -- ފޮޓޯ: ހަރަމައިން
މި ފިޔަވަޅުތައް އުވާލާފައި ވާއިރު ސައޫދީން ވަނީ އެ ގައުމުގައި ހުއްޓާ ކޮވިޑް ޖެހިއްޖެ ނަމަ ފަރުވާގެ ކަންކަން ކަވަރުކޮށްދޭނެ އިންޝޫރެންސް ޕެކޭޖެއް ވިޒިޓް ވިސާގައި އެތެރެވާ އެންމެންނަށް ލާޒިމްކޮށްފަ އެވެ.
އަލަށް ގެނައި ބަދަލުތަކާ އެކު ސައޫދީން ވަނީ ސައުތު އެފްރިކާ، ނެމީބިއާ، ބޮޓްސުވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވާޓިނީ، މޮޒަމްބީކް، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަކަސްކާ، އެންގޯލާ، ސީޝެލްސް، ކޮމޯރޯސް، ނައިޖީރިއާ، އިތިއޮޕިއާ އަދި އަފްޣާނިސްތާނުން ސައޫދީ އަށް ސީދާ ދަތުރުކުރުން މަނާކޮށްފައިވާ އޮތް އޮތުން ވެސް އުވާލައިފަ އެވެ.
ކޮވިޑާ ދެކޮޅަށް އެޅި ފިޔަަވަޅުތައް ސައޫދީން އުވާލާފައި މި ވަނީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަމަށް ސައޫދީއަށް ގިނަ ބަޔަކު ދާން ތައްޔާރުވަމުން އަންނަ ވަގުތެއްގަ އެވެ.
ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
އުމުރުން 130 އަހަރުގައި ހައްޖަށް
ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީނުވެ 300،000 މީހުން
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
ރާކީ އުމްރާގެ އަޅުކަމަށް ސައުދީގައި