ހާއްސަ އެހީއަށް ބޭނުންވާ ހިދުމަތްދެވޭ ގޮތަށް ރާއްޖޭގެ "އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސް" އަށް ގެންނަ ބަދަލުތަކާ އެކު، "އެކްސެސިބިލިޓީ އެންޑް އިންކްލޫޝަން" ސެޓްފިކެޓް ލިބޭ ދުނިޔޭގެ ފުރަތަމަ ރިސޯޓަކަށް އެތަން ވަރަށް އަވަހަށް ވާނެ ކަމަށް ބުނެފި އެވެ.
28 ޖުލައި 2022
ހާއްސަ އެހީއަށް ބޭނުންވާ ހިދުމަތްދެވޭ ގޮތަށް ރާއްޖޭގެ "އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސް" އަށް ގެންނަ ބަދަލުތަކާ އެކު، "އެކްސެސިބިލިޓީ އެންޑް އިންކްލޫޝަން" ސެޓްފިކެޓް ލިބޭ ދުނިޔޭގެ ފުރަތަމަ ރިސޯޓަކަށް އެތަން ވަރަށް އަވަހަށް ވާނެ ކަމަށް ބުނެފި އެވެ.
މި ސެޓްފިކެޓް ހޯދުމަށް އަމިއްލަ މޯލްޑިވްސްގެ މުވައްޒަފުން އަންނަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތްދިނުމުގެ ތަމްރީންތައް ހަދަމުންނެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތްދެވޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ރިސޯޓަށް އަންނަނީ ގެންނަމުންނެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށްވާ އިނގިރޭސި ޓީވީ ޝަހުސިއްޔަތު ސޯފީ މޯގަން އެ ރިސޯޓުގައި މި ހަފުތާގައި ޗުއްޓީ ހޭދަކުރާނެ އެވެ. އަދި އޭނާ އެ ރިސޯޓުން ޕަޑީ ޑައިވިން ސެޓްފިކެޓް ހާސިލްކުރަން މަސައްކަތްކުރާނެ އެވެ.
ސޯފީ މޯގަން: އޭނާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާނެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރަތަމަ ފަހަރަށް، ރާއްޖެ ތަޖުރިބާ ކުރެވޭނެކަމާއި މި ދަތުރުގައި އަޅުގަނޑު ފަދަ މީހެއްގެ ބޭނުންތައް ބެލެހެއްޓޭނެކަން އެނގުމަކީ، ހީކުރިވަރަށް ވުރެ ބޮޑު ބަދަލެއް" ސޯފީއާ ހަވާލާދީ އަމިއްލަ މޯލްޑިވްސްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އަމިއްލަ މޯލްޑިވްސް.
އަމިއްލަ މޯލްޑިވްސް އިން ބުނި ގޮތުގައި ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށްވީ ނަމަވެސް މި ގައުމުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު މިހާތަނަށް އޮތީ ހަނިކޮށް ކަމަށާއި އެ ރިސޯޓުން ގެންނަ ބަދަލާ އެކު މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ މީހުންނަށް ޗުއްޓީ ހޭދަކުރެވޭނެ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އެ ރިސޯޓުން ވަނީ އިވުމުން މަހުރޫމްވައިވާ މީހުންނަށް ޑެފް އެލާޓް ސިސްޓަމެއް ގާއިމްކުރާނެ އެވެ. އަދި ލޮލަށް ނުފެންނަށް މީހުންނަށް ވަހާއި އަޑުން ވަލުތެރެ ތަޖުރިބާކުރަން ލިބޭނެ މަގު ވެސް ތަނަވަސްކުރާނެ އެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން އެންޒައިޓީ އަދި ސްޓްރެސް ކޮންޓްރޯލް ކުރުމަށް "ކާމިން ސްޕޭސް" ތައް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ނުކުޅެދޭމީހުންގެ ޑައިވިންއަށް އެހީވާނެ މީހުން އުފައްދަނީ
ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
ގޯޑަން ރަމްސޭގެ ރެސްޓޯރަންޓެއް އަމިއްލަ ފުށީގައި
އާ އަހަރަށް ބެކަމް ރާއްޖެ އަށް، ހާއްސަ ޕާޓީއެއް
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް