މެންޗެސްޓާ (އޯގަސްޓް 23) - މެންޗެސްޓާ ޔުނައިޓެޑްގައި އެންމެ ބޮޑު މުސާރަ ދޭ ކުޅުންތެރިންގެ ތެރޭގައި އެ ތީމުގެ އާ މިޑްފީލްޑާ ކާލޯސް ކަސެމީރޯ ހިމަނަން އެ ކްލަބުން ނިންމައިފި އެވެ.
މެންޗެސްޓާ (އޯގަސްޓް 23) - މެންޗެސްޓާ ޔުނައިޓެޑްގައި އެންމެ ބޮޑު މުސާރަ ދޭ ކުޅުންތެރިންގެ ތެރޭގައި އެ ތީމުގެ އާ މިޑްފީލްޑާ ކާލޯސް ކަސެމީރޯ ހިމަނަން އެ ކްލަބުން ނިންމައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޔުނައިޓެޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަސެމީރޯ ވަނީ ތައާރަފު ކޮށްދީފަ އެވެ.
ޓްރާންސްފާގެ ފީގެ ގޮތުގައި ރެއާލަށް 71 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުނައިޓެޑުން ގެނައި ކަސެމީރޯ ވާނީ، އެ ކްލަބްގައި އެންމެ މުސާރަ ބޮޑު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
ކަސެމީރޯ އަށް މުސާރައިގެ ގޮތުގައި އަހަރަކު 21.3 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ އަށް ވުރެ އިތުރަށް މުސާރަ ލިބޭނީ، ކީޕަރު ޑޭވިޑް ޑެހެއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މުސާރައިގެ ގޮތުގައި ރޮނާލްޑޯ އަށް އަހަރަކު 29 މިލިއަން ޑޮލަރު ދެ އެވެ. ޑެހެއާ އަށް 22 މިލިއަން ޑޮލަރުގެ މުސާރައެއް އަހަރަކު ދެ އެވެ.
ޓެކްސް އަށް ކެނޑުމަށް ފަހު ގެއަށް ގެންދަން ކަސެމީރޯ އަށް 11.7 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ރެއާލްގައި ކަސެމީރޯ ހިމެނެނީ އެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން 10 ވަނަ އަށް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގަ އެވެ. ރެއާލްއިން އަހަރަކު އޭނާ އަށް ދެނީ 10.9 މިލިއަން ޑޮލަރެވެ. ސްޕެއިންގެ ޓެކްސްގެ ތެރެއިން ކެނޑުމަށް ފަހު ގެއަށް ގެންދަން އޭނާ އަށް ލިބޭނީ 5.5 މިލިއަން ޑޮލަރެވެ.
ރެއާލުން ބޭއްވި އޭނާގެ ވަދާއީ ހަފުލާގައި ވާހަކަ ދައްކަމުން ބްރެޒިލްގެ މިޑްފީލްޑާ ބުނީ އޭނާ ޔުނައިޓެޑަށް ބަދަލުވަނީ ފައިސާ އަށް ނޫން ކަމަށެވެ.
ޔުނައިޓެޑަށް ކަސެމީރޯ ވިއްކަން ރެއާލްއިން ތައްޔާރު
ވަރާން، ޔުނައިޓެޑަށް ވިއްކާލަން ރެއާލުން އެއްބަސްވެއްޖެ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
އުމުރުން 17 އަހަރުގައި އެންޑްރިކް ފަސްވަނަ ތަށި
ޔުނައިޓެޑުން ހޯދާނީ އަންނަ ޖީލުގެ އެމްބާޕޭ: ރެޓްކްލިފް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ