Roadha Mihaaru
މައިގްރޭންގެ ވޭން ލުއިކޮށްދޭނެ ގުދުރަތީ ފަރުވާ

މައިގްރޭންގެ ވޭން ލުއިކޮށްދޭނެ ގުދުރަތީ ފަރުވާ

04 ޖެނުއަރީ 2017

މައިގްރޭން އަކީ ނިއުރޮލޮޖިކަލް ބައްޔެކެވެ. ނާރުތަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެކެވެ. މައިގްރޭން ހުންނަ މީހުންގެ ބޮލުގައި އާދަޔާޚިލާފަށް ރިއްސަ އެވެ. "މައިގްރެއިން އެޓޭކެއް" އައުމުން ތެދުވެ އުޅެން އުނދަގޫވެ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށްދެ އެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮށޯވެ އޮންނަން ޖެހެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މައިގްރޭން އަކީ ނިއުރޮލޮޖިކަލް ބައްޔެކެވެ. ނާރުތަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެކެވެ. މައިގްރޭން ހުންނަ މީހުންގެ ބޮލުގައި އާދަޔާޚިލާފަށް ރިއްސަ އެވެ. "މައިގްރެއިން އެޓޭކެއް" އައުމުން ތެދުވެ އުޅެން އުނދަގޫވެ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށްދެ އެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮށޯވެ އޮންނަން ޖެހެ އެވެ.

މައިގްރޭން ރިސާޗް ފައުންޑޭޝަނުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މައިގްރޭންގެ އުނދަގޫ ހުންނަ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންގެ އަދަދު އެމެރިކާގައި 38 މިލިއަނަށް އަރަ އެވެ. އަދި މުޅި ދުނިޔޭގައި މީގެ އެއް ބިލިއަން މީހުން ތިބިކަމަށް އަންދާޒާކޮށްފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން އެ ބައްޔަކާހެދި އާއްމު ދިރިއުޅުމަށް ދަތިވާ 20 ބަލީގެ ތެރޭގައި މައިގްރޭން ހިމެނެ އެވެ.

މައިގްރެއިން އެއްކޮށް ރަނގަޅުވާ ކަހަލަ ފަރުވާއެއް އަދި ހޯދިފައި ނުވާއިރު މިކަމަށް ލުއި ލިބޭނެ ބޭސްތައް މެޑިކަލް ސައިންސުން ހޯދާދީފައިވެ އެވެ. ނަމަވެސް މި ބަލި ހުންނަ މީހުން ތާއަބަދު ބޭސް ކެއުމުގައި ދެމި ތިބެންވީ ހެއްޔެވެ؟ މި ބަލިން ސަލާމަތް ވެވިދާނެ ގުދުރަތީ ގޮތެއް ގޮތެއް ހޯދުން މާ ރަނގަޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. އެގޮތުން ތިރީގައި މިވަނީ މި ބައްޔަށް ބޭނުންކުރެވިދާނެ ތަފާތު ފަސް ވައްތަރެއްގެ ރިމެޑީޒް އެވެ.

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނިގާ

މިއީ ހަމައެކަނި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭ އެއްޗެއް ނޫނެވެ. އެޕަލް ސިޑާ ވިނެގާ އަކީ ހަށިގަނޑުގައިވާ އެސިޑް-އަލްކަލައިން ބެލެންސް ހިފަހައްޓައިދިނުމުގައި އެހީތެރިވެދޭ ވެސް އެއްޗެކެވެ.

މޭޒުމަތީ ސަމުސަލެއްގެ އޯގަނިކް އެޕަލް ސިޑާ ވިނެގާ އާއި އެއް ތަށީ ފެން އަދި މޭޒުމަތީ ސަމުސަލެއްގެ މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދުވާލަކު ދެ ފަހަރު މީގެ ތައްޓެއް ބޯށެވެ. ބޯން ބޭނުން ނޫން ނަމަ ސްޓީމްގެ ގޮތުގައި ބޭނުންކޮށްގެން ވެސް ބޮލުގެ ރިހުން ކަނޑުވާލެވިދާނެ އެވެ. ސްޓީމްކުރާ ނަމަ އެޕަލް ސިޑާ ވިނެގާ އާއި ފެން އެއްވަރަކަށް ދެބައި ތެއްޔަކަށް އަޅައިގެން ކައްކާލާށެވެ. އަދި މި އާވި އަރުވާށެވެ. ބޮލުގައި ރިހުން މުޅިން ފިލަންދެނެވެ.

ކަަޔަން ޕެޕާ

ކަަޔަން ޕެޕާ

ކަޔަން ޕެޕާ

މީގައި ކެޕްސީސިން ކިޔާ ގުދުރަތީ ޕެއިންކިލާއެއް އެކުލެވެ އެވެ. ގަބޫލުކުރެވޭ ގޮތުގައި، ކެޕްސީސިންގެ ސަބަބުން ސަބްސްޓެންސް ޕީ ކިޔާ ތަދުގެ ސިގްނަލް ފޮނުވައިދިނުމަށް އެހީތެރިވާ ނިއުރޯޓްރާންސްމީޓާއެއްގެ އަސަރު ކުޑަކޮށްދެ އެވެ.

ހޫނު ފެން ޖޯޑަކަށް އެއް ސައިސަމުސާ ކަޔަން ޕެޕާ، އެއް ސައިސަމުސާ ލުނބޯ ހުތް، އެއް ސައިސަމުސާ މާމުއި އެއްކުރުމަށްފަހު ބޮލުގައި ރިއްސަން ފެށުމުން މީގެ ޖޯޑެއް ބޯލައިގެން ލުއި ވާނެ އެވެ.

އިނގުރު ސައި

އިނގުރު ސައި

އިނގުރު

އިނގުރު ބޭނުންކުރުމުން ޕްރޮސްޓަގްލެންޑިންސް ބްލޮކްކޮށްލަ އެވެ. އެކަމުގެ ބޮލުގައި ރިހުމަށް މިކަމުން ލުއި ލިބެ އެވެ. ޕްރޮސްޓަގްލެންޑިންސް އަކީ މަސްލް ކޮންޓްރެކްޝަން، ހޯމޯންގެ އަސަރުތައް އަދި ސިކުނޑީގެ ލޭ ހޮޅިތައް ދުޅަވުން ފަދަ ކަންތައްތައް ޕްރޮމޯޓްކުރާ ކެމިކަލްސް އެވެ.

މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސަން ފަށައިފި ނަމަ ކުޑަކުޑަ އިނގުރުކޮޅެއް ހަފާލާއިގެން ކާލިޔަސް ރަނގަޅުވާނެ އެވެ. ނޫންނަމަ ސައިތައްޓަކަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

ފީވާފިއު ގަސް

ފީވާފިއު ގަސް

ފީވާފިއު

މިއީ ހާބް ނުވަތަ ފަތްޕިލާވެލީގެ ބާވަތެކެވެ. ފީވާފިއު ގައި ޕާތެނޮލައިޑް ކިޔާ ކަމްޕައުންޑެއް ހުރެ އެވެ. ތަދުގެ ސިގްނަލް ފޮނުވުމަށް މެދުވެރިއަކަށްވާ ޕްރޮސްޓަގްލެންޑިންސް ނިއުޓްރިލައިޒް ކުރުމަށާއި ލޭހޮޅިތައް ފުޅާވުމުންދުރުކޮށްދިނުމަށް މި ކަމްޕައުންޑުން އެޙީތެރިވެދެ އެވެ.

ހާބަލް ޓީ އެއްގެ ގޮތުގައި ތައްޔާރުކޮށްގެން ފީވާފިއު ބޭނުން ކުރެވިދާނެ އެވެ. ހިއްކާފައިވާ ޕެޕަމިންޓްގެ އެއް ސައިސަމުސަލާއި ހިއްކާފައިވާ ފީވާފިއު ފަތުގެ އެއް ސައިސަމުސާ ހޫނު ފެން ޖޯޑަކަށް އަޅާފައި ބައި ގަޑިއިރު ބެހެއްޓުމަށްފަހު ފުރާނާލާފައި ސައިފޮދު ބޯލާށެވެ. މި ސައި ދެތިން ފަހަރަކު ބޯލާއިރަށް ތަދު ފިލާނެ އެވެ.

ޕެޕަމިންޓް ސައި

ޕެޕަމިންޓް ސައި

ޕެޕަމިންޓް

އިންޓަނޭޝަނަލް ޖާނަލް އޮފް ނިއުރޯސައިންސްގައި 2008 ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން މި ހާބްގެ ވަސް ޖެހުމުން ވެސް ބޮލުގައި ރިހުން ފިލަ އެވެ.

ޕެޕަމިންޓް ސައިތައްޓަކަށް މާމުއިކޮޅެއް އަޅައިގެން ބޯށެވެ. ތަދު މުޅިން ކެނޑެންދެން މި ސައި ބުއިން ރަނގަޅެވެ.

މައިގްރޭންގެ ސަބަބުން ބޮލުގައި ރިހޭ ނަމަ އާއްމުކޮށް ރިހޭނީ ބޮލުގެ އެއް ފަޅީގަ އެވެ. މިގޮތަށް ރިހޭ ރިހުން ހަތަރު ގަޑިއިރާއި 72 ގަޑިއިރާ ދެމެދުގެ ވަގުތަށް ނުކެނޑި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މައިގްރޭންގެ އަލާމާތްތައް އެކި މީހުންނަށް ފެންނާނީ އެކި ގޮތަށެވެ. ނަމަވެސް ގިނަ މީހުންނަށް ބަލީގެ ނިޝާންތައް ފެންނަން ފަށަނީ ދާދި އެއްގޮތަކަށެވެ. އޭގެ ތެރޭގައި ލޯމައްޗަށް އަލިގަނޑެއް އަރާހެންހީވުން، މޭ ނުބައިކުރުމާއި ހޮޑުލެވުން އަދި އަޑުއަޑު އިވުމުންނާއި އައްޔަށް ބެލުމުން ބޮލުގައި ރިހުން އިތުރުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރޭން ހުންނަ މީހުންގެ 75 ޕަސެންޓް އާއިލީ ގޮތުން މިކަން ވާރުތަކޮށްފައިވާ މީހުންނެވެ.