ކުރިއަށް އޮތް ފިތުރު އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް، އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަން މިއަދު ނިންމައިފި އެވެ.
28 އެޕްރީލް 2022
ކުރިއަށް އޮތް ފިތުރު އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް، އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަން މިއަދު ނިންމައިފި އެވެ.
އެ ތަނުން ކުރި އިއުލާނެއްގައި ބުނީ، ފިތުރު އީދާއި މޭ 1 ގައި ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ވެސް ބައެއް ދުވަސްތަކުގައި ބަންދުވާނެ ކަމަށެވެ. ނަމަވެސް އައިޕީޑީ އާއި އިމަޖެންސީ ހިދުމަތް އެ ދުވަސްތަކުގައި ވެސް ލިބޭނެ އެވެ.
އޯޕީޑީ ބަންދު ވާނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް އަދި ބުރާސްފަތި ދުވަހު އެވެ. އެކަމަކު، އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 4 އަށް އެ ހިދުމަތްތައް ލިބޭނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ވަނީ އަންނަ ހޯމަ ދުވަހަށެވެ. މި އަހަރުގެ އީދަށް، މާދަމާ އިން ފެށިގެން ހަފުތާއެއްގެ ޗުއްޓީއެއް ލިބެ އެވެ.
އީދުބަންދަށް އައިޖީއެމްއެޗުގެ ހިދުމަތްތައް މެދުކަނޑަލަނީ
މަޝްހޫރު ގަމްބަރީނީ އައިޖީއެމްއެޗްގެ ވޯކްޝޮޕެއްގައި
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
އައިޖީއެމްއެޗުން އަމިއްލައަށް ކާޑިއެކް ސެންޓަރު ހިންގަނީ
އާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ފަށަނީ
ކެމެރާ ލައްވައިގެން މައިދަބައިގެ ކާމިޔާބު އޮޕަރޭޝަނެއް
ގާސިމްގެ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
ހުޅުމާލެ ޖީޕީ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން