Roadha Mihaaru
ވީއައިއޭ ޗެކިން ސިސްޓަމްތަކުގެ މައްސަލަ ހައްލުކޮށްފި

ތިން ދުވަހަށް ފަހު ޗެކިން ސިސްޓަމްތަކުގެ މައްސަލަ ހައްލުކޮށްފި

04 އޯގަސްޓް 2022

ވެލާނާ އިންޓަނޭޝަނަލްގެ ޗެކިން ސިސްޓަމަށް މީގެ ތިން ދުވަސް ކުރިން ފެށިގެން ދިމާވަމުން އައި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލްގެ ޗެކިން ސިސްޓަމަށް މީގެ ތިން ދުވަސް ކުރިން ފެށިގެން ދިމާވަމުން އައި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ ޗެކިން ސިސްޓަމް ޑައުންވާން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ޗެކިން ސިސްޓަމްތަކާއި ޑޮމެސްޓިކް ޗެކިން ސިސްޓަމްތަކުގެ މައްސަލަ އިއްޔެ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޗެކިން ސިސްޓަމްތަކަށް މީގެ ކުރިން އެކަހަލަ އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމްތަކަށް ސޮފްޓްވެއާ މައްސަލަތައް ދިމާވެ ބޯޑިން ފާސް ދިނުމާއި އެހެނިހެން އިޝޫތައް ކުރިމަތިވި އެވެ. އޭގެ ސަބަބުން ބައެއް ފްލައިޓްތައް ވެސް ޑިލޭވި އެވެ.

ސިސްޓަމްތައް މައްސަލަ ޖެހުމާ އެކު ފްލައިޓުތަކުގެ ޗެކިން މަސައްކަތާއި ބޯޑިން ޕާސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ މެނުއަލްކޮށެވެ.