ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓަކައި، މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި "މޯލްޑިވްސް ޖެޓްސްކީ ޓުއާ 2021 ނޯތު ޓު ސައުތު" ގެ ބައިވެރިންނަށް "ގޯލްޑް ކޮއިން"ގެ ނަމުގައި އެވޯޑް ދީފި އެވެ.
15 ނޮވެމްބަރ 2022
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓަކައި، މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި "މޯލްޑިވްސް ޖެޓްސްކީ ޓުއާ 2021 ނޯތު ޓު ސައުތު" ގެ ބައިވެރިންނަށް "ގޯލްޑް ކޮއިން"ގެ ނަމުގައި އެވޯޑް ދީފި އެވެ.
ރާއްޖޭގެ އުތުރުން ދެކުނަށް، ޖެޓްސްކީތަކެއްގައި ކުރި އެ ދަތުރުގައި ތިން ރިޒާވަރުންނާއެކު ނުވަ މީހުން ބައިވެރިވި އެވެ.
އެ މީހުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
ޖެޓްސްކީ ދަތުރުގެ ހުރިހާ ބައިވެރިންގެ ގޯލްޑް ކޮއިންއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން
އެ ހަރަކާތް އިންތިޒާމު ކުރި "މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެޓް ހުޅުމާލެ" އިން ބުނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި އެ ދަތުރުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށަށް ދިޔަ ކަމަށެވެ.
ހއ. ތުރާކުނުން ފެށި އެ ދަތުރުގެ ބައިވެރިން ޒިޔާރަތް ކުރި ރަށްތަކުގެ ކައުންސިލްތަކުން ވަނީ އެ ބައިވެރިން ގެންގުޅުނު ހަނދާނީ ފިލާގައި ސޮއިކޮށްފަ އެވެ. ކޮންމެ ރަށަކުން އެ ރަށެއްގެ ވެލި، ބައިވެރިންނަށް ހަދިޔާކުރި އެވެ.
ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން، ބޭއްވި ޖެޓްސްކީ ދަތުރު ނިންމާލީ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ދަތުރު އިންތިޒާމް ކުރި ފަރާތުން ބުނެ އެވެ. އެއީ މިފަދަ ދަތުރެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަލާލު ޓޫރިޒަމަށް ބަޔަކު ހޯދަން އަލުން ހުޅުވާލައިފި
ގަމުގައި ހަދާ ދެ ނާސަރީގެ މަސައްކަތް އެޗްޑީސީއަށް
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
ބަތަލާ ކުއްޔަށް ދިނުމުގައި އިދާރާތަކުގެ އިހުމާލު
ކިހާދުއްފަރު ސަރުކާރަށް ނެގުން ކޯޓުން ހުއްޓުވައިފި
ނަލަންދޫގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް