ހަށިގަނޑު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 896 ގްރާމްގެ ކޮކެއިން އެެތެރެ ކުރި ސައުތު އެފްރިކާގެ މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
19 އޮކްޓޯބަރ 2022
ހަށިގަނޑު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 896 ގްރާމްގެ ކޮކެއިން އެެތެރެ ކުރި ސައުތު އެފްރިކާގެ މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި އަހަރުގެ ޖޫން 17ގައި ދޯހާ މަގުން ރާއްޖެ އެތެރެވި ޒަމަކިލެ ލެސިއާ އޮންޔެޗެގޭގެ މައްޗަށް ތުުހުމަތުކުރީ އޭނާ އުޅުނު ގޮތުން ޝައްކުވެގެންނެވެ. ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެ އޭނާ އެތަކެތި ބޭރުކުރުމުން ދައުލަތުން އޭނާގެ މައްޗަށް ކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އެވެ.
ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި ފުރަތަމަ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ކޮކެއިން އަޅާފައި ހުރި 17 ބުލެޓު އަދި ދެވަނަ ފަހަރު ތިން ބުލެޓު ފެނިފައިވެ އެވެެ. އެކަން ފުލުހުންނަށް އެންގުމުން އެއާޕޯޓަށް ގޮސް ފުލުހުން ޒަމަކިލެއާ ސުވާލު ކުރުމުން އޭނާ ބުނީ މަސްތުވާތަކެތީގެ 80 ބްލެޓް ދިރުވާލި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުން، އޭނާ ޓޫރިސްޓު ޕޮލިހަށް ގެންދިޔަ ފަހުން ވެސް ބައެއް ބްލެޓްތައް ބޭރުކުރި އެވެ.
ހަށިގަނޑުގައި ހުރި ހުރިހާ ބްލެޓެއް ބޭރުކުރަން ފުލުހުން އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ސްކޭނެއް ހެދުމަށް ފަހު، އެ ތަކެތި އަމިއްލައަށް ބޭރު ކުރާތީ އެޑްމިޓްކުރަން ނުޖެހޭނެ ކަމަށް ޑޮކްޓަރު އެންގުމުން ފުލުހުން އޭނާ ގެންދިޔައީ ހުޅުމާލޭގެ ގެސްޓްހައުސްއަކަށެވެ.
ބާކީ ހުރި ބުލެޓުތައް ބޭރު ކުރީ އެ ގެސްޓްހައުސްގައި އެކި ފަހަރު މަތިން އޭނާ ބޮޑުކަމުގޮސްގެންނެވެ.
ދައުލަތުން ކުރި ދައުވާއިން އެނގޭ ގޮތުގައި 24 ގަޑިއިރު ތެރޭގައި ނުވަ ފަހަރު ބޮޑުކަމުގޮސްގެން އޭނާ ބޭރުކުރި ޖުމްލަ 83 ބުލެޓުގައި 896 ގްރާމްގެ ކޮކެއިން ހުރިކަން އޭނާގެ މައްޗަށް ކުރި ދައުވާއިން އެނގެ އެވެ.
ކްރިމިނަލް ކޯޓުގައި ޒަމަކިލެގެ ވަނީ ދައުވާއަށް އިއިތުރާފުވެފަ އެވެ.
އޭނާ ހަށިގަނޑުގައި ހުރި ތަކެއްޗަކީ ޑްރަގްކަން އެނގޭ ކަމާއި އެ ތަކެތި ފޮރުވައިގެން ރާއްޖެއަށް ގެނައިކަން ތަހުގީގު އަދި ޝަރީއަތުގައި ވެސް ބުނެފައިވާތީ ދައުވާގެ އުންސުރުތައް ހަމަވާ ކަމަށް ހުކުމުގައިވެ އެވެ.
އެ މީހާއާ އެކު ދައުލަތުން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. ދައުލަތުން އޭނާއާ އެކު އެއްބަސްވީ އިއުތިރާފުވެއްޖެ ނަމަ ޖަލު އަދަބު ދެބައިކުޅަ އެއްބަޔަކަށް ކުޑަކޮށް 100،000ރ.އިން ޖޫރިމަނާ ކުރުުމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހުކުމް ކުރެއްވީ ޒަމަކިލެ ބަންދުގައި ހޭދަ ކުރި ހަތަރު މަސް އަދަބުން އުނިކޮށް އޭނާ 12 އަހަރާއި ދެ މަސް ދުވަހަށް ޖަލަށްލުމަށެވެ. އަދި 100،000ރ.އިން ޖޫރިމަނާ ކުރުމަށެވެ.
ޑްރަގް އެތެރެ ކުރުމުގެ ދައުވާއަށް އޮންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، ތަންފީޒު ކުރަން ޖެހެނީ 25 އަހަރެވެ. ޖަލު އަދަބާ އެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
ޑްރަގާ ހަވާލުވާ މީހުން ހޯދަން އެހީނުވެ ހޯދީ ވަކީލެއް
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑޯގް ސްކޮޑާ އެކު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި