02 ނޮވެމްބަރ 2022
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ ނަޕޯލީ އަތުން 2-0 އިން ލިވަޕޫލް މޮޅުވި ނަމަވެސް ގްރޫޕުގެ އެއް ވަނަ ނަޕޯލީ އަށް ލިބިއްޖެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ ނަޕޯލީ އަތުން 2-0 އިން ލިވަޕޫލް މޮޅުވި ނަމަވެސް ގްރޫޕުގެ އެއް ވަނަ ނަޕޯލީ އަށް ލިބިއްޖެ އެވެ.
ނަޕޯލީ އާއި ލިވަޕޫލަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. އަދި ހެޑް-ޓު-ހެޑް ނަތީޖާ ވެސް އެއްވަރެވެ. އެއާ އެކު ދެ ޓީމު ފަރަގުކުރަން ޖެހުނީ ހެޑް-ޓު-ހެޑް ގޯލް ތަފާތުންނެވެ. ނަޕޯލީ އަށް ފައިދާ އެއް ލަނޑު އޮތްއިރު ލިވަޕޫލް އޮތީ ގެއްލުން އެއް ގޯލުގަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ދެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު ދެ ވަނަ ބުރުގައި އެހެން ގްރޫޕެއްގެ ދެ ވަނަ ޓީމާ ވާދަކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި، ދެ ޓީމު ވެސް އެއް ވަނަ ހޯދި މަސައްކަތްކުރި އެވެ.
މި ގްރޫޕުގެ ތިން ވަނަ މަގާމް ހަ ޕޮއިންޓާ އެކު ހޯދައި ޔުރޮޕާ ލީގުން ފުރުސަތު ހޯދީ ރޭ ރޭންޖާސް އަތުން 3-1 އިން މޮޅުވި އަޔަކްސް އެވެ. ރޭންޖާސް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮވެ އެވެ.
ރޭގެ މެޗަކީ މި ސީޒަނުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ކުރިން އެ ޓީމު ވަނީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އަދި އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޓީމުން ވަނީ ލީގުގައި ކުޅުނު 12 މެޗުން 10 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވި އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭ ނަޕޯލީ ބަލިކުރީ މެޗުގެ ފަހުކޮޅު ޖެހި ދެ ގޯލުންނެވެ. ފުރަތަމަ ގޯލް 85 ވަނަ މިނެޓުގައި ޖެހީ މުބާރާތުގެ ޓޮޕްސްކޯރާ މިސްރުގެ މުހައްމަދު ސަލާހެވެ. އަދި ދެ ވަނަ ގޯލް އިތުރު ވަގުތުގައި ޖެހީ ރަނގަޅު ފޯމަކަށް އެޅެމުން އަންނަ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް އެވެ.
މުބާރާތުގެ ގްރޫޕް ސީ ގެ ފަހު މެޗުގައި ރޭ ބަޔާން މިއުނިކުން ވަނީ 2-0 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ބަޔާން ގްރޫޕް ސްޓޭޖް ނިންމާލީ އެއް ވަނައިގައި 18 ޕޮއިންޓް ހަމަކޮށްގެންނެވެ. އިންޓަ ދެ ވަނައިގައި ނިންމާލީ 10 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ތިން ވަނަ ހޯދައި ޔުރޮޕާ ލީގުން ޖާގަ ހޯދީ ހަތް ޕޮއިންޓާ އެކު ބާސެލޯނާ އެވެ. އެ ޓީމު ވަނީ ރޭ ވިކްޓޮރިއާ ޕްލެޒެން އަތުން 4-2 އިން މޮޅުވެފަ އެވެ. ޕްލެޒެން ގްރޫޕް ސްޓޭޖް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ބަޔާނުން އަމިއްލަ ދަނޑުގައި އިންޓަ އަތުން މޮޅުވީ ބެންޖަމިން ޕަވާޑާއި މެކްސިމް ޗޫޕޯ-މޯޓިން ޖެހި ގޯލްތަކުންނެވެ.
ނަޕޯލީ އަށް ބޮޑު މޮޅެއް، ލިވަޕޫލަށް ހަމަޖެހުމެއް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ލިވަޕޫލް ބަލިވުމުގެ ފައިދާ ނަޕޯލީން ނަގައިފި
ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށްފި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
މެސީ ނެތި ތިން އަހަރަށްފަހު ބާސާއަށް ކުއާޓާގެ ޖާގައެއް
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު