ދިވެހިވަންތަ ސިފަތައް ހިމަނައިގެން ކުރަހާފައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އާ ޓާމިނަލްގެ ޑިޒައިން ފުރަތަމަ ފަހަރަށް މިއަދު އާންމުކޮށްފި އެވެ.
19 އެޕްރީލް 2022
ދިވެހިވަންތަ ސިފަތައް ހިމަނައިގެން ކުރަހާފައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އާ ޓާމިނަލްގެ ޑިޒައިން ފުރަތަމަ ފަހަރަށް މިއަދު އާންމުކޮށްފި އެވެ.
އެ ޓާމިނަލްގެ ބޭރު ޑިޒައިން ކޮށްފައި ވަނީ ރާޅުތަކެއްގެ ސިފަވާ ގޮތަށެވެ. ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އެކަމަކު ޑިޒައިންތައް ދައްކާލުމުގެ އިތުރުން އެހެން މައުލޫމާތެއް އެމްއޭސީއެލުން އަދި އާންމެއް ނުކުރެ އެވެ.
ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.
އާ ޕެސެންޖާ ޓާމިނަލްގެ ތްރީޑީ ކުރެހުމެއް: މިތަން ޑިޒައިން ކުރީ ސައުދީ ބިންލާދިން ގްރޫޕުން-- ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލްގެ އެތެރޭގެ ޑިޒައިންތަކުގައި ވެސް ދިވެހިވަންތަކަން އިސްކުރުމަށް އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭރު އެތަން ނިންމަން ކަނޑައަޅާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.
ނަމަވެސް މިހާރު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު ފަހުކޮޅަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެތަނުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާ ޓާމިނަލްގެ އާ ޑިޒައިން: މި ތަނުގައި އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނޭ-- ފޮޓޯ: އެމްއޭސީއެލް
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެކަމަކު ސަރުކާރު ބަދަލުވީ ހިސާބުން އެތަނުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވި އެވެ.
މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ޕްރޮޖެކްޓް ހިންގަނީ ސައުދީ ފަންޑާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގެ އެހީގަ އެވެ.
އާ ޓާމިނަލުން 2،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި