22 އެޕްރީލް 2022
މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިފްތާރް މީލް ޕެކް ބެހުމުގެ ހަރަކާތް މި އަހަރު ވެސް ކުރިއަށް ގެންދެ އެވެ.
މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިފްތާރް މީލް ޕެކް ބެހުމުގެ ހަރަކާތް މި އަހަރު ވެސް ކުރިއަށް ގެންދެ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި ހަރަކާތުގައި ދުވާލަކު ގާތްގަނޑަކަށް 200 އެއްހާ މީލް ޕެކް ބެހުމަށް ވަނީ ނިންމައިފަ އެވެ. އެމްއެމްޑަބްލިއުއެމް އާއި އުރީދޫގެ ވޮލަންޓިއަރުން ވެގެން މީލް ޕެކްތައް ބަހަމުންދަނީ މާލެ އާއި ހުޅުމާލޭގެ ބިދޭސީން ގިނަ ސަރަހައްދުތަކުގަ އެވެ.
މި ހަރަކާތުގައި މިހާތަނަށް 500 މީލް ޕެކްސް ވަނީ ބަހއިފަ އެވެ.
މީލް ޕެކް ބެހެމުގައި ހަރަކާތުގައި އުރީދޫގެ މުވައްޒަފުން -- ފޮޓޯ: އުރީދޫ
މި ހަރަކާތުގައި އާންމުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު, އިފްތާރް މީލް ޕެކެއް ހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެމްއެމްޑަބްލިއުއެމް އާ ގުޅިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ.
"ޑޮނޭޓް އަ މީލް, ހެލްޕް ސޭވް އަ ލައިފް" މި މޮޓޯގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭގެ އިތުރުން މި ހަރަކާތުގައި ވީހާ ވެސް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުމަކީ އުރީދޫ އާއި, އެމްއެމްޑަބްލިއުއެމްގެ އިތުރުން މި ހަރަކާތުގައި ބައިވެރިވާ ދަ ސްޕޭސް އެލްއެލްޕީގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.
މި ހަރަކާތުގައި މިދިޔަ ރޯދަ މަހު 4500 ޕެކް ބަހާފައިވެ އެވެ.
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ހުޅުމާލެ ފޭސް 2ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި