ރާއްޖޭގެ ފަޅުތައް ހިއްކުމުގެ ބަދަލުގައި ބިން ބޮޑު ލ. އަތޮޅުގެ ރަށްތަކުގެ ބޭނުން ހިފުމަށް، އެ އަތޮޅު ކައުންސިލުން އިއްޔެ އެދިއްޖެ އެވެ.
12 ސެޕްޓެމްބަރ 2022
ރާއްޖޭގެ ފަޅުތައް ހިއްކުމުގެ ބަދަލުގައި ބިން ބޮޑު ލ. އަތޮޅުގެ ރަށްތަކުގެ ބޭނުން ހިފުމަށް، އެ އަތޮޅު ކައުންސިލުން އިއްޔެ އެދިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބިން ބޮޑު ގަމުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގެ ބައްދަލުވުމުގައި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެކި ބޭނުންތަކަށް ފަޅުތައް ހިއްކުމާ އެ ކައުންސިލުން ދެކޮޅު ކަމަށެވެ.
އޭގެ ބަދަލުގައި ބިން ބޮޑު ލ. އަތޮޅުގެ ރަށްތަކުގައި އިމާރާތްތައް ހަދައި މަސައްކަތް ކުރެވެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިމުގެ ގޮތުން ތަނަވަސް ނަމަވެސް މި ސަރުކާރުން އުމްރާނީ ތަރައްގީގެ މާ ގިނަ މަޝްރޫއުތަކެއް މި ރަށުގައި މި ވަގުތު ކުރިއަކަށް ނުގެންދެ އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި އެތައް މަޝްރޫއުތަކާ އެކު މީހުން އާބާދުކުރެވޭނެ ބިންތައް ލ. އަތޮޅުގައި އެބަހުއްޓެވެ.
ކައުންސިލްތަކަށް އަމާޒުކޮށްގެން ގެންދާ ވިއަވަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.--. ފޮޓޯ: ރަައީސް އޮފީސް
އެ ކަންކަމުގެ އިތުރުން، ރައްޔިތުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބައެއް ރަށްރަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާތީ ވެސް އިސްމާއިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭގެ އެއް ތަނަކީ ބަރެސްދޫ އެވެ. އެމްޓީއައިޑީން އެއްވެސް މަޝްރޫއެއް ނުހިންގައި، ބަލަހައްޓަމުން ދިޔަ ރަށް މި ފަހުން ވަނީ ވަގުތީ ގޮތުން އެގްރޯ ނެޓް ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ސިފައިންގެ ބޭނުމަށް ދޫކޮށްފައިވާ ކަޅައިދޫގައި ކުރާ މަސައްކަތް ނޭނގޭ ކަމަށް ވިދާޅުވެ، އިސްމާއިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގެ އިތުރުން އެގްރޯ ނެޓަށް ދޫކޮށްފައިވާ ގާދޫގައި ވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލ. އަތޮޅުގައި ހުއްޓިފައި އޮތް މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. ފަޅުތައް ހިއްކުމާ ގުޅޭ ބަޔަށް ޖަވާބެއް ނުދެއްވަ އެވެ.
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި
ރާއްޖޭގެ އާބާދީ އެންމެ ބޮޑެތި ރަށްތައް އެއް މޭޒަކަށް!
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޭމްޕެއް ބާއްވައިފި
އަންހެނުންނަށް ހާއްސަ ކޯޓާއާއެކު ވިސްނުން ބަދަލުވެއްޖެ؟
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
ލ. ގަމަށް އަލުން ކަރަންޓު ދީފި
މުޅި ގަމަށް ކަރަންޓު ދެވޭނީ މިރޭ 12 ޖަހާކަންހާއިރު
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން މާދަމާ ހުޅުވާލަނީ