Roadha Mihaaru
އެއްވެސް ކޮމްޕިއުޓަރެއް ރައްކާތެރިއެއް ނޫން: ޓްރަމްޕް

އެއްވެސް ކޮމްޕިއުޓަރެއް ރައްކާތެރިއެއް ނޫން: ޓްރަމްޕް

01 ޖެނުއަރީ 2017

ފްލޮރިޑާ (ޖެނުއަރީ 1) - މައުލޫމާތު ފޮރުވާފައި ބަހައްޓަން ބަލާއިރު އެއްވެސް ކޮމްޕިއުޓަރެއް ރައްކާތެރި ނޫން ކަމަށާއި އޮންލައިންކޮށް ކޮމިއުނޭޓް ކުރުމަށް ވުރެ ޕޯސްޓުން ލިޔުންތައް ފޮނުވުމުން މާރަނގަޅުވާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވަރަށް އާއްމުކޮށް ޓްރަމްޕް ޓްވީޓް ކުރެއްވި ނަމަވެސް އީމެއިލް ފޮނުވުމާއި ކޮމްޕިއުޓަރު އޭނާ ބޭނުން ކުރައްވަނީ ވަރަށް މަދުންނެވެ.

"މުހިންމު އެއްޗެއް ވިއްޔާ ލިޔެލާފައި ޕޯސްޓުން ފޮނުވާލާ. އެއީ ތަންކޮޅެއް ކުރީގެ ގޮތަކަށް ވެސް ވެދާނެ. ސަބަބަކީ އެއްވެސް ކޮމްޕިއުޓަރަކީ ރައްކާތެރި އެއްޗަކަށް ނުވާތީ. މީހުން ކިޔައިފާނެ އެއްޗަކަށް އަޅުގަނޑު ސަމާލުކަމެއް ނުދޭނަން،" ޓްރަމްޕް ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވާ ފްލޮރިޑާގެ ޕާމް ބީޗް ރިސޯޓުގައި ބޭއްވި އާ އަހަރުގެ ޕާޓީގެ ތެރޭން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަ ދައްކަވާ އިރު އަނބިކަނބަލުން މެލަނިއާ އަރިހުގައި. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަ ދައްކަވާ އިރު އަނބިކަނބަލުން މެލަނިއާ އަރިހުގައި. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކްކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ. އެކަމަކު ޖާސޫސީ އިދާރާތަކަށް އެކަމުގެ ހެކި ލިބުމާ ގުޅިގެން ރައީސް ބަރަކް އޮބާމާ ވަނީ މިދިޔަ ހަފުތާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ 35 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.

އިންތިޚާބު ހެކްކުރި މައްސަލައާ ގުޅޭ ގޮތުން އެމެރިކާގެ ޖާސޫސީ އޮފިޝަލުން މި ހަފުތާގައި ޓްރަމްޕަށް މައުލޫމާތު ހިއްސާ ކުރާނެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ޖާސޫސީ މައުލޫމާތު ބައެއް ފަހަރު ފެއިލްވެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ނަންގަވާފައި ވަނީ އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ޖާސޫސީ ފަރާތްތަކުން ދިން މައުލޫމާތަށް ބަލާ އެ ގައުމަށް އަރައިގަތް މައްސަލަ އެވެ.

"އަޅުގަނޑަށް ވެސް އެނގޭ ހެކްކުރުމާ ބެހޭ ވަރަށް ގިނަ މައުލޫމާތު. އެއީ ސާބިތު ކުރަން އުނގަދޫ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ފްލޮރިޑާގައި ދެ ހަފުތާގެ ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހު މިއަދުގެ ވަގުތެއްގައި ޓްރަމްޕް ނިއު ޔޯކަށް ވަޑައިގަންނަވާނެ އެވެ.