އެމެރިކާގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ ހުރީ ސިންގަލްކޮށް ކަމަށް އިއުލާނުކޮށްފި އެވެ.
01 ސެޕްޓެމްބަރ 2022
އެމެރިކާގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ ހުރީ ސިންގަލްކޮށް ކަމަށް އިއުލާނުކޮށްފި އެވެ.
އުމުރުން 47 އަހަރުގެ ޑިކެޕްރިއޯ ސިންގަލް ކަމަށް ބުނެފައިވަނީ އޭނާ ރަށްޓެހި ވެގެން އުޅުނު 25 އަހަރުގެ މޮޑެލް ކަމިލާ މޮރޯން އާ ރުޅި ވުމަށްފަހުގަ އެވެ.
ކަމިލާއާ އެކު ހަތަރު އަހަރު ވަންދެން އެކީގައި އުޅުމަށްފަހު ދެމީހުން ވަކި ވެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ދެމީހުން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު ހުރީ ސިންގަލްކޮށް ކަމަށާއި ބައިވެރިޔަކު އަލުން ހޯދަން ތައްޔާރު ކަމަށް ޑިކެޕްރިއޯ ބުނެފައިވެ އެވެ.
ޑިކެޕްރިއޯ އާއި މޮރޯން ދިމާވެފައިވަނީ މޮރޯންގެ އުމުރުން 21 އަހަރުގަ އެވެ. ދެމީހުން ދިމާވީ އެކުވެރިއެއްގެ އިވެންޓެއް ތެރެއިންނެވެެ. އަދި އެއަށް ފަހު ދެ މީހުން 2019 ވަނަ އަހަރު ރަށްޓެހިވި އެވެ. އެއާއެކު ފޭނުންގެ ފާޑު ކިޔުން ޑިކެޕްރިއޯ އަށް ރައްދުވި އެވެ. އޭރު އުމުރުން 43 އަހަރުގެ ޑިކެޕްރިއޯ އާއި މޮރޯން އާ ދެމެދުގައި އުމުރުގެ ގޮތުން ބޮޑު ފަރަގެއް ހުރި ކަމަށް ގިނަ ބަޔަކަށް އެކަން ކަމަކު ނުދިޔަ އެވެ.
ނަމަވެސް މިއީ އުމުރުން ހަގު އަންހެނަކާ ޑިކެޕްރިއޯ ރައްޓެހިވި ފުރަތަމަ ފަހަރެއް ނޫނެވެ. މުޅި ހޮލީވުޑްގައި ވެސް ދެކެވޭ އެއް ވާހަކައަކީ ޑިކެޕްރިއޯ ރައްޓެހިވާ މީހުންގެ ވާހަކަ އެވެ. އޭނާ ރައްޓެހިވަނީ ހަމައެކަނި 25 އަހަރުން ދަށުގެ ޒުވާނުންނާ އެވެ.
ޑިކެޕްރިއޯ ވަނީ މީގެ ކުރީން ހޮލީވުޑްގެ އޭ ލިސްޓު ތަރިން ކަމަށްވާ ބްލޭކް ލައިވްލީ އާއި ނީނާ އަގްދާލާއި ޖިޒެލް ބުއްޗެން އާ ވެސް ރަށްޓެހި ވެފަ އެވެ. މި ހުރިހާ ތަރިންނާ ވެސް ޑިކެޕްރިއޯ ރައްޓެހިވި އިރު އެ ތަރިންގެ އުމުރު 25 އަހަރުން ދަށެވެ.
އާ ވައްތަރެއްގެ ގަހަކަށް ލިއޮނާޑޯގެ ނަން
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ