Roadha Mihaaru
ގާފަރު ދޯންޏެއްގައި ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ

ގާފަރު ދޯންޏެއްގައި ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ

24 ޑިސެމްބަރ 2016

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮތް އެ ރަށު ކަންނެލި ދޯންޏެއްގައި މިއަދު ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮތް އެ ރަށު ކަންނެލި ދޯންޏެއްގައި މިއަދު ރޯވެ ބޮޑު ބައި އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ 63 ފޫޓުގެ "ކުރަނގި" ދޯނީގައި ރޯވީ ޖަނަރޭޓަރުގައި އަލިފާން ހިފައިގެން ކަމަށް ފަޅުވެރިން މައުލޫމާތު ދިން ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ ދޯނީގެ ގެގަނޑުގަ އެވެ. އަދި ރޯވުމާ އެކު ދޯނީގެ ފަޅުވެރިން ޕަމްޕު ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލެވުނު އިރު ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދޯނީގައި ރޯވުމުން އޭގައި ތިބި މީހުން ވަނީ އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން ނަގާފަ އެވެ. އެހެންވެ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެހެން ދޯންޏެއްގައި ކަފު ޖަހައިގެން "ކުރަނގި" މިހާރު ވަނީ ގާފަރަށް ގެންގޮސްފަ އެވެ.