ވޯލްޑް އޯޝަން ދުވަހާއި ގުޅިގެން ދިރާގުން ކަނޑުތައް ރައްކާތެރި ކުރުމަށް "ދަ އޯޝަންސް - އަވާ ހޯމް" ކެމްޕެއިން ލޯންޗުކޮށްފިއެވެ.
09 ޖޫން 2022
ވޯލްޑް އޯޝަން ދުވަހާއި ގުޅިގެން ދިރާގުން ކަނޑުތައް ރައްކާތެރި ކުރުމަށް "ދަ އޯޝަންސް - އަވާ ހޯމް" ކެމްޕެއިން ލޯންޗުކޮށްފިއެވެ.
ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ދިރާގުން ފެށި މި ކެމްޕެއިން ލޯންޗުކޮށްފައި ވަނީ ހާއްސަ ވީޑިއޯއަކާ އެކު އެވެ. ދިރާގުން ބުނީ، މި ކެމްޕެއިން ދަށުން ކަނޑުތަކާއި، ކަނޑުތަކުގެ ދިރުންތަކަށް ދިމާވެފައިވާ ނުރައްކާތަކާ މެދު އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ހިސާބުގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ދިރާގުން ފެށި މި ކެމްޕެއިނަކީ އެ ކުންފުނީގެ އެމްބެސެޑަރު ޒޫނާ ނައީމާ އެކު ފެށި ކެމްޕެއިނެކެވެ.
މިއީ ކަނޑުފަޅުތައް ހިމާޔަތް ކުރުމަށް ދިރާގުން ފެށި ކެމްޕެއިނެއް. ފޮޓޯ: ދިރާގު
ދިރާގުން ބުނީ ކަނޑުތަކާއި ދިރުންތައް ރައްކާތެރިކުރެވޭނީ މިއަދު އެ ކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ފެށިގެން ކަމަށެވެ. އަދި ދިރާގުގެ މި ކެމްޕެއިންގެ ދަށުން އިސްކަން ދޭނީ ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި މި ކަންތައްތަކަށް އަހުލުވެރިކޮށް، އެ ކުދިންގެ މެދުގައި ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ އަމާޒަކީ މިފަދަ ކަންކަމަށް އަހުލުވެރި، އަދި މި ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ޖީލެއް ބިނާކުރުން ކަމަށެވެ.
ދިރާގަކީ ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތަައް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ޕްލާސްޓިކް ބޭނުން ކުރާ ވަރު މަދު ކުރުމަށް ބާރު އަޅައި، ކަނޑުތަކަށް ޕްލާސްޓިކުން ލިބޭ ގެއްލުންތަކަށް އަހުލުވެރި ކުރުވުމަށް 2016 ވަނަ އަހަރު ވަނީ ކެއާ ފޮ ދަ އޯޝަންސް ކެމްޕެއިން ލޯންޗުކޮށްފަ އެވެ. އަދި ފަރުތައް ސާފު ކުރުމުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މި ފަދަ ކަންކަމަށް ބާރު އަޅާ، ތިމާވެށި ރައްކާތެރި ކުރުމުގެ ގިނަ މަސައްކަތްތަކެއް ދިރާގުން އަންނަނީ ކުރަމުންނެވެ. އަދި ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ވެސް ދިރާގުން ދަނީ އެހީތެރިވަމުންނެވެ.
ދިރާގުން ބުނީ ފަހި މާދަމައެއް ހޯދުމަށް މި ފެށި ކެމްޕެއިނުގައި އެމްބެސެޑާ ޒޫނާއާ އެކު ކަނޑުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައިި އެ ކުންފުނިން ދެމިއޮންނާނެ ކަމަށެވެ.
އޯޝަން ޑޭ ފާހަގަ ކުރުމަށް ދިރާގުގެ ހަރަކާތްތަކެއް
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ
މާސްކާއި އަންގި ކަނޑުތަކަށް ދިޔަ ނުދީ: ދިރާގު
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ