28 މާޗް 2022
ގއ. ވިލިނގިލީގައި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން 100 ގެ އިމާރާތްކުރަން ނިންމާފައިވާ ކަމަށާއި އެ ތަނުން ކޮންމެ ގެއެއްގައި ހޯމްސްޓޭ އަށް ހާއްސަކޮށްގެން އެއް ކޮޓަރި ހުންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލީގައި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން 100 ގެ އިމާރާތްކުރަން ނިންމާފައިވާ ކަމަށާއި އެ ތަނުން ކޮންމެ ގެއެއްގައި ހޯމްސްޓޭ އަށް ހާއްސަކޮށްގެން އެއް ކޮޓަރި ހުންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެ ގެތައް އިމާރާތް ކުރުމުގެ މަސައްކަތް އެ މީހުންނާ ހަވާލުކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެހެންވެ، އޭގެ މުހިންމު ތަފުސީލުތައް މީޑިއާ އަށް އަދި ނުދެއްވަ އެވެ.
ރައީސް ވިދާޅުވީ، ގެތައް ޑިޒައިން ކުރާއިރު ކޮންމެ ގެއަކުން ހޯމްސްޓޭ އުސޫލުން ކުއްޔަށް ދޭނެ ހާއްސަ ކޮޓަރިއެއް ހުންނާނެ ކަމަށެވެ.
"ޑިޒައިނިން މަރުހަލާ ފެށިގެން ކުރިއަށް އެބަދޭ. އަޅުގަނޑުމެން ބަލަނީ ރައްޔިތުންގެ ޝައުގުވެރިކަން ވެސް މި ކަމަށް ޖެހިގެންދާނެ ކަމަށް. އަޅުގަނޑުމެން ބަލަނީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ވާނެ ކަމަށް،" އިދިކޮޅު ޕީޕީއެމްގެ މެމްބަރު ވިޝާލް ވިދާޅުވި އެވެ.
"އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އެ ކަން ފެށިގެންދާނެ ކަމަށް މި ބަލަނީ."
އޭނާ ވިދާޅުވިގޮތުގައި ގެތައް އިމާރާތްކުރާ ކުންފުނިން ހަރަދުކުރާ ފައިސާގެ 20 ޕަސެންޓް ހަމަޖައްސައިދޭނީ ވިލިނގިލި ކައުންސިލުންނެވެ.
ވިލިނގިލީގެ ބޮޑުމަގުން މީހަކު ސައިކަލްގައި ދަނީ: ވިލިނގިއްޔަށް ވެސް ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ވަނީ ރާވާފައި.---ފޮޓޯ: މިހާރު
"ބާކީ ފައިސާ އެގްރީމެންޓްގައިވާ ގޮތަށް ރައްޔިތުމީހާގެ އަތުން ދާ ގޮތަށް ގޭގެ ވެލިއު ހަމަވަންދެން. ވެލިއު ފައިނަލް ކުރެވޭނީ ކޮންސެޕްޓް ފައިނަލް ވުމުން،" ވިޝާލް ވިދާޅުވި އެވެ.
ކައުންސިލުން ވިސްނާފައި ވަނީ ކޮންމެ ގެއެއްގައި ވެސް ތިން ކޮޓަރި ކަމަށް ވާއިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި 100 ގެ އިމާރާތްކުރުމުގެ ޕްރޮޖެކްޓް ހަވާލުކުރާނެ ބަޔަކު ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެ މަޝްރޫއު ހިންގަނީ ބީލަމުގެ އުސޫލުން ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް އާއި އެހެން ބައެއް މެމްބަރުން މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއާ ބައްދަލުކުރުމަށް ފަހު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ގއ. އަތޮޅުގެ އެހެން ބައެއް ރަށްތަކެކޭ އެއްގޮތަށް ވިލނިގިލީގައި ވެސް ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކައުންސިލުން ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ހާއްސަ ދެ ސަރަހައްދެއް ކަނޑައެޅުން ހިމެނެ އެވެ. ރަށުގެ ލޭންޑް ޔޫޒް ޕްލޭން ނިމުނުހާ އަވަހަކަށް އެ ބިންތައް ދޫކުރަން ފަށާނެ ކަމަށް ވިޝާލް ވިދާޅުވި އެވެ.
"ލޭންޑް ޔޫޒް ޕްލޭން ނިންމައިލަން ދެ މަސް ދުވަސް ވެސް ދެން ނުވާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
ގއ. އަތޮޅަކީ މަސްވެރިކަމަށް ހާއްސަ އަތޮޅަކަށް ވިޔަސް މިހާރު މިސްރާބު ޖަހާފައި ވަނީ ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށެވެ.
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 217 ބައިވެރިން
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!