Roadha Mihaaru
"ނޫވިލު" ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

"ނޫވިލު" ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

06 އޮކްޓޯބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް "ނޫވިލު" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް "ނޫވިލު" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ޓާމިނަލް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒުކޮށްދޭ، ދިވެހިވަންތަ ސިފަތަކަކާއި ޒަމާނީ ކުލަވަރު ފެންނަ އެ ޓާމިނަލަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަދި ސަރުކާރާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދު ހުޅުވި އެ ޓާމިނަލުގައި ވައިއިޕީ ބަޔަކާ 42 ލައުންޖު ހިމެނެ އެވެ. އޭގެ ތެރެއިން ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖަކީ ރިސޯޓުތަކަށް ކުއްޔަށް ދީފައިވާ ތަންތަނެވެ. ބާކީ ދެ ލައުންޖަކީ އެމްއޭސީއެލްގެ ދެ ލައުންޖެކެވެ. އެއީ "ވިލު" ބިޒްނަސް ލައުންޖާއި، "ނީރު" ލައުންޖެވެ.

ރާއްޖޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ގައުމަށް ވާއިރު އެ ފަދަ ޓާމިނަލެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެ އެވެ.

ސީޕްލޭން ޓާމިނަލް މިއަދު ހުޅުވާފައި ވަނީ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރަންވޭގެ އޮޕަރޭޝަން ފެށުމާއި ގުޅިގެންނެވެ.