11 މެއި 2022
ރާއްޖޭގައި މިއަދު ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ކަޓަގަރީގައި އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ބަލިކޮށް ސިންގަލްސްގެ ހުރިހާ އިވެންޓެންގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފި އެވެ.
ރާއްޖޭގައި މިއަދު ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ކަޓަގަރީގައި އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ބަލިކޮށް ސިންގަލްސްގެ ހުރިހާ އިވެންޓެންގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފި އެވެ.
އަންހެން ކެޑޭޓް ފައިނަލު ފިޔަވައި، ސިންގަލްސް ހުރިހާ ފައިނަލެއްގައި ދެކޮޅުން ވެސް ވާދަ ކުރީ އިންޑިއާގެ ކުޅުންތެރިންނެވެ.
ސިންގަލްސްގެ އެންމެ ފަހު ފައިނަލަށް އޮތީ ދީމާ އާއި ޖެނިފާ ބައްދަލު ކުރި މެޗެވެ. ޖެނިފާ މެޗު ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.
ފުރަތަމަ ސެޓް، ދީމާ ނިންމަން ކައިރިވެފައި ވަނިކޮށް ޖެނިފާ ވަނީ ހަތަރު ޕޮއިންޓްގެ ފަހަތުގައި އޮވެ ވިދިވިދިގެން ޕޮއިންޓަކެއް ހޯދައި ނަތީޖާގެ ފަރަގު ކުޑަ ކޮށްފަ އެވެ. ފަހުން ވެސް ދީމާ އަށް ސެޓް ނިންމަން ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ޖެހި ބޯޅަ އެއް ބޭރަށް ގޮސް ޖެނިފާ އަށް ޕޮއިންޓް ލިބުނެވެ. އޭނާ އެ ސެޓުން ކުރި ހޯދީ 13-11 އިންނެވެ.
އެކަމކު ދެވަނަ ސެޓްގައި އިތުބާރާއެކު ކުޅެ ނުކުމެ ދީމާ ވަނީ ބޮޑު ތަފާތަކުން ކުރި ހޯދައިފަ އެވެ. ދިވެހި ސަޕޯޓަރުންގެ އަޑުގަދަ ވުމުން ޖެނިފާ އަށް ކުޅެން އުނދަގޫވި އެވެ. ނަތީޖާ އަކަށްވީ ޖެނިފާ އަތުން ގިނަ ބޯޅަތަކެއް މިސްވެގެން ދިއުމެވެ. ދީމާ ސެޓް ކާމިޔާބު ކުރީ 11-4 ންނެވެ.
ތިންވަނަ ސެޓްގައި ދީމާ އަށް ވަރަށް ބޮޑަށް އުނދަގޫ ވެގެން ދިޔަ އެވެ. ކުރީ ކޮޅު ލީޑެއް ނެގުނު ނަމަވެސް އޭނާ އަތުން ލީޑް ގެއްލުނެވެ. ޖެނިފާ ސެޓް ކާމިޔާބު ކުރީ 11-5 ންނެވެ. ހަތަރު ވަނަ ސެޓް ދީމާ ކާމިޔާބު ހޯދީ ފަހަތުން އަރަ އެވެ. ހަތަރު ޕޮއިންޓްގެ ލީޑްގައި ވަނިކޮށް ދީމާ 13-11 އިން ސެޓް ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ޑިސައިޑިން ސެޓް ޖެނިފާ ކާމިޔާބު ކުރީ 11-6 ންނެވެ. ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ޖެނިފާ ވަނީ އޭނާ ޕްރެޝަރަށް ވެއްޓުނަ ނުދިނުމަށް ގިނަ އުކުޅުތަކެއް ބޭނުން ކޮށްފަ އެވެ.
މިއަދު ކުޅުނު ފިރިހެން ކެޑޭޓް ފައިނަލުގައި އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ އަބިހިނަންދު އާއި ބާލާ މުރުގަން ކުޅުނު މެޗު ކުޅުނު މެޗު އަބިހިނަންދު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އަންހެން ޖޫނިއާ ބައިގެ ފައިނަލުގައި އިންޑިއާގެ ޔަޝަސްވިނީ އާވާދަކޮށް ސުހާނާ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ފިރިހެން ޖޫނިއާ ބައިގައި މާލިކު އާއި ޕެއިސް ޖެއިން ކުޅުނު މެޗު ޖައިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ފައިނަލު ކަށަވަރުވުމާއެކު ދީމާގެ ލޮލުން ފާއްދާލީ ކަރުނަ
ޖޫނިއާ އަދި ކެޑޭޓް ބައިން ވެސް ދީމާ ސެމީ ފައިނަލަށް
ސިންގަލްސްގެ ދެ ކެޓަގަރީން ވެސް ދީމާ ކުއާޓާ އަށް
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި