04 ޖުލައި 2022
ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން ނުވިއްކާނެ ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ މެންޗެސްޓަ ޔުނައިޓެޑަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން ނުވިއްކާނެ ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ މެންޗެސްޓަ ޔުނައިޓެޑަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އުމުރުން 25 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ކްލަބުގެ އިތުރުން އެހެން ކްލަބްތަކުން ވެސް ޑި ޔޮން ހޯދަން މަސައްކަތްކުރާ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
"ޑި ޔޮން ވިއްކާލުމުގެ ވިސްނުމެއް ނެތް. އަނެއްކާ ކުޅުންތެރިޔާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން. ޔުނައިޓެޑް އެކަންޏެއް ނޫން ޑި ޔޮން ހޯދަން މަސައްކަތް ކުރަނީ. އަހަރެމެން ޑި ޔޮން ނުވިއްކާނަން،" ޑި ޔޮން ނުވިއްކާނެކަން ހާމަކުރަމުން ލަޕޯޓާ ވިދާޅުވި އެވެ.
ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން.--
ޔުނައިޓެޑުގެ ކޯޗުކަމާ މިދިޔަ މަހު ހަވާލުވެ، އެރިކް ޓެން ހަގް އެ ޓީމަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޑި ޔޮން އެވެ. ޓެން ހާގް އަޔަކްސްގެ ކޯޗު ކަމުގައި ހުރި އިރު 2019-2018 ވަނަ ސީޒަނުގައި ޑި ޔޮން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަޔަކްސް ގައި ދެއްކި މޮޅު ކުޅުމާ އެކު ޑި ޔޮން 85 މިލިއަން ޑޮލަރަށް ބާސެލޯނާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ.
އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ފުޓުބޯޅަ ނުކުޅެވުނަސް އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ އާ ކޯޗު ޓެން ހަގްއާއެކު ޔުނައިޓެޑް ކޮޅަށް ޖަހަން ތައްޔާރަށެވެ. ޓެން ހަގް ޔުނައިޓެޑާ ހަވާލުވެ، ބޮޑު ޓްރާންސްފާއެއްގެ އިންތިޒާރުގައި އެ ޓީމުގެ ސަޕޯޓަރުން ވެސް ކެތްމަދުވެފައި ތިބި އިރު، ޕްރީ ސީޒަން ފަރިތަކުރުންތައް ވެސް ފަށާފައި ވަނިކޮށް، ރޮނާލްޑޯ ވަނީ ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތްތައް ދިގުލައިދާތީވެ، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ބައެއް މީޑިއާތަކުން ބުނާގޮތުގައި އެ މައްސަލާގައި ޓީމު ދޫކޮށްލަން ބޭނުންވާކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.
މާލީ އަޑިގަނޑުން އަރައިގަންނަން ބާސެލޯނާ އިން ޑި ޔޮން ވިއްކާލާނެ ކަމަށް ބުނެ ކުރިން މީޑިއާތަކުން ރިޕޯޓްކުރި އެވެ. ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމަކު ޑި ޔޮން ބާސެލޯނާގައި މަޑުކުރުމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށް މިދިޔަ މަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލަޕޯޓާ ވިދާޅުވި އެވެ.
ލަޕޯޓާ ވިދާޅުވިގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑި ޔޮން އަށް ޔުނައިޓެޑްގެ ހުށަހެޅުން ވަނީ ލިބިފަ އެވެ. އެކަމަކު ޑި ޔޮން ވެސް ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަން ކްލަބަށް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ޑި ޔޮން އަކީ ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަކުރަން ބާސެލޯނާ އިން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ ބެޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި ލީޑްސް ޔުނައިޓެޑަށް ކުޅޭ ބްރެޒިލް ވިންގް ރަފީނިއާ އެވެ.
ލެވަންޑޯސްކީ (ކ) އަދި ރަފީނިއާ (ވ)--
ލަޕޯޓާ ވިދާޅުވީ ލެވަންޑޯސްކީ ހޯދުމަށް ކުރާ މަސައްކަތުގައި ބަޔާނުން ނުރުހޭ ކަމަށާއި އެކަމަކު ލެވަންޑޯސްކީ ބާސެލޯނާ އަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކުރުމުން ޝުކުރުއަދާކުރާ ކަމަށެވެ.
ލީޑްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އިނގިރޭސި ކްލަބް ޗެލްސީ އާއި ބާސެލޯނާ އެވެ. އެ ދެ ކްލަބުގެ އިތުރުން އާސެނަލުން ވެސް ރަފީނިއާ އަށް ޝައުގުވެރިވެ އެވެ.
ލަޕޯޓާ ވިދާޅުވީ ރަފީނިއާގެ ޓްރާންސްފާ ކަންތަކުގައި ލީޑްސްއާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެހެން ކްލަބްތަކުން ވެސް އަންނަނީ ރަފީނިއާ ގެނައުމަށް ޕްރޮޕޯސަލް ހުށަހަޅަމުން ކަމަށެވެ.
ރަފީނިއާގެ ސޮއި ހޯދުމާ ގާތަށް ޗެލްސީން ޖެހިލި ނަމަވެސް މިހާރު ރަފީނިއާ ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ބާސެލޯނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި
ބޯނަސްތަކާއެކު ޑިޔޮންގްއަށް ބާސާ ބޭނުންވާއަގު ހަމަކުރަނީ
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ
ފްލިކްގެ އެޖެންޓާއެކު ލަޕޯޓާ މަޝްވަރާ ފަށައިފި
"ސައުދީއަށް އިހުތިރާމް ކުރަން، މެސީގެ ގެއަކީ ބާސާ"
70 އަހަރު ވަންދެން ރެފްރީން ކޮންޓްރޯލް ކުރީ ރެއާލުން
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ބާސާގެ ދަނޑުގައި އެއްވަރު، ޓެން ހަގް ރުޅިގަދަ ވެފައި
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު