Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ

އައްޑޫގެ ޓެރަރިޒަމް އޮޕަރޭޝަން: އިތުރު ތަންތަނާއި އުޅަނދުތައް ބަލައި ފާސްކުރަނީ

17 ނޮވެމްބަރ 2022

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ގެންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި އައްޑޫގެ އިތުރު ތަންތަން ބަލައި، އުޅަނދުތައް ފާސްކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ގެންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި އައްޑޫގެ އިތުރު ތަންތަން ބަލައި، އުޅަނދުތައް ފާސްކުރަން ފަށައިފި އެވެ.

މި ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

އެއީ އައްޑޫން 10 މީހަކާއި މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހެކެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން މިހާރު ބަލައި ފާސްކުރަނީ އައްޑޫ ހިތަދޫގެ ބައެއް ސަރަހައްދު ތަކާއި ހިތަދޫ ފަޅުގައި އަޅާފައިވާ ލޯންޗެކެވެ.

އެނގިފައިވާ ގޮތުގައި މި ހަރަކާތުގައި އެމްއެންޑީއެފްގެ "ބޮން ސްކޮޑް" ގެ އިތުރުން ކުއްތާތައް ވެސް ބޭނުން ކުރެ އެވެ.

އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ ހަރުކަށި ފިކުރުގެ އޮޕަރޭޝަންގެ ތެރެއިން ބައެއް އުޅަނދުތައް ބަލާ ފާސްކުރުމަށް އެ ސަރަހައްދު ބަންދުކޮށްފައި.---

އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ ހަރުކަށި ފިކުރުގެ އޮޕަރޭޝަންގެ ތެރެއިން ބައެއް އުޅަނދުތައް ބަލާ ފާސްކުރުމަށް އެ ސަރަހައްދު ބަންދުކޮށްފައި.---

އެ ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ "ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" ކަމަށެވެ.

ގޮއްވާލަން އުޅުނީ ކޮން ތަނެއްތޯ އާއި އޭގެ އިތުރު ތަފުސީލަށް އެދުމުން ފުލުހުން ބުނީ، އޭގެ މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް ކަމަށާއި ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، ހަމަލަ ރާވަން އުޅުނު މީހުންގެ ކަންތައް ކާމިޔާބުވި ނަމަ ގިނަ ބަޔަކު މަރުވީހެވެ.