Roadha Mihaaru
އެމްޑީޕީގެ ގޮފިތައް ހަދައި އިސްލާހުކުރަން ހުޅުވާލައިފި

އެމްޑީޕީ ކޮންގްރެސްގެ ކުރިން ގޮފިތައް ހަދައި އިސްލާހު ކުރަން ހުޅުވާލައިފި

06 ޖުލައި 2022

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމާ އެ ޕާޓީގެ ކޮންގްރެސްގެ ކުރިން ޕާޓީގެ ގޮފި ހެދުމަށާއި އިސްލާހު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމާ އެ ޕާޓީގެ ކޮންގްރެސްގެ ކުރިން ޕާޓީގެ ގޮފި ހެދުމަށާއި އިސްލާހު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުހިއްމު ނިންމުންތަކެއް ޝެޑިއުލްކޮށްފައިވާ އެމްޑީޕީގެ ކޮންގްރަސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު 19 ގަ އެވެ.

އެ ޕާޓީގެ ސެކެޓްރިއޭޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންގްރަސްގައި ބައިވެރިވެވޭނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށެވެ.

އޭގެ ކުރިން ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާހު ކުރުމަށް އެދި ހުށަހަޅާ ފޯމު މެއިލް ކުރެއްވުމަށް އެދޭ ކަމަށާއި އެ ތަކެތީގެ އަސްލު މި މަހު 17 ގެ ކުރިން ޕާޓީ އޮފީހަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާ އިރު އަންނަ ކޮންގްރަސް އަށް ނަޝީދު ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ވެރިކަމަށް އާދެވޭ ގޮތް ބަދަލު ކުރުމާއި ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް އަހަން ވެސް ހުށަހަޅަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.