ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
30 އޯގަސްޓް 2022
ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެއާޕޯޓްތެރެއަށް ދޫކޮށްލާފައި އޮތް ލަގެޖެއް ބަލައި ފާސްކުރިއިރު، އެ ދަބަހުގައި އޮތް ގަމީހަކުން ބަޓަން ކެމެރާއެއް ފެނިގެން އުމުރުން 26 އަހަރުގެ މޯޑް އޮވައިސް އަދި ގޮގްޑާ ހާރޫން ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 10 ދުވަސް ދީފައިވެ އެވެ.
އެ އަށް ފަހު، ބައެއް މީޑިއާތަކުގައި ރިޕޯޓުކުރި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ވަނީ ފެނިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެކެވެ،" އޮފިޝަލް ވިދާޅުވި އެވެ. އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ.
ހިނގާފައި އެއާޕޯޓަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
"ހިންދޫ ޓެރަރިސްޓް" ރާއްޖޭން ޑީޕޯޓް ކޮށްލައިފި
މޯލްޑިވިއަން އެއާލައިނުން އިންޑިއާއަށް ހާއްސަ އަގުތަކެއް
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް