ހއ. ދިއްދޫގައި 75 ފްލެޓް އަޅަން 120 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ.
11 އޯގަސްޓް 2022
ހއ. ދިއްދޫގައި 75 ފްލެޓް އަޅަން 120 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ އިއްޔެ އެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.
އެ މަޝްރޫއު ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) August 10, 2022
120،405،400.00 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް pic.twitter.com/PE7KZ4teGt
- 700 އަކަފޫޓުގެ ދެ ބުރީގެ 75 ފްލެޓް
- ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް.
- ކޮންމެ ޔުނިޓެއް ވަށައިގެން އަލިކުރުން.
- ޕާކެއް ހެދުން.
- ޕާކިން ޒޯނެއް ހެދުން.
ސަރުކާރުން އަންނަނީ މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ހައުސިން މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ ހަތް ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގުމަށް، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މި އަހަރު ކުރީކޮޅު ހުޅުވާލައިފަ އެވެ.
ދިއްދޫގައި އިމާރާތްކުރާ 75 ފްލެޓްގެ ބިންގާ އަޅައިފި
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ
3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް